ކުޅުންތެރިޔެއް ވިޔަސް ގެންގުޅެންވީ އެތުލީޓެއްގެ ވިސްނުން

މާޒިޔާގެ ފިޓްނަސް ކޯޗު ޕަބްލޯ.-- ފޮޓޯ: އަދަދު

މާޒިޔާގެ ފިޓްނަސް ކޯޗު ޕަބްލޯ.-- ފޮޓޯ: އަދަދު

ކުރު މުއްދަތެއްގެ ތެރޭގައި ފެންވަރު ރަނގަޅު ފިޓްނަސް ކޯޗަކު ގެނެސްގެން މުބާރާތަކަށް ޓީމެއް ފިޓްކުރެވިދާނެ އެވެ. އެއީ އެ ވަގުތަކަށް އެންމެ ރަނގަޅަށް ހުރިހާ ކަމެއް ފުރިހަމަ ކުރެވިގެންނެވެ. ގައުމީ ފުޓްބޯޅަ ޓީމުން ވެސް މީގެ ކުރިން ކުރު މުއްދަތަކަށް ފިޓްނަސް ކޯޗުން ގެނެސްގެން އެކި ކަހަަލަ ތަޖުރިބާ ކޮށްފި އެވެ. އެ ފިޓްނަސް ކޯޗަކު މަސައްކަތްކުރާ މުއްދަތެއްގައި ކުޅުންތެރިންގެ ފަރާތުން ފިޒިކަލީ ވެސް ތަފާތު ފެނެ އެވެ. ބޮޑު ސުވާލަކީ އެ ފިޓްނަސް ދެމެހެއްޓުމުގައި ރަނގަޅު ސިސްޓަމެއްގެ ތެރެއިން މަސައްކަތް ކުރެވެނީ ކިހާ މިންވަރަކަށްތޯ އެވެ. އަދި އެކަން ކުރަން ވަށައިގެން އޮންނަ މާހައުލުން ފުރުސަތު ލިބެނީ ކިހާ ވަރަކަށްތޯ އެވެ.

މިދިޔަ ސީޒަނުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން ވަނީ ފުޓްބޯޅަ ސީޒަނުގައި ކޮވިޑް-19ގެ ސަބަބުން ބޮޑު ބްރޭކްތަކެއް އަންނާތީ އާއި އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން މާޗް މަހު ސްޕެއިންގެ ތަޖުރިބާކާރު ފިޓްނަސް ކޯޗެއް ކަމަށްވާ ޕަބްލޯ އަރާންސް ރަމިރޭޒް ގެނެސްގެން މަސައްކަތްތަކެއް ކޮށްފަ އެވެ.

ކުރެވުނު ތަޖުރިބާ އާއި ފެނުނު މަންޒަރުތަކަށް އަލި އަޅުވާލައި ދިވެހި ފުޓްބޯޅަ ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސްގެ ކަންކަމާ ބެހޭގޮތުން ޕަބްލޯ ވަނީ "އަދަދު" އަށް އިންޓަވިއުއެއް ދީފަ އެވެ.

ބާސެލޯނާގެ ގޯލްސް ޓްރެއިނިން ސެންޓަރުގައި އެއީ ސްޓްރެންތު އެންޑް ރިހެބިލިޓޭޝަން އެންޑް ރިހެބް ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތްުކުރި ޕަބްލޯ ބުނީ ރާއްޖޭގައި އެންމެ އާންމު އިންޖަރީ އަކީ ފައިގެ މަސްތަކަށް ކުރިމަތިވާ އަނިޔާ ކަމަށެވެ. މީގެ އެއް މައްސަލަ އަކީ ކެރިއަރުގެ އެކި ހިސާބުތަކުގައި ލިބޭ އަނިޔާ އިން އެއްކޮށް ރިކަވާނުވެ ކުޅުމުގެ އިތުރުން އެ ފަދަ ކަންކަމުގައި ރަނގަޅު ލައިފްސްޓައިލެއްގެ ތެރެއިން ރިކަވަރީ ނުގެންދެވޭތީކަން ޕަބްލޯ ވަނީ ފާހަގަކޮށްފަ އެވެ.

"އަނިޔާއިން ރަނގަޅުވުމަކީ ހަަމައެކަނި ކަސްރަތުކުރުމެއް ނޫން. މީގެ ވަރަށް މުހިއްމު ކަމެއް ރަނގަޅު ރިހެބިލިޓޭޝަނެއް ފުރިހަމަކުރާނަމަ ރަނގަޅު ލައިފްސްޓައިލެއް ދެމެހެއްޓުން. ރަނގަޅަށް ނިދުން. ރަނގަޅު ކާނާ ކެޔުން،" ޕަބްލޯ ބުންޏެވެ.

މެންޓަލީ އެތުލީޓެއްގެ ތައްޔާރީތައް ހުންނަ ގޮތަށް ލައިފްސްޓައިލް ބައްޓަންކުރަންވީ. ފުޓްބޯޅަ ކުޅުންތެރިޔެއް ވިޔަސް އެތުލީޓެއްގެ ވިސްނުމުގައި ކުރިއަށްދާންވީ - ޕަބްލޯ

ޕަބްލޯ ބުނީ އެތުލީޓެއްގެ ވިސްނުމެއްގައި ފުޓްބޯޅަ ކުޅުންތެރިއަކު ކުރިއަށްދާނަމަ އަބަދުވެސް ދިިރިއުޅުމުގެ ކަންކަން ހުންނާނީ ފިޒިކަލީ ރަނގަޅު ޓްރެކުގައި ކަމަށެވެ. އެއީ އެތުލީޓަކަށް އަބަދުވެސް އެންމެ މުހިއްމު ކަމަކީ ރަނގަޅަށް ޓްރެއިނިން ކުރުމާއި އެ ޓްރެއިނިންގެ ތަފާތު ފެންނަ ވަރަށް އަރާމްކުރުމާއި ރަނގަޅަށް ކެޔުމުގެ ކަންކަން ބެލެހެއްޓުން ކަމަށް ޕަބްލޯ ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެ އަންނަ ބިދޭސީ ކޮންމެ ކޯޗެއް ނުވަތަ ޓްރެއިނަރެއް ވިޔަސް ޔަގީނުން ވެސް އެއްބަސްވާ އެއް ކަމަކީ ޓެކްނިކަލީ ބަލާއިރު ދިވެހި ކުޅުންތެރިން ހުނަރުގެ ގޮތުން ސަރަހައްދީ ލެވަލްގައި ބަލާއިރު ތަފާތުވުމެވެ. އެކަަމަކު، ހަމައެކަނި ހުނަރު ހުރެގެން ނުވާނެކަން ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭގެ ބައެއް ނަތީޖާތަކުން އެނގިގެން ދެ އެވެ. އެއް ސަބަބަކީ ފިޒިކަލީ ކުޅުންތެރިން އެންމެ ރަނގަޅު ޕްރޮގްރާމްތަކެއްގެ ތެެރެއިން ގެންދާނެ ކޮލިފައިޑް ޓްރެއިނަރުން ހުރިހާ ޓީމެއްގައި ނެތުމާއި ފިޒިކަލީ ކުޅުންތެރިންނަށް އަންނަ ބަދަލު ބުނެދޭނެ މީހުން މި ކަމުގެ ތެރޭގައި މަދުވުމެވެ.

މާޒިޔާ ޓްރެއިނިންއެއްގެ ތެރެއިން ޕަބްލޯ (ވ.2) އެ ޓީމުގެ ކުޅުންތެރިންނާ އެކު.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޕަބްލޯ ވަނީ ތަމްރީން ލިބިފައި ހުރި ފެންވަރު ރަނގަޅު ޓްރެއިނަރެއް ކޮންމެ ޓީމެއްގައި ހުރުމަކީ މުހިއްމު ކަމެއް ކަމަށް ބުނެފަ އެވެ.

"އަހަރެމެން މޮޅު ކޯޗެއް މި ހޯދަނީ ޓީމުގެ ނަތީޖާތައް ރަނގަޅު ކުރަން. އެ ކޯޗެއް ބޭނުންވޭ އެންމެ މަތީ ލެވަލްގައި ކޮންމެ މެޗެއްގައި ވެސް ކުޅެން. އެކަން ކުރެވެނީ ފިޒިކަލީ ކުޅުންތެރިން އެންމެ ރަނގަޅު ލެވަލްގައި ހުރެގެން. އެކަމަށްޓަކައި ޓީމަށް ކުރެވޭ އިންވެސްޓްމަންޓަކީ ކޮލިފައިޑް ޓްރެއިނަރެއް ހޯދުން. ޓްރެއިނަރެއް ނުލައި މިހާރު ފުޓްބޯޅަ ޓީމެއް ދާން ބޭނުންވާ މިސްރާބަކަށް ނުދެވޭނެ،" ޕަބްލޯ ބުންޏެވެ.

ގައުމީ ސްކޮޑުގެ މެޖޯރިޓީ ކުޅުންތެރިން ތިބީ މާޒިޔާގަ އެވެ. އެހެންވެ، ޕަބްލޯ މަސައްކަތްކުރި ގިނަ ކުޅުންތެރިންނަކީ ގައުމީ ލެވަލްގެ ކުޅުންތެރިންނެވެ.

ރިސާޗް އެންޑް ޑިވެލޮޕްމަންޓާއި ޓެކްނިކަލް ސަޕޯޓާއި ކުޅުންތެރިންނަށް އިންޖަރީ ޕްރިވެންޝަންގެ ސެޝަންތަކެއް ސްޕެއިންގެ ގިނަ ފުޓްބޯޅަ ކްލަބްތަކަށާއި އިންޑިވިޖުއަލް ކުޅުންތެރިންނަށް ވެސް ނަގައިދީފައިވާ ޕަބްލޯ ބުނީ މާޒިޔާގައި ތިބި ގިނަ ކުޅުންތެރިންނަކީ ފުޓްބޯޅައާ މެދު ވަރަށް ސީރިއަސްކޮށް ދެކޭ ކުުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނާ އެކު މަސައްކަތް ކުރުމަކީ އޭނާ އަށް ލިބޭ ފަހުރެއް ކަމަށެވެ.

"އަހަންނަށް ފެނުނު ބައެއް ކުޅުންތެރިންނަށް މީގެއިން ތަފާތުތަކެއް އައިތަން. ކުޅުންތެރިން ވަރަށް މަސައްކަތް ވެސް ކުރޭ. މައްސަލަ އަކީ ދުރާލާ ކުޅުން ފަށައިގެން އައިއިރު (ކެރިއަރުގެ ފުރަތަމަ ކޮޅުގައި) ފިޒިކަލް ފިޓްނަސް އަށް ބަލައިގެން ރަނގަޅު ކަންކަން ކުރެވިފައި ނެތުން ކަމަށް ވެދާނެ. އަނެއްކޮޅުން ދިވެހި ގިނަ ކުޅުންތެރިންނަކީ އެއްކޮށް ފުޓްބޯޅަ އަށް ހުސްވެ ތިބުމުގެ ބަދަލުގައި އެހެން މަސައްކަތް ވެސް ކުރާ ކުޅުންތެރިން، އެއީ ވެސް މީގެ މެންޓަލީ މެޗަށް ތައްޔާރުވުމުގައި އަންނާނެ ކަމެއް،" ޕަބްލޯ ބުންޏެވެ.

މިދިޔަ ހަތަރު ވަރަކަށް އަހަރު އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ ކޮންމެ ސީޒަނެއްގައި ވެސް ވަނީ ބޮޑު ބްރޭކްތަކެއް އައިސްފަ އެވެ. މިދިޔަ ސީޒަނުގައި ކޮވިޑް-19ގެ ސަބަބުން ދިގު ބްރޭކްތަކެއް އަ އެވެ. ކަސްރަތެއް ނުކޮށް ހުންނަން ޖެހުނު ދިގު ބްރޭކެއް ވެސް އަ އެވެ.

ސްޕެއިނުގެ ސެވިއްޔާގެ ބެލެންސް ސްޕޯޓްސް ކްލިނިކްގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޕަބްލޯ ބުނީ ކުޅުންތެރިންގެ ހުރިހާ ކަމެއް ބައްޓަންވެފައި އޮންނަނީ ރަނގަޅަށް ޓްރެއިން ކުރުމާއި އެ ވަޒަންކޮށްލަން މެޗުތައް ކުޅުމަށް ކަމަށެވެ. ހަމައެކަނި ޓްރެއިން ކޮށްގެން މީގެ އަންނާނެ ކަމެއް ނެތް ކަމަށް ޕަބްލޯ ވެސް ބުނެ އެވެ. އެހެންވެ، ރޭވިފައިވާ ޝެޑިއުލެއްގެ ތެރެއިން އަބަދުވެސް ކުޅުންތެރިންނަށް މެޗު ކުޅެން ލިބުން އެއީ ޕަބްލޯ ދެކޭގޮތުގައި ވަރަށް މުހިއްމު ކަމެކެވެ.

ފިޒިކަލް ފިޓްނަސް އަށް ކުރެވޭ މަސައްކަތް ވަޒަންކޮށްލަން ގަވާއިދުން ރަނގަޅު ޝެޑިއުލެއްގެ ތެރެއިން އެހާ ބޮޑު ބްރޭކްތަކެއް ނުލައި މެޗުތައް ކުޅެން ޖެހޭނެ ކަމަށް ދިވެހި ގިނަ ކޯޗުން ވެސް ވަނީ ތަކުރާރުކޮށް އެކި ޕްރީ ސީޒަންތަކުގެ ކުރިން ދިން އިންޓަވިއުތަކުގައި ބުނެފަ އެވެ. އަހަރެއްގެ ތެރޭ އެކި ފަހަރު ފިޓްނަސް ވެއްޓިފައި އަނެއްކާ މައްޗަށް ޖައްސަން ވެއްޖެނަމަ ދުރު ވިސްނުމަކުން ބަލާނަމަ ކުޅުންތެރިންނަށް އެދެވެނީ ދޭން ނުޖެހޭ ވަރުގެ ލޯޑެއްގެ ގޮތުގައި ޕަބްލޯ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox