އަތޮޅު ފިހާރަތައް ކައުންސިލުތަކަށް ދޫކޮށްލަން ގޮވާލައިފި

ބާޒާރުމަތީގައި ހިންގާ އަތޮޅު ފިހާރަތަކުގެ ކައިރީގައި ބަހައްޓާފައި ހުރި މުދާތަކެއް. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ބާޒާރުމަތީގައި ހިންގާ އަތޮޅު ފިހާރަތަކުގެ ކައިރީގައި ބަހައްޓާފައި ހުރި މުދާތަކެއް. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާލޭގައި ހުންނަ އަތޮޅު ފިހާރަތައް އެ އަތޮޅެއްގެ ކައުންސިލާ ހަވާލުކުރަން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ގޮވާލައްވައިފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާ ތައާރަޒުވާ ގާނޫނުތައް އިސްލާހުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ބިމާބެހޭ ގާނޫނަށް ހުށަހަޅައިފާ އިސްލާހުކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އެ އަތޮޅު ފިހާރަތަކީ، އަތޮޅުތަކުގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ގާއިމުކޮށްފައިވާ އިންވެސްޓްމަންޓުތަކެއް ކަމަށެވެ.

ނަމަވެސް، އެ ފިހާރަތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވި 2016 ވަނަ އަހަރާ ހަމައަށް އަތޮޅު ކައުންސިލުތަކަށް ލިބެމުންދަނީ އެ ތަންތަނުން ލިބޭ އާމްދަނީގެ ދެ ބައި ކުޅަ އެއްބައިކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި، ކައުންސިލުތައް ބާރުވެރިކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، އެ ފިހާރަތައް ކައުންސިލުތަކަށް ދޫކޮށްލުމަކީ އެކަމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

"އެތަންތަން ކައުންސިލުތަކުގެ ދަށުން ހިންގައި، އިންވެސްޓްކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ވިސްނައިވަޑައިގަތުމަށް އަޅުގަނޑު އެދެން،" ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާ

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

އެގޮތުން، އެ ފިހާރަތަކަށް އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭކަން ފާހަގަކުރައްވަމުން، ސަލީމް ވިދާޅުވީ އެތަންތަން އެކީގައި ކައުންސިލުތަކަށް ދޫކޮށްލައިފި ނަމަ، ކައުންސިލުތަކަށް ފައިސާ ނުލިބުމުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އަތޮޅު ރައްޔިތުން އިސްވެ، ބާޒާރު މަތީގައި އަތޮޅު ފިހާރަތައް ގާއިމުކުރީ 1960 ވަނަ އަހަރުގެ ތެރޭގައި ކަން ތާރީހީ ބައެއް ލިޔުންތަކުން ފެނެ އެވެ.

ނަމަވެސް، އޭގެ ފަހުން އެ ފިހާރަތަކުގެ މިލްކުވެރިކަން ސަރުކާރުގެ ދަށަށް ގެނެސްފައިވާއިރު، އެތަންތަނުން ލިބޭ އާމްދަނީގެ ހިއްސާއެއް ކައުންސިލުތަކަށް ގަވައިދުން ދީފައެއް ނުވެ އެވެ.

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާ އެކު އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީގެ 50 ޕަސަންޓް ކައުންސިލުތަކަށް ޖަމާކޮށްދޭން މިހާރު ވަނީ އަލުން ފަށައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް ކައުންސިލުތަކަށް މާލީ ގޮތުން ބޮޑެތި ބާރު ތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓު ކައުންސިލުތަކުން ދޫކޮށްލުން ހިމެނެ އެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.

އަދި ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ހިންގޭ ގޮތް މިހާރު ވަނީ ހަދައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox