ޕްރިމިއާ ލީގުގައި ކުޅޭ ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިން ސަސްޕެންޝަން އުވާލައިފި

Sep 12, 2021, 1:04 AM
ޕްރިމިއާ ލީގުގައި ކުޅޭ ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިން ސަސްޕެންޝަން އުވާލައިފި

ޒިއުރިކް (ސެޕްޓެމްބަރު 11) - ޕްރިމިއާ ލީގުގެ ކްލަބުތަކަށް ކުޅޭ ބްރެޒިލްގެ ކުޅުންތެރިންގެ ސަސްޕެންޝަން ފީފާ އިން އުވާލުމުން، އެ ކުޅުންތެރިންނަށް މި ހަފުތާ ބަންދުގެ މެޗުތައް ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ބްރެޒިލްގެ ފުޓްބޯލް ފެޑެރޭޝަންގެ އެދުމުގެ މަތިން ޕްރިމިއާ ލީގުގެ ކްލަބުތަކަށް ކުޅޭ ބްރެޒިލްގެ ގައުމީ ޓީމުގެ އަށް ކުޅުންތެރިން ފީފާ އިން ސަސްޕެންޑްކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ.

އެކަމަކު ފީފާ އިން ބުނީ ބްރެޒިލްގެ ފެޑަރޭޝަނާ ފަހުން ބޭއްވި މަޝްވަރާތަކަށް ފަހު، ފެޑެރޭޝަނުން މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށެެވެ. އެހެންކަމުން، ސަސްޕެންޝަން އުވާލަން ނިންމާފައިވާ ކަމަށް ފީފާ އިން ވަނީ ބުނެފަ އެވެ.

Advertisement

ޕްރިމިއާ ލީގުގައި ކުޅޭ މެކްސިކޯ އާއި ޕެރަގުއޭ އަދި ޗިލީގެ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ސަސްޕެންޑްވާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކުގެ ފެޑެރޭޝަންތަކުން މައްސަލަ އަނބުރާ ގެންދިޔައީ އެވެ. އެހެން ކަމުން، ވުލްވްސް އަށް ކުޅޭ މެކްސިކޯގެ ފޯވަޑް ރައޫލް ހިމެނޭޒާއި ނިއުކާސަލް ޔުނައިޓަޑަށް ކުޅޭ ޕެރަގުއޭގެ މިޑްފީލްޑަރު މިގުއެލް އަލްމިރޮން އަދި ވޮޓްފޯޑަށް ކުޅޭ ޗިލީގެ މިޑްފީލްޑަރު ފްރެންޗެސްކޯ ސިއެރެލްޓާ އަށް ކުޅެވޭނެކަން އިއްޔެ ވަނީ ކަށަވަރުވެފަ އެވެ.

ފީފާ އިން ސަސްޕެންޑްކުރި ބްރެޒިލްގެ ކުޅުންތެރިން:

  1. އެލިސަން، ރޮބާޓީ ފިރްމީނިއޯ، ފަބީނިއޯ (ލިވަޕޫލް)
  2. އެޑަސަން، ގެބްރިއަލް ހެސޫސް (މެންޗެސްޓާ ސިޓީ)
  3. ތިއާގޯ ސިލްވާ (ޗެލްސީ)
  4. ފްރެޑް (މެންޗެސްޓާ ޔުނައިޓަޑް)
  5. ރަފީނިއާ (ލީޑްސް ޔުނައިޓަޑް

ޕްރިމިއާ ލީގުގެ ކްލަބުތަކުން ކުޅުންތެރިން ގައުމީ ޓީމުތަކަށް ރިލީޒްނުކުރީ އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އެ ގައުމުތައް ހިމެނޭތީ އެވެ. ރެޑް ލިސްޓުގައި އޮތް ގައުމަކަށް ގޮސްފައި އެނބުރި އިންގްލެންްޑަށް އައިސް 10 ދުވަހުގެ ކަރަންޓީނު ވާން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox