ލީކުކޮށްލައިގެން އުޅޭ އޯޑިއޯތައް ސައްހަ ނޫން ކަމަށް ފަނޑިޔާރުން ވިދާޅުވެއްޖެ

ގާޒީ ސަމީރު، ފާއިޒް އަދި އަލީ އާދަމް: ތިން ފަނޑިޔާރުން ވިދާޅުވީ އެ އޯޑިއޯތަކަކީ ފޭކު ކަމަށް --ފޮޓޯ: ސްކްރީން ކެޕްޗާ

ގާޒީ ސަމީރު، ފާއިޒް އަދި އަލީ އާދަމް: ތިން ފަނޑިޔާރުން ވިދާޅުވީ އެ އޯޑިއޯތަކަކީ ފޭކު ކަމަށް --ފޮޓޯ: ސްކްރީން ކެޕްޗާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވިއިރު ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުން ކަމަށް ބެލެވޭ ބަޔަކު އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަނިކޮށް އިއްޔެ ލީކުކޮށްލާފައިވާ އޯޑިއޯތައް އެ ފަނޑިޔާރުން ދޮގުކޮށްފި އެވެ.

ބައެއް މީޑިޔާތަކުގައި އިއްޔެ ލީކުކޮށްލި އެ އޯޑިއޯތަކުގައި ފަނޑިޔާރު ހުސެއިން ރަޝާދު ފާއިޒާއި އަލީ އާދަމް އާއި މުހައްމަދު ސަމީރު ވާހަކަ ދައްކަވާ އަޑު އިވޭ ކަމަށް ރިޕޯޓްކޮށްފައި އޮތެވެ. އަދި އެ މައްސަލަ ހޫނުވެ، އޯޑިއޯ ތަހުގީގު ކުރުމަށް ފުލުހުންނަށް އަދި ޖޭއެސްސީއަށް އޮތީ ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން މިއަދު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ތިން ފަނޑިޔާރުން މިއަދު އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރުމުން އެ އޯޑިއޯތަކަކީ ފޭކު އޯޑިއޯތަކެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

"މީޑިޔާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަތަކެއް ދައްކާފައިނުވާނެ ކަމަށް އިސްވެ ދެންނެވުނު ފަނޑިޔާރުން ވަނީ ވިދާޅުވެފަ،" ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

އިއްޔެ އެންމެ ފުރަތަމަ ލީކުކޮށްލާފައި ވަނީ ފާއިޒު ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯއެކެވެ. އަދި އޭގެ ފަހުން އަލީ އާދަމް އަދި ސަމީރުގެ އޯޑިއޯއެއް އުޅޭ ކަމަށް ވެސް ބައެއް މީޑިޔާތަކުން ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އެކައުންޓަށް ވަދެފައިވާ މައްސަލައެއްގައި ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 8، 2019 ގަ އެވެ.

އޯޑިއޯތައް އިއްޔެ ލީކުކޮށްލިއިރު، ސާބިތުވި ކުށުގެ އަދަބެއްގެ ގޮތުން ދައުލަތަށް ދައްކަން ޔާމީންގެ މައްޗަށް އަމުރު ކުރި ފަސް މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ކޯޓަށް ގޮސްފަ އެވެ. އަދި މި ދަނޑިވަޅަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ދެބަސްވެ، ދެ ބޭފުޅުންގެ ގުޅުން ހީނަރުވެފައިވާ ދުވަސްވަރެކެވެ.

އިއްޔެ ފުރަތަމަ ލީކުކޮށްލި 16 މިނެޓާއި 16 ސިކުންތުގެ އޯޑިއޯއިން އިވެނީ ޔާމީންގެ މައްޗަށް ކުރި ހުކުމާމެދު ވާހަކަ ދައްކާ އަޑެވެ. މަދުވެގެން ހަތަރު މީހެއްގެ އަޑު އޯޑިއޯގައި އިވޭއިރު ބެކްގްރައުންޑުގައި ވެސް ބަޔަކު މީހުން ވާހަކަ ދައްކާ އަޑު އިވެ އެވެ. އަދި ޔަގީންވާ ގޮތުގައި ފަނޑިޔާރު ފާއިޒާ ސުވާލު ކުރާ މީހާގެ އަޑު ހުރީ ބަދަލުކޮށްފަ އެވެ. އެހެންކަމުން އެއީ އެޑިޓުނުކޮށް އޮތް ޕިޔޯ އޯޑިއޯއެއް ނޫންކަން ކަށަވަރެވެ.

އެ އޯޑިއޯއިން އެނގޭ ގޮތުގައި ސުވާލި ކުރި މީހާގެ ވާހަކަތައް ސީރިއަސްކޮށް ހުރި ނަމަވެސް ފާއިޒު ކަމަށް ބުނާ މީހާގެ ޖަވާބުތައް ހުރީ ސަކަ ގޮތަކަށެވެ. އަދި ސުވާލު ކުރި މީހާ އޭނާގެ ހުރިހާ ސުވާލުތަކެއް އަމާޒުކޮށްފައި ހުރީ ޔާމީންގެ މައްސަލައާ ގުޅިގެން ރިޝްވަތު ދޭން އުޅުން ނުވަތަ ބިރުދެއްކުމުގެ އަމަލެއް ފަނޑިޔާރަށް އަމާޒުވިތޯ ބެލުމަށެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް ފައިސާއެއް ނަގާފައި ނޯންނާނެ ކަމަށް ފާއިޒު ކަމަށް ބުނާ މީހާ އޯޑިއޯގައި ބުނެ އެވެ. އަދި އެ މައްސަލައިގައި ހުކުމް ކުރިއިރު އޭނާއަށް އެއްވެސް ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމެއް ވެސް ނުބުނެ އެވެ.

އިއްޔެ އެ އޯޑިއޯ ލީކުވުމާއެކު އެ ޔާމީންގެ މައްޗަށް ހުކުމްކޮށްފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށް އިދިކޮޅު ޕްރޮރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ދަނީ ބުނަމުންނެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ވެސް އިދިކޮޅު މެމްބަރުން ވަރަށް ގަދަޔަށް އެ ވާހަކަ ދެއްކެވި އެވެ. އަދި ޕާޓީގެ އިސް ވަފުދެއް ރައްޔިތުންގެ މަޖިލީހުން ނިކުމެވަޑައިގެން ރައީސް ސޯލިހާ ބައްދަލު ކުރެއްވުމަށް ރައީސް އޮފީހަށް ވެސް ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox