އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

Oct 23, 2026, 10:31 AM
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ޕެެރިސް (އޮކްޓޫބަރު 23) - އޮކްޓޫބަރު މަހަކީ ސީޒަންގެ ކުރީކޮޅު ކަމަށާއި މިއީ ތަށި ހޯދާ މަހެއް ނޫން ކަމަށް ބާސެލޯނާގެ ކޯޗު، ޖަރުމަނުގެ ހަންސީ ފްލިކް ބުނެފި އެވެ. 

މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އައި، ބާސެލޯނާ ވަނީ މި ހަފްތާގައި ކުޅުނު ޗެމްޕިއަންސް ލީގު މެޗުން ޕީއެސްޖީ އަތުން 4-2 އިން ބަލިވެފަ އެވެ. އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ފްލިކް ވަނީ ސީޒަނުގައި ފުރަތަމަ ފަހަރަށް އެ ޓީމުން ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހުނު މެޗުގައި ކަންކަން ދިޔަ ގޮތާ މެދު އަމިއްލަ ވިސްނުން ހިއްސާކޮށްފަ އެވެ. 

މިދިޔަ ދެ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީއާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗަކީ ދެ ޓީމަށް ވެސް ރަނގަޅު ގިނަ ކަންތައްތަކެއް ފެނިގެންދިޔަ މެޗެއް ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. އެ ގޮތުން، ޕީއެސްޖީން ދެއްކީ އެ ޓީމު މި ވަގުތު ބާސެލޯނާ އަށް ވުރެން ކުރީގައި އޮތް ސަބަބު ކަމަށާއި އެ މެޗުގައި ހެދުނު ގޯސްތަކުން ބާސެލޯނާ އިން ކަންކަން ދަސްކުރާނެ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. 

ބާސެލޯނާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ސްޕެނިޝް ލީގުގައި ކުޅުނު މެޗަށް ފަހު، ރިކަވަރީގައި އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވުން ކަމަށް ފްލިކް ފާހަަގަކުރި އެވެ. 

"މި ދައްކަނީ އުޒުރެއް ނޫން. މި ގަބޫލުކުރަނީ އަހަރެމެން ހެދި ގޯސްތައް، މީގެ އިން ކަންކަން ރަަނގަޅުކުރާނީ،" ފްލިކް ބުންޏެެވެ. 

"މިއީ އަދި އޮކްޓޫބަރު މަސް. އޮކްޓޫބަރު މަހުގައެއް ތަށްޓެއް ނުހޯދޭނެ. ޗެމްޕިއަންސް ލީގު ހޯދޭނީ ޖޫން މަހު،" 

ބާސެލޯނާ އިން އެންމެ ފަހުން ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދީ މީގެ 10 އަހަރު ކުރިންނެވެ.  މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދި ބާސެލޯނާ އިން މި ސީޒަނުގައި އެންމެ ބޮޑަށް އަމާޒުހިފާފައިވަނީ ޗެމްޕިއަންސް ލީގަށް ކަމަށް އެ ކްލަބްގެ ސީނިއާ އޮފިޝަލުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. 

ސްޕެނިޝް ލީގުގައި އެންމެ އަވަހަށް ބާސެލޯނާ ކުޅެން އޮތް މެޗު އޮތީ، އާދިއްތަ ދުވަހުގެރޭ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox