އެޗްޑީއެފްސީން 200 މިލިއަން ރުފިޔާގެ ސުކޫކް ވިއްކަނީ

ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކެއް: އެޗްޑީއެފްސީއަކީ ބޯހިޔާވަހިކަމާ ގުޅޭ ފައިނޭންސިންއަށް ހާއްސަ، ސަރުކާރުގެ ހިއްސާ އޮންނަ ކޯޕަރޭޝަނެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކެއް: އެޗްޑީއެފްސީއަކީ ބޯހިޔާވަހިކަމާ ގުޅޭ ފައިނޭންސިންއަށް ހާއްސަ، ސަރުކާރުގެ ހިއްސާ އޮންނަ ކޯޕަރޭޝަނެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ފޯރުކޮށްދޭ ބޯހިޔާވަހިކަމާ ގުޅޭ ފައިނޭންސިން ކަންކަމަށް ފައިސާ ހޯދަން ސުކޫކް ވިއްކަން ތައްޔާރުވެއްޖެ އެވެ.

އެޗްޑީއެފްސީން މުދާރަބާ އެއްބަސްވުމެއްގެ ދަށުން ވިއްކާ ސުކޫކެއްގެ އަގަކީ 1،000ރ. އެވެ. އެގޮތުން 200 މިލިއަން ރުފިޔާގެ ފައިނޭންސިން އަމާޒަށް، 200،000 ސުކޫކް ވިއްކަން ވަނީ ހަމަޖެހިފަ އެވެ.

މި ސުކޫކް ވިއްކަން ފަށަން ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެންނެވެ. އަދި ސުކޫކް ގަތުމުގެ ފުރުސަތު މި ހިނގާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޮންނާނެ އެވެ.

އެޗްޑީއެފްސީން ސުކޫކް ވިއްކަނީ ސުކޫކް ގަންނަ ފަރާތަށް ކޮންމެ ހަ މަހަކުން 65 ޕަސެންޓު ފައިދާ ލިބޭ ގޮތަށް، 10 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މިއީ ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީކޮށްގެން ވިއްކާ ސުކޫކެކެވެ.

އެޗްޑީއެފްސީން ބުނި ގޮތުގައި މިއީ އެ ކޯޕަރޭޝަނުގެ އަމްނާ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން އިންވެސްޓްމަންޓުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ކުރާ ކަމެކެވެ. އަދި މީގެ ސަބަބުން ދީން ހުއްދަކުރާ ހިރާސް ކުޑަ އިންވެސްޓްމަންޓުތަކެއް ކުރަން އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް ލިބޭނެ ކަމަށް ފާހަގަކުރި އެވެ.

މިއީ އެޗްޑީއެފްސީން ހައުސިން ފައިނޭންސަށް ފައިސާ ހޯދަން ސުކޫކް ވިއްކާ ހަތަރުވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިންވެސް އެ ކޯޕަރޭޝަނުން ވަނީ ސުކޫކް ވިއްކައިގެން 250 މިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ހޯދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox