ރައްޔިތުންނަށް ފުރިހަމަ ހިދުމަތްތައް ދޭ ފަރާތްތަކަށް ސީޕީގެ އެވޯޑެއް

Sep 1, 2021, 1:32 PM
ސީޕީ މިއަދުގެ ރަސްމިއްޔާތުގައި  ވާހަކަ ދައްކަވަނީ: ހާއްސަ އެވޯޑެއް އިއުލާން ކުރެއްވި

ސީޕީ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: ހާއްސަ އެވޯޑެއް އިއުލާން ކުރެއްވި

ރައްޔިތުންނާ ގުޅިގެން ހިދުމަތް ދިނުމުގެ ކަންކަން އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ފުލުހުންގެ މަރުކަޒުތަކާއި ރަށްތައް އަދި އަވަށްތައް ފާހަގަކޮށް ހާއްސަ އެވޯޑެއް ދޭން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ނިންމަވައިފި އެވެ.

ހަމީދު މިކަން އިއުލާން ކުރެއްވީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުމަށް މަނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ނަމަވެސް، އަންނަ އަހަރުން ފެށިގެން ދިނުމަށް ހަމަޖެހިފައިވާ އެ އެވޯޑްގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ހަމީދު ވިދާޅުވި ގޮތުގައި، އަލަށް ގެނައި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި، ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވެ އެވެ.

އަދި ކައުންސިލުތަކާއި އެހެނިހެން މުއައްސަސާތަކާއި ރައްޔިތުންނާ އެކުގައި މަސައްކަތްކުރުމަށް ހާއްސަ އޮނިގަނޑެއް، މި މަހުގެ 27 ގެ ނިޔަލަށް އެކުލަވާލަންޖެހޭ ކަމާއި އެކަމުގެ އިންތިޒާމުތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު އިތުރަށް ވިދާޅުވި ގޮތުގައި އާ ގާނޫނުން، ފުލުހުންގެ މަސައްކަތްތައް އިންތިޒާމުވެގެންވާ ގޮތް ވަަރަށް ސާފުކޮށް ކަނޑައަޅައިދީފައިވާ ކަމަށާއި ލާމަރުކަޒީ ހިދުމަތްދިނުމަށާއި މުޖުތަމައުއާ އޮންނަ ގުޅުން ދެމެހެއްޓުމަށް ވެސް ބާރުއަޅަ އެވެ.

"އެހެންކަމުން، ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުންދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތް ބަދަލުކުރުން،" ހަމީދު ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ހަ ލަނޑުދަނޑީގެ ތެރޭގައި ލޯކަލް ޕޮލިސިން ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ހިދުމަތަށް އިތުރު އަހަންމިއްޔަތުކަމެއް ދިނުމުގެ މަގުސަދުގައި ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި ފުލުހުންގެ ހިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެއް އިންގިލާބީ ބަދަލަކީ ނެއިބަހުޑް ޕޮލިސް ނުވަތަ އަވައްޓެރި ފުލުހުންގެ މަސައްކަތްކަމާއި ނ. އަތޮޅުގައި ވެސް ވަރަށް އަވަހަށް އެ ހިދުމަތް ފެށިގެންދާނެ ވެސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މި ސަރުކާރުން ދަނީ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑަތި މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ހާއްސަކޮށް އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ފުރިހަމަކޮށް ދެވޭ ހިދުމަތް އިތުރުކުރުމަށްޓަކައި، ވަރަށްގިނަ ކަންކަން ރޭވިގެންދާ ކަމަށެވެ.

"ފުލުހުންގެ ހިދުމަތަށް މިވޭތުވެދިޔަ 86 އަހަރުގެ ތެރޭގައި ނުކުރެވޭފަދަ ބޮޑަތި މަސައްކަތްތަކެއް، މިސަރުކާރުން ކުރަމުންގެންދާ ކަމަކީ ފެންނަން އޮތް ވަރަށް ސާފް ހަގީގަތެއް. މިއަދު އަތޮޅުތެރޭގެ 52 ރަށަށްވުރެ ގިނަ ރަށުގައި ސްޓޭޝަންތައް އެޅުމަށް ތައްޔާރުވަމުންދާ ދިއުމަކީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް އިތުރަށް ވަރުދަކުރުމަށް މިސަރުކާރުން ކުރާ ވަރަށްބޮޑު މަސައްކަތެއް." އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެންމެ ލޯބިވާ، އެންމެ އިތުބާރުކުރާ، އިހުތިރާމްކުރާ މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެގެންދާ މުއައްސާކަމުގައި ވެގެންދާނެ އެވެ.

"ފުލުހުންގެ މުއައްސަސާ ކުރިއަރައިގެން ދިއުމަކީ ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް. ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ މުއައްސަސާއެއް. އެކަން އެގޮތުގައި ދެނެތިބެގެން ގަބޫލުކޮށްގެން މިމުއައްސަސާ އަބަދުވެސް ފަހުރުވެރިކަމާއެކު ދެމިއޮންނަ ގޮތަށް މުއައްސަސާއަށް ރީތިނަން ލިބޭގޮތަށް ރައްޔިތުން މަސައްކަތްކޮށްދިނުމަކީ އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދޭކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox