ފުށް ފެކްޓްރީ އަޅަން ތިލަފުއްޓާއި ގުޅިފަޅުގެ ސައިޓުތައް ބަލަނީ

އެސްޓީއޯ މުވައްޒަފުންތަކެއް ކާޑު އުފުލަނީ: މިހާރު އެސްޓީއޯއިން ގޮދަން ފުށް ވިއްކަނީ ބަލްކުކޮށް ބޭރުގެ ސަޕްލަޔަރުން އަތުން ގަނެގެން. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

އެސްޓީއޯ މުވައްޒަފުންތަކެއް ކާޑު އުފުލަނީ: މިހާރު އެސްޓީއޯއިން ގޮދަން ފުށް ވިއްކަނީ ބަލްކުކޮށް ބޭރުގެ ސަޕްލަޔަރުން އަތުން ގަނެގެން. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ރާއްޖޭގައި ގޮދަން ފުށް ޕްރޮސެސްކުރަން ފެށުމުގެ ގޮތުން އެސްޓީއޯއިން އަޅަން ގަސްތުކުރާ ފުށް ފެކްޓްރީގެ މަޝްރޫއު ފެށުމުގެ ގޮތުން ކުރަން ޖެހޭ ދިރާސާތައް ފަށައިފި އެވެ.

މި ފުށް ފެކްޓްރީއަކީ ރާއްޖެއަށް ދިމާވެފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެސްޓީއޯއިން މި އަހަރު އިއުލާނުކުރި މަޝްރޫއެކެވެ. އަދި އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ފެކްޓްރީ އޮޕަރޭޝަނަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތަށް އެސްޓީއޯއިން އަންނަނީ ކުރަމުންނެވެ.

ފުށް ފެކްޓްރީ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށުމާ ގުޅިގެން އެސްޓީއޯއިން ބުނީ ފެކްޓްރީއާ ގުޅޭ ދިރާސާތައް ކުރަން ބޭރުގެ ކޮންސަލްޓަންޓުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ކާމިޔާބުކަން ކަށަވަރުކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން އެ ކޮންސަލްޓަންޓުންނާ ގުޅިގެން އެސްޓީއޯއިން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

މިހާތަނަށް މި ފެކްޓްރީ އަޅާނެ ސީދާ ތަނެއް ނިންމާފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯއިން ވިސްނަނީ ގުޅިފަޅު ނުވަތަ ތިލަފުށީގައި މި ފުށް ފެކްޓްރީ އަޅާށެވެ.

އެއީ އާންމުންގެ ރައްކާތެރި ކަމަށާއި މުސްތަގުބަލުގައި ކޮމާޝަލް ޕޯޓާ ކައިރިން އެ މަސައްކަތް ކުރެވޭނެ މަގުފަހި ކުރުމަށެވެ. އެކަމަކު ފެކްޓްރީ ހުންނާނެ ތަން ނިންމާނީ ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކާ މަޝްވަރާކުރުމަށް ފަހުގަ އެވެ.

ގޮދަން ފުށް ބަންދުކުރާ ފެކްޓްރީއެއް ގާއިމުކުރުމުގެ ވިސްނުން އެސްޓީއޯ އިން އިއުލާންކުރީ 2020 ވަނަ އަހަރުގެ އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގަ އެވެ. މުޅި ޕްރޮޖެކްޓްގެ މައިގަނޑު އަމާޒަކީ ފުށަށް ރާއްޖެއިން ކުރާ ހޭދަ ކުޑަކުރުމާއި ދެމެހެއްޓެނިވި ސަޕްލައިއަކާ ދިމާއަށް އަމާޒުހިފުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި އެވެ. އަދި، މިއީ ރާއްޖެއަށް ދިމާވެފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައްސަލައަށް ހައްލެއް ލިބި، ރައްޔިތުންނަށް ހެޔޮއަގުގައި ކޮލިޓީ ރަނގަޅު ޕްރޮޑަކްޓެއް ފޯރުކޮށްދެވޭނެ ކަމެއްގެ ގޮތުގައި އަމްރު ސިފަކުރެއްވި އެވެ.

އަދި ވިދާޅުވީ މިއީ ފުށުގެ ކޮލިޓީ ރަނގަޅު ކުރުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައްސަލައަށް ހައްލެއް ކަމަށެވެ. އަދި ފެކްޓްރީގައި ފުށް ޕްރޮސެސް ކުރެވެން ފެށުމުން ބާޒާރަށް ފޯރުކޮށްދޭ އަގުތައް ވެސް ހެޔޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޮދަން ފުށުގެ އިތުރުން މި ފެކްޓްރީގައި ތަފާތު އެކި ބޭނުންތަކަށް ހާއްސަ ފުށް ޕްރޮސެސް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އާންމުކޮށް ބޭނުންކުރާ މަލްޓި ޕާޕަސް ފްލާގެ އިތުރުން ކޭކު އަޅާ ފުށާއި ޕާން އަޅާ ފުށް އުފެއްދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox