ގޯތީގައި އިމާރާތްކުރެވޭނެ އިންތިޒާމު ހަމަޖައްސަން ފަންޑެއް ގާއިމުކުރާނަން: ޒަރިޔަންދު

އިސްމާއިލް ޒަރިޔަންދު: ކުރިން ލިބި ނުހެދިފައިވާ ގޯތިތަކާއި އަލަށް ލިބޭ ގޯތިތައް ވެސް އެ ފަންޑުގެ ދަށުން އިމާރާތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

އިސްމާއިލް ޒަރިޔަންދު: ކުރިން ލިބި ނުހެދިފައިވާ ގޯތިތަކާއި އަލަށް ލިބޭ ގޯތިތައް ވެސް އެ ފަންޑުގެ ދަށުން އިމާރާތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

މާލޭގެ ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން މާލެ ސިޓީ ކައުންސިލާއި ބޭރުގެ އިންވެސްޓްމަންޓް ބެންކަކާ ގުޅިގެން ސިޓީ އިންވެސްޓްމަންޓް އެންޑް ފައިނޭންސް އެޖެންސީ ނަމުގައި ފަންޑެއް ގާއިމުކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރަކަށް އަމިއްލަގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ރޭ ވިދާޅުވެއްޖެ އެވެ.

ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ޒަރިޔަންދު ވިދާޅުވީ އެ ފަންޑު ގާއިމުކުރަނީ މާލޭގެ ރައްޔިތުންނަށް ކުރިން ލިބި ނުހެދިފައިވާ ގޯތިތައް އިމާރާތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން އަލަށް ލިބޭ ގޯތިތައް ވެސް އިމާރާތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ މާލޭގެ ރައްޔިތުންނަށް މިހާރު ނެހެދިވާ ގޯތިތަކާއި އަދި އަލަށް ލިބެމުން އަންނަ ގޯތިތައް އިމާރާތް ކުރެވޭނެ ކަހަލަ އިންތިޒާމެއް ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލާއި ބޭރުގެ އިންވެސްޓްމަންޓް ބެންކެއް ހިއްސާ ހިމެނޭ ފަންޑެއް ގާއިމުކުރުމަށް،" ޒަރިޔަންދު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް އަމިއްލަ ބޯހިޔާވެހިކަމެއް ކަށަވަރުކޮށްދިނުމަށް ގާއިމުކުރާ އެ ފަންޑު މެދުވެރިކޮށް ގޯތިތައް އިމާރާތްކުރުމަށް ހިނގާ ހަރަދުގެ 25 ޕަސަންޓާ ހަމައަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރާނެ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަލަށް ލިބޭ ފްލެޓްތަކުގެ ޑައުން ޕޭމަންޓް ދެއްކުމަށާއި އަލަށް ލިބޭ ފްލެޓަށް ފަރުނީޗަރު ގަތުމަށް ވެސް އެ ފަންޑުން ލޯނު ދޭނެ ކަމަށެވެ.

"އޭގެ ތެރޭގައި އެންމެ މަދުވެގެން އަލަށް ގޯއްޗެއް ލިބޭ ފަރާތާއި ނޫނިއްޔާ މާލޭގައި ނުހެދިހުރި ގެއެއްގެ އިމާރާތްކުރުމުގެ ހަރަދުގެ 25 ޕަސަންޓަށް އަޅުގަނޑުމެން ލެންޑިން ދޭނަން،" ޒަރިޔަންދު ވިދާޅުވި އެވެ.

"ނޫނިއްޔާ އާއިލާއެއް ބިނާކުރެވޭ ވަރަށް ގެއެއް ބިނާކުރަން ކޮލެޓްރަލްއަކާ ނުލައި ކުޑަ އިންޓްރެސްޓެއްގައި ލޯން ދޫކުރުމާއި އަލަށް ލިބޭ ފްލެޓެއްގެ ޑައުން ޕޭމަންޓް ދެއްކުމަށް ލޯން ދޫކުރުމާއި ލިބޭ ފްލެޓްތަކަށް ފަރުނީޗަރާއި ދިރިއުޅުމުގެ ސާމާނު ހޯދައިދިނުމަށް މައިކްރޯ ލޯން ދޫކުރެވޭނެ."

މާލޭ ރައްޔިތުންގެ ބޯހިޔާވެހިކަމުގެ އަމިއްލަވަންތަކަން ކަށަވަރުކޮށްދޭ އެ ފަންޑަކީ ބޭރު ބަޔަކާ ގުޅިގެން ގާއިމުކުރާ ފަންޑަކަށްވިޔަސް، އެ ފަންޑުގެ 50 ޕަސަންޓް ތަމްސީލްކުރާނީ މާލޭގެ ރައްޔިތުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

"މި ގާއިމުކުރެވޭ ފަންޑުގެ 50 ޕަސަންޓް ތަމްސީލްކުރާނީ މާލޭގެ ރައްޔިތުން. މާލެ ސިޓީ ކައުންސިލާއި މާލޭގެ އަވަށު ކޮމިޓީތައް ބައިވެރިވެގެން އުފެދޭ ބޯޑަކުން. އޭގެ މާނައަކީ ބޭރުގެ އިންވެސްޓްމަންޓް އެޖެންސީއަކަށް މިކަން ހަވާލުކުރިކަމުގައި ވިޔަސް އަޅުގަނޑުމެން ސިޓީ ޑިވެލޮޕްމަންޓް ފަންޑުގެ 50 ޕަސަންޓް ހިއްސާ އޮންނާނީ މާލޭ ސިޓީ ކައުންސިލްގެ މައްޗަށޭ،" ޒަރިޔަންދު ވިދާޅުވި އެވެ.

"އޭގެ ތެރެއިން ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް މާލެ ސިޓީ ކައުންސިލްގެ 20 ޕަސަންޓް ހިއްސާ އާއި މާލޭގެ ރައްޔިތުންގެ 30 ޕަސަންޓް ހިއްސާ އެ ފަންޑުގައި ކަށަވަރުކުރެވިގެންދާނެ."

މީގެއިތުރުން ޒަރިޔަންދު ވިދާޅުވީ މޭޔަރަކަށް ހޮވިއްޖެނަމަ މާލޭގައި އެންމެ ބޮޑަށް ބޯހިޔާވެހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ސޯޝަލް ހައުސިން ފްލެޓެއް ނުވަތަ ބަންޑާރަ ބިމެއް ލިބެންދެން، ވަގުތީ ހިޔާވެހިކަމެއްގެ ގޮތުން މުނިސިޕަލް ހައުސިން ސްކީމެއް ތައާރަފްކުރާނެ ކަމަށެވެ.

މާލޭ ސަރަހައްދުގައި ގާއިމުކުރެވޭ މުނިސިޕަލް ހައުސިން ފްލެޓްތަކުގެ ކުއްޔަކީ މަހަކު 6،000ރ. އަށް ވުރެ ކުޑަ ކުއްޔަކަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަރިޔަންދު ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އިންތިހާބުވެއްޖެނަމަ މާލޭގެ ރައްޔިތުން ބޯހިޔާވެހިކަމުގެ ދަންތުރައިން ސަލާމަތް ކުރުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox