ފްލައިން ސްކޫލް ދަރިވަރުން ޝަކުވާ ހިފައިގެން އެވިޑް ކޮލެޖަށް

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން އެވިޑް ކޮލެޖާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: އަދަދު

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން އެވިޑް ކޮލެޖާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: އަދަދު

އައްޑޫގައި ހިންގާ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓް ކޯސް ހަދަމުން އަންނަ ދަރިވަރުން ކަންބޮޑުވުންތައް ހިފައިގެން، މާލޭ އެވިޑް ކޮލެޖްގެ އިސް ވެރިންނާ ބައްދަލުކޮށްފި އެވެ.

ގާތްގަނޑަކަށް ވިއްސަކަށް ދަރިވަރުންގެ އެ ގްރޫޕުން މިއަދު އެވިޑް ކޮލެޖްގެ އިސްވެރިންނާ ބައްދަލުކުރީ އެ ކޮލެޖުން، އޭއޭއޭ މެނޭޖުކުރުމަށް ސޭލްސް ޕާޗޭސް އެގްރީމެންޓެއް ހަދައި، އެ އެއްބަސްވުމުގެ ދަށުން އައްޑޫ ފްލައިން ސްކޫލު ހިންގުމާ ހަވާލުވާން މަސައްކަތްކުރަމުން އަންނަނިކޮށެވެ.

ގަތުމުގެ އެގްރިމެންޓެއް ހެދި ނަމަވެސް އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ފެކަލްޓީގެ ނަމުގައި އެވިޑް ކޮލެޖުން ހިންގަން ނިންމާފައިވާ އައްޑޫ ފްލައިން ސްކޫލުގެ އެއްވެސް ކަހަލަ ލައިސެންސްއެއް ހޯދުމަށް އެ ކޮލެޖުން މިހާތަނަށް ސަރުކާރުގެ ރަސްމީ އިދާރާއެއްގައި އެދިފައެއް ނުވެ އެވެ.

މިއަދު 2 ޖެހިއިރު އޮތް ބައްދަލުވުމުގައި އެވިޑް ކޮލެޖުގެ ޗެއާމެން އަބްދުﷲ މުސްތާގް ރަޝާދު ދަރިވަރުންނާ ބައްދަލުކޮށް އެ ދަރިވަރުންގެ ހުރި ގިނަ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވިކަމަށް ބައްދަލުވުމުގައި ބައިވެރިވި ދަރިވަރަކު "އަދަދު" އަށް ބުންޏެވެ.

އެހެން ނަމަވެސް އެ ކަންބޮޑުވުންތަކަށް އެއްވެސް ކަހަލަ ހައްލެއް ލިބުމުގެ ކޮޅުމައްޗެއް އަދި ނެތް ކަމަށާއި ދަރިވަރުން އުފުލި ޝަކުވާތަކަށް އެވިޑް ކޮލެޖުގެ ފަރާތުން އެދެވޭ އެއްވެސް ޖަވާބެއް ނުލިބުނު ކަމަށް އެ ދަރިވަރު ބުންޏެވެ.

"ބައްދަލުވުމުގައި (ކުރެވުނު) 85 ޕަސެންޓް ސުވާލަށް ޖަވާބެއް ނުދެވުނު އިނގޭތޯ،" އޭނާ ބުންޏެވެ.

މިއަދު އޮތް ބައްދަލުވުމުގައި ދަރިވަރުން ވަނީ އެ ކުދިން ކިޔެވުމަށްޓަކައި އޭއޭއޭ އަށް ދައްކާފައިވާ ފައިސާގެ ރީފަންޑް ލިބޭނޭ ގޮތެއް ހަމަޖައްސައިދިނުމަށް ވެސް އެދިފަ އެވެ.

"އެ ފައިސާ އަޅުގަނޑުމެންނަށް ލިބޭނެތޯ އެހުމުން ބުނީ ކޯސް ޑްރޮޕް ކުރަންށޭ ޖެހޭނީ. އެކަމަކު އަޅުގަނޑުމެންނަށް ނުލިބޭ ހިދުމަތަކަށް ފައިސާ ނަގައިގެން ނުވާނެއެއް ނޫންތޯ؟،" ދަރިވަރު ބުންޏެވެ.

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން އެވިޑް ކޮލެޖާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: އަދަދު
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން އެވިޑް ކޮލެޖާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: އަދަދު

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން އެވިޑް ކޮލެޖާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: އަދަދު

ރީފަންޑު މައްސަލައިގައި ދަރިވަރުން އެވިޑް ކޮލެޖަށް އީމެއިލް ކުރުމަށް ކޮލެޖުން އެދުނުކަމަށް އެ ދަރިވަރު ބުންޏެވެ.

މީގެ އިތުރުން ވެސް އެވިޑް ކޮލެޖުން އޭއޭއޭ އާ ހަވާލުވުމަށްފަހު ދަރިވަރުންނަށް މޮކް އިމްތިހާނެއް ހަދަން ދޭން އުޅުމުން އެކަމުގެ ކަންބޮޑުވުން ވެސް ދަރިވަރުން ހިއްސާކުރި އެވެ. އަދި އައްޑޫގައި ސްކޫލް ހިންގޭނެ ފުރުސަތެއް ނެތް ކަމަށާއި އެތަނުގައި ކުދިންގެ ކޯސް ނިންމަން ބޭނުންވާ މަތިންދާބޯޓެއް ނެތްކަމުގެ ޝަކުވާ ވެސް ދަރިވަރުން ވަނީ އުފުލައިފަ އެވެ.

"މުސްތާގް ވިދާޅުވީ އެހެން ދަތިކަމެއް އުޅެންޏާ އަންގާލަދޭށޭ ކޮލެޖަށް. އެކަމަކު އެއީ ކޮން ހައިސިއްޔަތެއްގެ ބައެއް ކަމެއްވެސް ނޭނގެ އަޅުގަނޑުމެންނަށް އަދި. މޮކް އެގްޒާމް ހެދުމަކީ ދަރިވަރުންނަށް ފަސޭހައަކަށް ކުރި ކަމެއްކަމަށްވެސް މުސްތާގު ވިދާޅުވި،" ދަރިވަރަކު ބުންޏެވެ.

އެވިޑް ކޮލެޖުން އައްޑޫ ނޫން އެހެން ތަނެއްގައި ފްލައިން ސްކޫލު ހިންގަން ވިސްނާ ވާހަކަ ބުނި ކަމަށް ވެސް ދަރިވަރަކު މައުލޫމާތު ދިނެވެ.

"އެވިޑް ކޮލެޖުން މިހާރު ތިބީ ސަރުކާރުން އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އިޝާރާތެއް ކުރަންދެން ކަމަށް ވެސް ކޮލެޖުން ބުނީ."

މިއަދުގެ ބައްދަލުވުމާ ގުޅިގެން އެވިޑް ކޮލެޖުގެ ފަރާތުން ރަސްމީކޮށް ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އޭއޭއޭއިން ކިޔަވަމުން އަންނަ 178 ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ ގިނަ ދުވަސްވާ މައްސަލަ ހައްލުކުރަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެކަމަކު މި މައްސަލަ ހައްލު ނުވެ ގިނަ ދަރިވަރުންގެ ކިޔެވުންތައް ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ވެއްޖެ އެވެ. ކޯސް ފުރިހަމަ ނުކުރެވި ހަތަރު އަހަރެއްހާ ދުވަސްވެފައި ތިބި ކުދިން ވެސް އެބަ ތިއްބެވެ. ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ ސްކޫލުގައި ގެންގުޅުނު 14 ބޯޓު ވެސް އޮތީ ހަލާކުވެފަ އެވެ.

ދަރިވަރުންގެ ޝަކުވާ އަކީ ތަފާތުކުރުން ގެންގުޅުމެވެ. އަދި ދަރިވަރުންގެ އަތުން ފައިސާ ނެގުމަށް ފަހު ކޯސްތައް ދިގު ދަންމާކަމުގެ ޝަކުވާތައް ވެސް ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox