މި ސަރުކާރު އައުމަށްފަހު ވަޒީފާ ދިން މީހުން ފްލެޓަށް ޝަރުތު ހަމަވާ ގޮތަށް އުސޫލު ބަދަލުކޮށްފި

ރައީސް މުއިއްޒު އަދި ހައުސިން މިނިސްޓަރު މުއްތަލިބު. ފްލެޓު އުސޫލަށް ބަދަލު ގެނެސްފައި މިވަނީ އެތައް ބަޔަކު ކުރިމަތިލާފައި ވަނިކޮށް --- ފޮޓޯ: ހައުސިން މިނިސްޓްރީ

ރައީސް މުއިއްޒު އަދި ހައުސިން މިނިސްޓަރު މުއްތަލިބު. ފްލެޓު އުސޫލަށް ބަދަލު ގެނެސްފައި މިވަނީ އެތައް ބަޔަކު ކުރިމަތިލާފައި ވަނިކޮށް --- ފޮޓޯ: ހައުސިން މިނިސްޓްރީ

މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު ވަޒީފާ ދީފައިވާ މީހުންނަށް ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމުގެ ދަށުން ކަނޑައަޅާފައިވާ ފްލެޓުތަކުގެ ތެރެއިން އިދާރާތަކާއި މުއައްސަސާތަކަށް ހާއްސަ ކެޓަގަރީއަށް ޝަރުތު ހަމަވާ ގޮތަށް އެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

އެ ސްކީމުގެ ދަށުން ޖުމްލަ 7،900 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ހައުސިން މިނިސްޓްރީން ޑިސެމްބަރު 29، 2025 ގައި ގެޒެޓުކުރި ފްލެޓު ދިނުމުގެ އުސޫލުގެ 15 ވަނަ ނަންބަރުގައި ވަނީ ހާއްސަ އިސްކަންދޭ ކެޓަގަރީތައް ހިމަނާފަ އެވެ. އެ ނަންބަރުގެ ފ. ގައި އޮތީ މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކުރާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް ފްލެޓު ދެވޭ ގޮތަށެވެ.

ޖެނުއަރީ 18، 2026 ގައި ހައުސިން މިނިސްޓްރީން ފްލެޓަށް ހުޅުވާލުމަށް ކުރި އިއުލާނުގައި ހިމަނާފައިވާ އުސޫލުގައި ވަނީ އެ އިދާރާތަކާއި މުއައްސަސާތައް ކަނޑައަޅައި އަސާސީ ޝަރުތުތަކުގެ އިތުރުން ހުންނަން ޖެހޭ ޝަރުތުތަކެއް ހާމަކޮށްފަ އެވެ.

Advertisement

އެ ޝަރުތުތަކުގައި އޮތީ ފްލެޓަށް ކުރިމަތިލެވޭނީ އެ އިދާރާއެއް ނުވަތަ މުއައްސަސާއެއްގައި މެދުނުކެނޑި މަސައްކަތް ކުރާތާ ފަސް އަހަރު ވެފައިވާ މުވައްޒަފުންނަށް ކަމަށެވެ. އަދި ފްލެޓެއް ލިބިއްޖެނަމަ ފަސް އަހަރު އެފަދަ އިދާރާއެއް ނުވަތަ މުއައްސަސާއެއްގައި މަސައްކަތް ކުރަން އެއްބަސްވާނެ ޖެހޭ ކަމަށް ޝަރުތުތަކުގައި އޮތެވެ.

ނަމަވެސް، މާޗު 2، 2026 ގައި އެ އުސޫލަށް ބަދަލު ގެނެސް އަލުން ވަނީ ގެޒެޓުކޮށްފަ އެވެ. މިފަހަރު ބަދަލުކުރީ އެ ޝަރުތުތަކެވެ.

މިހާރު އުސޫލު އޮތްގޮތުން އެފަދަ އިދާރާއެއް ނުވަތަ މުއައްސަސާއެއްގައި މެދުނުކެނޑި އެއް އަހަރުގެ މުއްދަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުން ވެސް ފްލެޓަށް ޝަރުތު ހަމަވާނެ އެވެ. އަދި ފްލެޓެއް ލިބިއްޖެނަމަ އެފަދަ އިދާރާއެއް ނުވަތަ މުއައްސަސާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ވަޒީފާ އަދާކުރަން އެއްބަސްވާން ޖެހެ އެވެ.

ކުރިން އޮތްގޮތުން ފަސް އަހަރު ވަޒީފާގައި އުޅެން ޖެހޭއިރު މި ބަދަލާއެކު އިދާރާތަކުން ބޭނުންވާ ވަރަކަށް މުވައްޒަފުންނަށް ޝަރުތު ކުރެވިދާނެ އެވެ.

ހާއްސަ އިސްކަންދޭ ކެޓަގަރީތަކާއި ފްލެޓުގެ އަދަދު

  • ޖުޑީޝަރީގެ މުވައްޒަފުން - 100 ފްލެޓު
  • ފުލުހުން - 100 ފްލެޓު
  • ސިފައިން - 100 ފްލެޓު
  • ސިވިލް ސާވިސްގެ މުވައްޒަފުން - 200 ފްލެޓު
  • ކަރެކްޝަންސް މުވައްޒަފުން - 100 ފްލެޓު

އޭގެ އިތުރުން، ރައީސް އޮފީސް، މަޖިލިސް އިދާރާ، އެޓާނީ ޖެނެރަލް އޮފީސް، ފޮރިން ސާވިސް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)، އިލެކްޝަންސް ކޮމިޝަން (އީސީ)، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، އޮޑިޓު އޮފީސް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް، އެމްއެމްއޭ، މީރާ، ޕެންޝަން އޮފީސް، އިންޓެގްރިޓީ ކޮމިޝަން، މީޑިއާ ކޮންޓްރޯލް ކޮމިޝަން، އެފްޕީއޭ، އެންޑީއެމްއޭ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީސް، އެލްޖީއޭ، ސިވިލް އޭވިއޭޝަން އޮތޯރިޓީ، ސީއެމްޑީއޭ، ޓެކްސް އެޕީލް ޓްރައިބިއުނަލް އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މުވައްޒަފުންނަށް 400 ފްލެޓު ހާއްސަކޮށްފައިވެ އެވެ.

ކޮންމެ އިދާރާއަކަށް ކަނޑައަޅާ ފްލެޓްތައް ލިބޭ މުވައްޒަފުން ކަނޑައަޅާނީ، ފްލެޓަށް އެދި ފޯމު ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ މަތިން ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

ކުރިން އޮތް ގޮތުންނަމަ މި ފްލެޓުތަކަށް ޝަރުތު ހަމަވާނީ އެ އިދާރާތަކުގައި ޖެނުއަރީ 2021، ގެ ކުރިން ވަޒީފާ އަދާކުރަމުން އައި މުވައްޒަފުންނެވެ. ހައުސިން މިނިސްޓްރީން ގެނައި މި ބަދަލާއެކު ޖެނުއަރީ 2025، ގެ ކުރިން ވަޒީފާ ލިބިފައިވާ ހުރިހާ މުވައްޒަފުންނަށް ކުރިމަތިލެވޭނެ އެވެ.

ބިމާއި ފްލެޓަށް އެދުމުގެ ސުންގަޑިއަކީ އެޕްރީލް 30، ގެ 23:59 ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox