ގާނޫނު ތަންނުދޭތީ އެސްއެމްއީ ލޯނުތަކުގެ ތަފްސީލް ފައްޔާޒް ނުދެއްވި

ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެސްޑީއެފްސީ ބޭންކް.

ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެސްޑީއެފްސީ ބޭންކް.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ލޯނު ދޫކުރަމުންދަނީ އެކަމަށް ހާއްސަކޮށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕޮރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކަމަށާއި، އެތަނުން ހިދުމަތްދޭ ކަސްޓަމަރުންގެ މައުލޫމާތު ހާމަކުރުން ގާނޫނު ތަންނުދޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރު މެދުވެރިވެގެން އެސްއެމްއީ ލޯނު ދެވިފައިވާ ފަރާތްތަކާއި އެ ލޯނުތައް އަނބުރާ ގަވައިދުން ދައްކަމުންދާ ފަރާތްތަކުގެ ތަފްސީލް ހޯދަން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އެފަދަ ލޯނުތައް ދެމުންދަނީ އެސްޑީއެފްސީ މެދުވެރިކޮށް ކަމަށެވެ.

އެސްޑީއެފްސީ އަކީ މަރުކަޒީ ބޭންކް އެމްއެމްއޭގައި ރެޖިސްޓްރީ ކުރެވިގެން ހިންގޭ މާލީ އިދާރާއަކަށްވާއިރު، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހާމަކުރުމަށް ގާނޫނު ތަންނުދޭކަމަށް އެތަނުން އަންގާފައިވާކަމަށް ފައްޔާޒްގެ ޖަވާބުގައި ވިދާޅުވެފައި ވެ އެވެ.

"...މި މިނިސްޓްރީއަށް އަމާޒުވާ އިލްޒާމުތަކާގުޅޭ ގޮތުން ހަގީގަތް ހާމަކުރުމުގެ ބޭނުމުގައި ނުހަނު ބޭނުންތެރިކަމެއް ކަމަށް އަޅުގަނޑު ދެކޭތީ އާއި އަދި އެ މައުލޫމާތު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެދިވަޑައިގަންނަވާތީ، ގާނޫނު ހުއްދަކުރާ މިންވަރަށް އެ މައުލޫމާތު ވަކިން މެމްބަރާ ހިއްސާކުރުމަށް އެސްޑީއެފްސީގައި އަޅުގަނޑު އެދިފައިވާނެ،" ފައްޔާޒް ވިދާޅުވެފައި ވެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް މިދިޔަ ޖޫން މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސްޑީއެފްސީ މެދުވެރިކޮށް އެހާތަނަށް 1.6 ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާކަމަށް ވިދާޅުވެފައި ވެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުންތައް ކުޑަކުރަން، އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ރިލީފް ލޯނުގެ އަދަދު 360 މިލިއަން ރުފިޔާއަށް އަރާކަމަށް އެ ދުވަހު ފައްޔާޒް ވިދާޅުވެފައި ވެ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން އިއުލާނުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރޭގައި ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރުދުންނަށް ހާއްސަ ލޯނު ސްކީމެއް ހިމެނި އެވެ.

އެގޮތުން، "ވިޔަފާރި އެހީ"ގެ ލޯނު އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރަން ހަމަޖައްސައި، ކުދި ވިޔަފާރިތައް ގިންތިކޮށްފައިވަނީ އޭގެ ކުރީ އަހަރު ވިޔަފާރީގެ އާމްދަނީ ދިހަ މިލިއަނަށް ވުރެ އިތުރުނުވާ ވިޔަފާރިތަކެވެ.

އަދި އެފަދަ ކުދި ވިޔަފާރިތަކަށް ގިނަވެގެން ފަސް ލައްކަ ރުފިޔާ އާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް 30،000 ގެ ލިމިޓެއް ކަނޑައެޅި އެވެ.

ނަމަވެސް، އެ ލޯނުތައް ދޫކޮށްފައިވަނީ އެ ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަމަށް އިސްކަންނުދީކަމަށް އޮޑިޓް އޮފީހުން ދާދި ފަހުން އާންމުކުރި ހާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox