މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގެންފި

މާފުށި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި: ގޮޅިތަކުން އަތުލި ތަކެތީގެ ތެރޭގައި 50 ސްމާޓް ފޯނު ހިމެނޭ-- ފޮޓޯ: ފުލުހުން

މާފުށި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި: ގޮޅިތަކުން އަތުލި ތަކެތީގެ ތެރޭގައި 50 ސްމާޓް ފޯނު ހިމެނޭ-- ފޮޓޯ: ފުލުހުން

ކ. މާފުށީ ޖަލުގައި މިއަދު ހެނދުނު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޖަލަަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގެންފި އެވެ.

އެ އޮޕަރޭޝަން ހިންގާފައި ވަނީ ރޭގެ ވަގުތެއްގައި ލޯންޗެއްގައި އައިސް މާފުށީ ޖަލަށް ގިނައަދަދެއްގެ މަނާތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެންނެވެ. މާފުށީ ޖަލުގައި އެ އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސް ގުޅިގެންނެވެ.

އެ އޮޕަރޭޝަން ނިންމާލުމަށްފަހު ސީޕީ ވިދާޅުވީ އެމައްސަލާގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބަލާފާސްކުރި ގޮޅިތަކުން ހޯދި ތަކެތީގެ ތެރޭގައި 50 ސްމާޓް ފޯނާއި 42 ފީޗާ ފޯނާއި 109 ފޯނު ޗާޖަރާއި 77 ޔޫއެސްބީ ހިމެނެ އެވެ. އަދި 65 ހެޑްސެޓާއި 49 ދިރާގު ސިމާއި 12 އުރީދޫ ސިމްކާޑާއި 2 ޕެކެޓް ކަޓާ ބްލޭޑާއި 10 މިސްވާކް (އިރާކް ސްޓިކް) ހިމެނެ އެވެ.

ދޭތެރެ ދޭތެއިން ފުލުހުންނާއި ކަރެކްޝަނުން ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި ޖަލުތަކަށް އެތެރެކުރަން މަސައްކަތް ކުރާ އެއްޗެހި އަންނަނީ އަތުލަމުންނެވެ. އަދި ޖަލު ގޮޅިތައްބަލާ ފާސްކޮށްވެސް ބައެއް ސާމާނު އަތުލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox