ޓޫރިޒަމް މަސައްކަތްތެރިންގެ "ފަހިވޭ" އެޕް އޮކްޓޫބަރުގައި ލޯންޗުކުރަނީ

އެއާޕޯޓުގައި މަސައްކަތް ކުރާ ރެެޕުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެއާޕޯޓުގައި މަސައްކަތް ކުރާ ރެެޕުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ މައުލޫމާތު ބެލެހެއްޓުމަށް ހާއްސަކޮށްގެން ޓޫރިޒަމް މިނިސްޓްރީން ފަރުމާކުރި "ފަހިވޭ" އެޕްގެ މަސައްކަތް ނިމި، ތައާރަފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި އެޕުން ޓޫރިޒަމް މަސައްކަތްތެރިން އެއް ޕްލެޓްފޯމަކުން ގުޅާލާ، ޓޫރިޒަމް ދާއިރާގެ ވަޒީފާތަކާ ގުޅޭ މައުލޫމަތު ވެސް ލިބޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިހާރު މަސައްކަތް ކުރަމުން ދަނީ ޓޫރިޒަމް އިންޑަސްޓްރީ މި އެޕަށް އަހުލުވެރިކުރުމުގެ މަސައްކަތެވެ.

އެގޮތުން މި އެޕްލިކޭޝަނަށް އެޑްމިނިސްޓްރޭޓަރުން އައްޔަނުކުރަން ޓޫރިސްޓް ފެސިލިޓީތަކަށް ވަނީ ދައުވަތު ފޮނުވާފަ އެވެ. އެޕަށް މީހުން ރަޖިސްޓްރީކުރުމަށް ފަހު، ތަމްރީނުކުރުމުގެ މަސައްކަތްތަކާއި، މައުލޫމާތުތައް އަޕްޑޭޓް ކުރަމުން އަންނަ ކަމަށް ޓޫރިޒަމުން ބުންޏެވެ.

މިނިސްޓްރީން ލަފާކުރަނީ މި ހުރިހާ މަސައްކަތެއް ނިމި، އެޕް ލޯންޗު ކުރެވޭނީ އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށެވެ. މި އެޕްގެ ޒަރިއްޔާއިން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ވެސް މަގުފަހި ވެގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ހުންނެވި އިރު، މި އެޕް މިދިޔަ އަހަރުގެ މެއި 1 ގައި ތައާރަފުކުރަން އޮތީ ނިންމައިފަ އެވެ. ނަމަވެސް ލަސްވެގެން ދިޔައީ މަސައްކަތް ނުނިމިގެންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2019 ވަނަ އަހަރު ހަދާފައިވާ، ސާވޭއިން ދައްކާ ގޮތުގައި، ރާއްޖޭގެ އިގުތިސޯދަށް އެންމެ ބޮޑު ހިއްސާއެއްކުރާ ރިސޯޓުތަކުގައި 45،000 މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox