އައުޝަން އާއި ޗިކު ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑަށް

ޗިކު (ކ) އާއި އައުޝަން: ދެ ކުޅުންތެރިންނަށް ވެސް ވަނީ ގައުމީ ސްކޮޑުން ފުރުސަތު ލިބިފައި.

ޗިކު (ކ) އާއި އައުޝަން: ދެ ކުޅުންތެރިންނަށް ވެސް ވަނީ ގައުމީ ސްކޮޑުން ފުރުސަތު ލިބިފައި.

ކުރިއަށް އޮތް ސާބާ މެންސް ޗެމްޕިއަންޝިޕް ބާސްކެޓް ބޯޅަ މުބާރާތުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑުގައި އިބްރާހިމް ރަޝްވާން (ޗިކު) އާއި އަހުމަދު އައުޝަން ހިމެނިއްޖެ އެވެ.

އައުޝަން އަށް ގައުމީ ސްކޮޑުން އެންމެ ފަހުން ފުރުސަތު ލިބުނީ 2015 ވަނަ އަހަރުގެ ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިންނެވެ. ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޗިކޫ އަށް ގައުމީ ސްކޮޑުން އެންމެ ފަހުން ޖާގަ ލިބުނީ 2018 ވަނަ އަަހަރު އެވެ.

ޕްރޮފެޝަަނަލް ލެވަލްގައި ގިނަ އަހަރުތަކެއް ކުޅުނު އައުޝަންގެ ލޮލަށް ކުރިމަތިވި ގެއްލުމަކާ ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން އޭނާ ގަވާއިދުން މުބާރާތްތަކުގައި ވާދަކުރުމަށް މެދުކެނޑުމެއް އަ އެވެ. އެކަމަކު، ފަހަކަށް އައިސް އޭނާ އަންނަނީ އަލުން ކެރިއަރުގައި ކުރިއަށްދާން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޗިކޫ ގައުމީ ޓީމަށް އެނބުރި މިއައީ ކަކުލުގެ ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހި، އެ އަނިޔާއިން އެއްކޮށް ރިކަވާވެގެންނެވެ. ޗިކޫގެ ކަކުލަށް 2018 ވަނަ އަހަރު ސީރިއަސް އަނިޔާއެއް ދިމާވީ ސްރީ ލަންކާގައި ކުޅުނު ތުރީއޮންތުރީ މުބާރާތެއްގެ ތެރެއިންނެވެ. ޗިކޫ ވަނީ ރިހެބިލިޓޭޝަނަށް ފޯކަސްކޮށްގެން އަލުން ކުރީގެ ފޯމަށް އަންނަން މަސައްކަތްކޮށް އެއްކޮށް ފިޓްވެގެން އައިސް ލޯކަލް މުބާރާތްތަކުގައި ފަހުން ވާދަކޮށްފަ އެވެ.

ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ސްކޮޑު.-- ފޮޓޯ: އެމްބީއޭ

އައުޝަން އާއި ޗިކޫގެ އިތުރުން ގައުމީ ސްކޮޑުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ އިސްމާއިލް ފަރުހާން، އިބްރާހިމް އަންފާލް ޝަރީފް، އަހުމަދު ފިރާޝް، މުހައްމަދު ސަބީހު ތައުފީގް، އަހުމަދު އަލީ މުސްތަފާ، އަހުމަދު އިފްސާހް، އަހުމަދު ޒަބީރް، އިބްރާހިމް ނަސީމް، ހުސެއިން ހަލީމް (ޗިކަނޭ)، މުހައްމަދު އަޝްމަލް އަހުމަދު، ރިޝްފާން ރަޝީދު، އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު އަލީ، ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އަދި މަފާޒް މުހައްމަދު އެވެ.

ބާސްކެޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ކުރިން ގައުމީ ޓީމަށް ކުޅުނު އަދި ފަހަކަށް އައިސް ބާސްކެޓްގައި ވިދަމުން އަންނަ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ވަނީ ހަމަޖައްސައިފަ އެވެ. އަދި އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކުރާނީ މުހައްމަދު ޒިލާލް (ޒިލާ) އާއި އަލީ ފަޒްލީ އެވެ.

ޒިލާ އާއި ފަޒްލީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ގިނަ އަހަރުތަކެއް ވަންދެން ރާއްޖެ ތަމްސީލް ކުރުމަށް ފަހު 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު އެވެ.

ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ ބަންގްލަދޭޝްގައި އޮކްޓޫބަރު 21 ވަނަ ދުވަހު ފަށާ ސާބާ ޗެމްޕިއަންޝިޕް އަށެވެ. މިއީ ކޮވިޑް-19ގެ މެދުކަނޑާލުމަށް ފަހު ގައުމީ ބާސްކެޓް ޓީމުން ވާދަކުރާ ފުރަތަމަ މުބާރާތެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox