ހަމަލާގެ ތަހުގީގަށް ބަޔާން ދެއްވަން ނަޝީދު ތައްޔާރު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ތަހުގީގަށް ބޭނުންވާ ބަޔާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނުގެ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ހަމަލާއާ ގުޅިގެން ނަޝީދުގެ ބަޔާނެއް މުހިންމުކަމަށް ފުލުހުންގެ އިތުރުން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ވަނީ ބުނެފަ އެވެ.

އެގޮތުން މިދިޔަ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހު ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ އެ މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު ނަޝީދުގެ ބަޔާނެއް މިހާތަނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement

"އަދި ބަޔާނެއް ދެއްވާފައި ނެތް. އަޅުގަނޑުމެން މަސައްކަތް އެބަކުރަން ބަޔާނެއް ހޯދަން ނުވަތަ މިކަމާމެދު ދެކެވަޑައިގަންނަވާ ގޮތެއް ހޯދުމުގެ މަސައްކަތްތަކެއް. އަދިއެއް ކާމިޔާބެއް ނުވޭ އަޅުގަނޑުމެންނަކަށް،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ އެހެން ވިދާޅުވާ ގުޅިގެން، ނަޝީދު ވަނީ އެމަނިކުފާނުގެ ވަކީލަކަށް, ކޮއްކޯފުޅު ނާޒިމް ސައްތާރު ހަމަޖައްސަވައިފި އެވެ.

އޭރު ނާޒިމް ވިދާޅުވެފައިވަނީ ބަޔާން ދެއްވުމާ މެދު ގޮތެއް ނިންމެވޭނީ މައްސަލައިގެ ލިއުންތައް ވެސް ލިބިވަޑައިގަތުމުން ކަަމަށެވެ.

ޕީޖީއަށް ނާޒިމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ ބަޔާން ދެއްވަން ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށެވެ.

ނަމަވެސް، ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް ނަޝީދު އެދިވަޑައިގަންނަވާކަމަށް އެ ސިޓީގައި ބުނެފައި ވެ އެވެ.

އެ ސިޓީއާ ގުޅިގެން ނާޒިމް "އަދަދު"އަށް ވިދާޅުވީ ޝަރީއަތަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނަޝީދުގެ ފަރާތްޕުޅުން މެދުވެރިވާން ބޭނުންނުވާ ކަމަށެވެ.

"ޕީޖީ ވިޔަސް އަދި ފުލުހުން ވިޔަސް ރައީސް ނަޝީދުގެ ބަޔާން ނަންގަވަންވީ،" ނާޒިމް ވިދާޅުވި އެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދީފައި ވަނީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އަންނަ ޖުމްލަ 12 ދައުވާ ވަނީ އުފުލައިފަ އެވެ.

އެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގަން މަހުގެ ފަހުކޮޅު ވަނީ ފަށައިފަ އެވެ. އެއީ، އަދުހަމް އަހުމަދު ރަޝީދު، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 ގެ އިތުރުން، އަލީ ހައިޝަމްގެ މައްޗަށެވެ. މީގެ ތެރެއިން އަލީ ހައިޝަމްއަކީ ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހެކެވެ.

ހަމަލާއާ ގުޅިގެން ޖަރުމަންގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ހަމަލާގެ ތަހުގީގު ނިންމައި، އެ ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރިން ރާއްޖެއަށް ވަޑައިގެންނެވުމަށް ޖެހިލުންވާކަމަށް ވިދާޅުވެ ނަޝީދު ވަނީ ޗުއްޓީ އިތުރުކޮށް ދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox