ތުހުމަތު ނުކުރާ ކުށަކަށް ދައުވާކުރުމުން ޖިންސީ މައްސަލައެއްގެ އަދަބުން މީހަކު ސަލާމަތްވެއްޖެ

ހައިކޯޓު: ފުލުހުން ގޯސް ހަދާފައި އޮތުމުން ޖިންސީ ކުށުން މީހަކު ވަނީ ސަލާމަތްވެފައި

ހައިކޯޓު: ފުލުހުން ގޯސް ހަދާފައި އޮތުމުން ޖިންސީ ކުށުން މީހަކު ވަނީ ސަލާމަތްވެފައި

ތަހުގީގުގައި ފުލުހުން ގޯސް ހަދާފައި އޮތުމުން ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި ކަމުގެ މައްސަލައެއްގައި ކުށް ސާބިތުވެފައިވާ މީހަކު ސަލާމަތްވެއްޖެ އެވެ.

ހައިކޯޓުން އިއްޔެ ސަލާމަތް ކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން އެ ކުއްޖާ ބަނޑުބޮޑުވެ، އަދި އެބޯޓްވި މައްސަލައެއްގައި ކުށް ސާބިތުވި އަމްޖަދު މުހައްމަދު ކިޔާ މީހެކެވެ.

ހއ. މާރަންދޫގައި ފަޅު ގެއެއްގެ ތެރޭ ހިނގި މި ހާދިސާއާ ގުޅިގެން އަމްޖަދުގެ މައްޗަށް ދައުވާ އުފުލައި، އެ ރަށު މެޖިސްޓްރޭޓް ކޯޓުގައި ޝަރީއަތް ހިންގުމަށްފަހު އޭނާގެ މައްޗަށް 10 މަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

Advertisement

ނަމަވެސް، އެ ހުކުމް ހައިކޯޓުގައި އޭނާ އިސްތިއުނާފު ކުރުމުން، ފުލުހުން ހަދާފައި އޮތް ގޯހެއްގެ ސަބަބުން ޖަލު ހުކުމުން އޭނާ ސަލާމަތްވީ އެވެ.

ބޮޑު ހުކުމަކުން އަމްޖަދު މުހައްމަދުގެ މައްޗަށް ސަލާމަތްވީ އޭނާއަށް ދައުވާކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ތަހުގީގު ކުރި ތުހުމަތުގެ މައްޗަށް ނޫން ކަމުގައިވާތީ އެވެ.

ތަހުގީގުގައި އަމްޖަދުއާ ސުވާލުކޮށްފައިވަނީ ޒިނޭގެ ކުށާ ގުޅޭ ގޮތުންނެވެ. ނަމަވެސް، އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން، ކުށަށް ތުހުމަތުކޮށެވެ.

އޭނާގެ މައްޗަށް ކުރި ދައުވާއަކީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އެވެ. އެ ކުށަކާ ގުޅޭ ގޮތުން ގާނޫނީ އިންޒާރު އޭނާއަށް ދީފައެއް ނުވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނި ގޮތުގައި މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވޭއިރު އެމީހެއްގެ މައްޗަށް އޮތް ތުހުމަތު އެނގެން ޖެހޭނެ އެވެ. ނޭނގި އެކަމުން ދިފާއުވުމަށް ފުރުސަތު ދޫވުނީ ކަމަށް ބަލާނެ ހަމައެއް ނޯންނާނެ ކަމަށެވެ.

އަމްޖަދުގެ މައްޗަށް ތުހުމަތު ކުރި ކުށް ނޫން އެހެން ކުށެއްގެ މައްޗަށް ދައުވާކުރި މައްސަލައެއްގައި ހުށަހަޅާފައިވާ ހެއްކަކީ އިޖުރާއީ ގޮތުން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހޯދާފައިވާ ހެއްކަށް ނުވާނެ ކަމަށް ހައިކޯޓުން ބުންޏެވެ.

އެހެންވެ، މި މައްސަލާގައި އަމްޖަދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރަން ޖެހޭ ކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox