ޖިނާއީ މައްސަލަތަކުގައި މީހުންނަށް ޖާސޫސް ކުރުމާއި ފާރަލުމާ ބެހޭ ގަވާއިދެއް ހަދައިފި

ފުލުހުންގެ ބަޔަކުވެގެން މީހަކު ހައްޔަރުކޮށްގެން ގެންދަނީ: ގެޒެޓު ކުރުމުން ފުލުހުން ފާރަލައިގެން ހޯދާ ހެކިތަކަށް ހޯދުމުގެ އުސޫލުތަކެއް ކަނޑައެޅުނީ -- ފޮޓޯ: އަދަދު ފައިލް

ފުލުހުންގެ ބަޔަކުވެގެން މީހަކު ހައްޔަރުކޮށްގެން ގެންދަނީ: ގެޒެޓު ކުރުމުން ފުލުހުން ފާރަލައިގެން ހޯދާ ހެކިތަކަށް ހޯދުމުގެ އުސޫލުތަކެއް ކަނޑައެޅުނީ -- ފޮޓޯ: އަދަދު ފައިލް

ޖިނާއީ މައްސަލަތަކުގައި މީހުންނަށް ފާރަލުމާއި ވަގު ވަގަށް ހެކި ހޯދުމާ ބެހޭ ގަވާއިދެއް ހަދައި ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކޮށްފި އެވެ.

"ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދު" ގެޒެޓު ކުރުމުން ފާރަލައިގެންނާއި އެ ނޫން ބައެއް ގޮތް ގޮތުން ފުލުހުން ހެކި ހޯދުމަށް އުސޫލުތަކެއް ކަނޑައެޅުނީ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުން ބާރުލިބިގެން ހަދާފައިވާ އެ ގަވާއިދުގައި ހާއްސަ އުކުޅުތަކުގެ ތެރޭގައި ހަ ކަމެއް ހިމަނާފައިވެ އެވެ. އެއީ ޑައިރެކްޓް ސަވައިލެންސް އާއި ކޯވާޓް ހިއުމަން އިންޓެލިޖެންސް އާއި އިންޓްރޫސިވް ސަވައިލެންސް އާއި އިންޓަސެޕްޝަން އާއި ސްޓިންގް އޮޕަރޭޝަން އަދި ޕާސޯނާ އުކުޅުތަކެވެ.

Advertisement

ޑައިރެކްޓް ސަވައިލެންސަކީ މީހެއްގެ ހަރަކާތްތަކަށް ފާރަލުމެވެ. ކޯވާޓް ހިއުމަން އިންޓެލިޖެންސަކީ ޖާސޫސުން މެދުވެރިކޮށް މީހަކާ މެދު ގުޅުމެއް އުފައްދައިގެން މައުލޫމާތު ހޯދަން އުޅުމެވެ. އިންޓްރޫސިވް ސަވައިލެންސަކީ ގޭ ތެރެ ނުވަތަ އޮފީސް ފަދަ ތަނެއް ބަގުކޮށް އަޑާއި މަންޒަރު ރެކޯޑު ކުރެވޭ ގޮތް ހެދުމެވެ. އިންޓާސެޕްޝަނަކީ ފޯނު ނުވަތަ އީމެއިލް ފަދަ ތަކެތި ބެލުމާއި އަޑުއެހުމެވެ. ސްޓިންގް އޮޕަރޭޝަންތަކަކީ ހެއްކާއެކު މީހަކު އަތުލުމަށް ވަކި ސެޓިންއެއް ހެދުމެވެ. ޕާސޯނާއަކީ ވާޗުއަލް ނުވަތަ ފޭކު މީހެއްގެ ނަމުގައި މުއާމަލާތްކޮށްގެން ހެކި ހޯދުމެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުން ކުރެވޭނީ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގަ އާއި ބޮޑެތި ކުށްތައް ތަހުގީގު ކުރުމުގަ އެވެ. އަދި ބޭނުންކުރަންޖެހިއްޖެ ނަމަ ހުއްދަ ލިބިގެން އެހެން ހާލަތްތަކުގައި ވެސް އެފަދަ އުކުޅުތައް ބޭނުން ކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ގަވާއިދުގައި ބުނެފައިވާ ހުރިހާ އުކުޅުތަކަކީ ވެސް ފުލުހުން މިހާރު ބޭނުން ކުރަމުންދާ އުކުޅުތަކެވެ. އަދި އެފަދަ އުކުޅުތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް ހިންގުމުގެ ކުރިން ހުއްޓުވާފައި ވެސް އެބަހުއްޓެވެ.

އޭގެ އިތުރުން، ފުލުހުންނާ ގުޅޭ ހަތިޔާރު ގެންގުޅުމުގެ ގަވާއިދަކާއި ފުލުހުންގެ ބާރު ބޭނުން ކުރުމުގެ ގަވާއިދަކާއި ޕޮލިސް ރިކޯޑް ދޫކުރުން ފަދަ ގަވާއިދުތަކެއް ހޯމް މިނިސްޓްރީން ވަނީ ގެޒެޓުކޮށްފަ އެވެ. އެ ހުރިހާ ގަވާއިދުތަކެއް ވެސް ގެޒެޓުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، ގައި ދިން ހަމަލާއަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox