ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ ޕެއާ އަށް ނާކާމިޔާބު

Oct 23, 2026, 11:02 AM
ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން ނަބީ އާއި ނަބާގެ ޕެއާ.--- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް

ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން ނަބީ އާއި ނަބާގެ ޕެއާ.--- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލްގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ވާދަކޮށް، ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

މިއީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ ޔޫރަޕްގައި ކުރިއަށްދާ މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ނަބާ އާއި ނަބީ ކުޅުނު ދެ ވަނަ ފަހަރެވެ.

އެ ގޮތުން، މިދިޔަ ޖޫން މަހު، ޔޮނެކްސް އިޓާލިއަން އޯޕަންގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ވެސް ނަބާ އާއި ނަބީ ވާދަކޮށް، އެ މުބާރާތުގެ ދަތުރު ވެސް ނިމުނީ ގަދަ 8 އާ ހަމައިންނެވެ. 

ހެލަސް އިންޓަނޭޝަަަނަަލްގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ނަބާ އާއި ނަބީ ޖާގަ ހޯދީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ގެރްގާނާ ޕަވްލޯވާ އާއި ޓިއެޑޯރާ ޕަވްލޯވާ އަތުން 21-15، 21-15 އިން މޮޅުވެގެންނެވެ. ކުއާޓާ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ވާދަކުރީ، ޑެންމާކްގެ އެމާ ޖޮނަސަން އާއި މެރީ ވިސްކޮވިޗްއާ އެވެ. އެ މެޗުން، އެމާ އާއި މެރީގެ ޕެއާ ކާމިޔާބު ހޯދީ، 21-08، 21-18 އިން ސެޓުތައް ގެންގޮސްގެންނެވެ. 

ގްރީސް މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިން ރިވައިވަލް އިން ވަނީ ގަދަ 16 ގައި ވާދަކޮށްފަ އެވެ. މިއީ، ޖޫން/ޖުލައި މަހު ވާދަކުރި ޔޫރަޕްގެ ޓުއާ މުބާރާތްތަކާ އަޅާކިޔާއިރު، ރިވައިވަލް އިން ހޯދި ކުރިއެރުމެކެވެ. 

އެ ގޮތުން ގްރީސް މުބާރާތުގައި ރިވައިވަލްގެ ނިބާލް އަހުމަދު އާއި ޒަޔާން ޒަކީގެ ޕެއާ އިން ވަނީ ގަދަ 32 ގެ ބުރުގައި، ގްރީސްގެ ކޮންސްޓަންޓީނޯސް ކަޕޫކްރަންޑިސް އާއި ޕޮލިޒޮއިސް ޕޮލިޒޯކިސް އަތުން 21-16، 21-6 އިން މޮޅުވެފަ އެވެ. އެކަަމަކު، ގަދަ 16 ބުރުގައި ނިބާލް އާއި ޒަޔާން ވަނީ ތުރުކީގެ ގޮކޭ ގޯލް އާއި މާޓް ސެވަން އަތުން 21-16، 21-13 އިން ބަލިވެފަ އެވެ. 

މިކްސް ޑަބަލްސްގައި ނިބާލް އާއި ނަބީގެ ޕެއާ އިން މޯލްޓާގެ ޖުއާން ކަސާރޫ އާއި އެމިލީ އަބޭލާގެ ޕެއާ އަތުން 21-11، 21-09 އިން މޮޅުވެ، ގަދަ 16 ބުރުގައި ނުކުތީ ޖަރުމަނުގެ އަލެކްސަންޑަ ފިލިޕް ޒޭންގް އާއި އެވާ ސްޓޮމެލްގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ނަބީ އާއި ނިބާލް ބަލިވީ، 21-14، 21-12 އިންނެވެ. 

މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާގެ ޕެއާ ވަނީ، ޕޯޗުގަލްގެ ޑޭވިޑް ސިލްވާ އާއި މާޓާ ސޯސާ އަތުން 21-19، 21-09 އިން ބަލިވެފަ އެވެ. ފިރިހެން ސިންގަލްސްގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ ޑެންމާކްގެ ކްރިސްޓޮފާ ވިޓޯރިއާނީ އަތުން ނިބާލް ބަލިވީ، 21-09، 21-17 އިންނެވެ. ފިިރިހެން ސިންގަލްސް ކޮލިފައިންގައި ހަސަން ޒަޔާން ވަނީ ބަލްގޭރިއާގެ ޖިއޯޖީ ރުޕްޓްސޯވް އަތުން 21-08، 21-07 އިން ބަލިވެފަ އެވެ. 

ގްރީސް މުބާރާތަށް ފަހު، ރިވައިވަލް އިން މި ޓުއާގައި ޔޫރަޕްގެ އިތުރު ދެ މުބާރާތެއްގައި ވާދަކުރާނެ އެވެ. މި މަހު 28-31 އަށް ހަންގޭރީގައި ކުރިއަށްދާ 51 ވަނަ ވިކްޓާ އެފްޒެޑް ފޯޒާ ހަންގޭރިއަން އިންޓަނޭޝަނަލް ޗެމްޕިއަންޝިޕްސް އަދި އަންނަ މަހުގެ 5-8 އަށް ނޯވޭގައި ކުރިއަށްދާ އެފްޒެޑް ފޯޒާ ނޯވޭޖިއަން އިންޓަނޭޝަނަލްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox