ޔާމީންގެ ގެކޮޅު ކައިރީ ގޮތް ނޭނގޭ ބަޔަކު ފާރަލާތީ، މައްސަލަ ފުލުހަށް

Aug 29, 2021, 1:35 PM
ރައީސް ޔާމީން ދޫވެހީގައި: ބަޔަކު ސިއްރުން ފާރަލަމުންދާ ކަމަށް ބުނެ، އެ މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފައި

ރައީސް ޔާމީން ދޫވެހީގައި: ބަޔަކު ސިއްރުން ފާރަލަމުންދާ ކަމަށް ބުނެ، އެ މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ބަޔަކު ސިއްރުން ފާރަލަމުންދާ ކަމަށް ބުނެ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ގޭބަންދުގައި ހުންނެވި ޔާމީންގެ ދިރިއުޅުއްވާ ހ. ދޫވެހީ ކައިރީގައި ވަރަށް ސިއްރިއްޔާތުގައި ފޮޓޯ އާއި ވީޑިއޯތަކެއް ނަގަން ބަޔަކު އުޅުނު މައްސަލައެއް މީގެ ދުވަސްކޮޅެއް ކުރިން ފެންމަތިވި އެވެ.

ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ތަކުރާރުކޮށް ބަޔަކު ޔާމީންގެ ގެކޮޅު ކައިރިން ވަރަށް ޝައްކު ކުރެވޭ ފަދަ ގޮތަކަށް އުޅެމުންދާ ކަމަށެވެ.

އެމަނިކުފާނުގެ ފުރާނައަށް ގެއްލުމެއްވެދާނެ ކަމަށް އާއިލާއިން ވަރަށް ކަންބޮޑުވެފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

އެހެންވެ، އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ފުލުހުންނަށް މިއަދު ހުށަހެޅުއްވީ ކަމަށް ޖަމީލު ވިދާޅުވި އެވެ. ޖަމީލު ވިދާޅުވި ގޮތުގައި ފުލުހުންގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބުން ކަމާއި މައްސަލަ ފުލުހުން ބަލާނެ ކަމަށް އުއްމީދު ކުރައްވަ އެވެ.

ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް ޝަމީމް ވިދާޅުވީ ރައީސް ޔާމީނަށް ބަޔަކު ފާރަލަމުންދާތީ، އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނައީ ކުށްކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ފުލުހުންގެ ޒިންމާއަކަށްވާތީ އެވެ.

އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްވެސް ޓެރަރިސްޓް ހަމަލާއެއްދީ، މިއީ ޓެރަރިޒަމްގެ ނުރައްކާ އޮތް ދަނޑިވަޅަކަށްވާތީ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޔާމީން މިހާރު ގޭ ބަންދުގައި ހުންނެވިއިރު އެ ގޮތަށް ބަދަލު ކުރީ ޖަލުގައި ކޮވިޑް ފެތުރޭތީ ކަމަށް ކެރެކްޝަނުން ބުނެފައިވެ އެވެ. ނަމަވެސް، މިހާރު ޖަލުގައި ކޮވިޑް ފެތުރުން ހުއްޓުވައި އާންމު ހާލަތަށް ވަނީ ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox