ވާދަކުރަން ޖެހުނު ޓީމުތަކަށް ވުރެ މި ވަގުތު މާޒިޔާގެ ލެވަލް ދަށް: ވިޑަކޮވިޗް

މާޒިޔާގެ މެޗެއްގެ ތެރެއިން ކޯޗު ރިސްޓޯ ވިޑަކޮވިޗް.-- ފޮޓޯ: އަދަދު

މާޒިޔާގެ މެޗެއްގެ ތެރެއިން ކޯޗު ރިސްޓޯ ވިޑަކޮވިޗް.-- ފޮޓޯ: އަދަދު

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ޑީގެ މެޗުތައް ނިމުނުއިރު، މާޒިޔާ އަށް ޕޮއިންޓެއް ނުލިބި އެންމެ ފުލަށްދިޔަ އެންމެ ބޮޑު ސަބަބަކީ ވާދަކުރަން ޖެހުނު ޓީމުތަކަށް ވުރެ މި ވަގުތުގެ ހާލަތަށް ބަލާއިރު މާޒިޔާގެ ލެވަލް ދަށްވުން ކަމަށް އެ ޓީމުގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު ފުރަތަމަަ މެޗުގައި މިދިޔަ ބުދަ ދުވަހުގެރޭ ވަނީ 2-0 އިން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުން އާދިއްތަ ދުވަހުގެރޭ ވަނީ 3-1 އިން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން ބަލިވެފަ އެވެ. ތިން ވަނަ މެޗުން ރޭ އިންޑިއާގެ ބެންގަލޫރު އަތުން މާޒިޔާ ބަލިވީ 6-2 އިންނެވެ.

މިއީ މާޒިޔާ އިން އޭއެފްސީ ކަޕްގައި ވާދަކުރި ހަތް ފަހަރުގެ ތެރެއިން ޕޮއިންޓެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ މި ވަގުތު މާޒިޔާ އޮތް ލެވަލަށް ބަލާއިރު ކުރު މުއްދަތެއްގެ ތެރޭގައި ޖެހިޖެހިގެން ފެންވަރު ރަނގަޅު ތިން މެޗު ކުޅެވޭނެ ހިތްވަރެއް މާޒިޔާގެ ކިބަޔަކު ނެތް ކަމަށެވެ. އެންމެ ބޮޑު ސަބަބަކީ ތިން މަހެއްހާ ދުވަހު ވާދަވެރި މެޗެއް ނުކުޅެ ހުރެފައި ފިޒިކަލީ މި ވަރުގެ ޗެލެންޖިންކަމަކާ ކުރިމަތިލާން ޖެހުން ކަން ވިޑަކޮވިޗް ފާހަގަކުރި އެވެ.

"އަހަރެމެން އެބަޖެހޭ މި ވަގުތު އެ ހަގީގަތް ގަބޫލުކުރަން. މި ވަގުުތު އެ މީހުން އެ ކުޅޭ ލެވަލަށް ކުޅުމަކީ ވާނެ ކަމެއް ނޫން. ޖެހިޖެހިގެން ތިން މެޗު އެންމެ ހައި ލެވަލްގައި ކުޅުމަކީ ވާނެ ކަމެއް ނޫން. މެޗަށް ނުކުމެ ފެނުނު މަންޒަރު ވެސް ތަފާތު. އެ މީހުން (ބެންގަލޫރު) އަަހަރެމެންނަށް ވުރެ އަވަަސް އަދި ވަރުގަދަކޮށް ތިބީ. ފިޒިކަލީ ވެސް ރަނގަޅު. އަހަރެމެން އެބަޖެހޭ އެ ލެވަލަށް ދާން ވަރަށް މަސައްކަތް ކުރަން،" ކުރިން ފިލިޕީންސްގެ ސެރެސް އޭއެފްސީ ކަޕްގައި ކޯޗުކޮށްދިން ވިޑަކޮވިޗް ބުންޏެވެ.

ގްރޫޕްގައި މާޒިޔާއާ އެކު އޮތް އިންޑިއަން ސުޕަ ލީގުގެ ދެ ކްލަބް ކަމަށްވާ ބެންގަލޫރާއި އޭޓީކޭ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އިން ހަރަދުކުރާ މިންވަރަށް ބަލާއިރު ވެސް މާޒިޔާ އަށް ވުރެ އެތައް ގުނައެއް އިތުރުކަން ވިޑަކޮވިޗް ފާހަގަކުރި އެވެ.

"މި ގްރޫޕްގައި އޮތް ތިން ޓީމުގެ ބަޖެޓް ވެސް ވަރަށް މަތި. އަހަރެމެންނަށް ވުރެ އެތައް ގުނައެއް އިތުރު. އެއީ އެ ވާދަކުރަން މި ޖެހޭ ލެވަލަކީ. އެހެން ވީމަ އަހަރެމެން ވެސް އެބަޖެހޭ އެ ލެވަލާ ގާތަށް ދާން. އެ މީހުން އެ އަންނަނީ ވަރުގަދަ ލީގުތައް ކުޅެފައި. ބޮޑު ބަޖެޓަކާ އެކު. އަހަރެމެންނަކީ މި ގްރޫޕްގައި އޮތް އެންމެ ބަޖެޓް ކުޑަ ޓީމު. މިއީ ހަމައެކަނި ބަޖެޓްގެ ވާހަކަ އެއް ނޫން. އަހަރެމެންގެ ތައްޔާރީތަކުގެ ވާހަކަ. މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން. ނުކުޅެ ތިބެފައި މި ލެވަލްގެ ތިން މެޗު އެހާ ކައިރީގައި ނުކުޅެވޭނެ،" ވިޑަކޮވިޗް ބުންޏެވެ.

މި ފަަހަރުގެ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެން މާޒިޔާ އިން ވަނީ ބޮޑު ހަރަދެއް ކޮށްފަ އެވެ. ކުރިން ސާބިއާ ގައުމީ ޓީމަށް ކޯޗުކޮށްދިން ވިޑަކޮވިޗް ބުނީ މާޒިޔާ އިން ހަރަދުކުރީ ކިހާ ފައިސާއެއް ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ. އަދި އޭއެފްސީ ކަޕްގެ ކުރިން ސައުދީ އަރަބިއްޔާ އަށް މާޒިޔާ އިން ދިޔައިރު، ޕްރީ ސީޒަން ކޭމްޕެއް ބޭރުގެ ގައުމަކަށް ދިއުމަކީ އެހާ ބޮޑު ކަމެއް ނޫން ކަމަށާއި ފުޓްބޯޅަ ދުނިޔޭގައި ހިނގާ ކަމެއް ކަމަށް ވިޑަކޮވިޗް ވަނީ ބުނެފަ އެވެ.

"ޕްރީ ސީޒަނަށް ދިއުމަކީ އާދަޔާހިލާފު ކަމެއް ނޫން. ނޯމަލް ކަމެއް. އަހަންނަށް ނޭނގެ އެ މީހުން ހަރަދުކުރީ ކިހާ ފައިސާއެއް ކަމެއް. ކޮންމެ ޓީމެއް ވެސް ފައިސާ ހަރަދުކުރޭ،" ވިޑަކޮވިޗް ބުންޏެވެ.

"ހަގީގަތަކީ އަހަރެމެން ވަށައިގެން މި އޮތް ސަރަހައްދުގެ އެހެން ޓީމުތަކުން އެ ކުރާ ހަރަދުތައް އެތައް ގުނައެއް އިތުރު. އަނެއްކާ ކޮންމެ ހަފްތާއަކު އެ މީހުން މެޗު އެ ކުޅޭ ޓީމުތައް (އެ ގައުމުގެ ލީގުތައް) ވެސް ވަރަށް ވަރުގަދަ. އަހަރެމެން އެ ލެވަލްގެ މެޗުތައް މި ކުޅެނީ. ހަަމައެކަނި އޭއެފްސީ ކަޕްގައި. އަނެއް ކޮޅުން މި ލެވަލްގެ އެއް މެޗު ދެ މެޗެއް ނޫން މި ކުޅުނީ. ކުރު މުއްދަތެއްގައި ޖެހިޖެހިގެން ތިން މެޗު،"

އާންމު އުސޫލުން ދެ މެޗު ދެމެދުގައި މީގެ ކުރިން އޭއެފްސީ ކަޕްގައި ދުވަސް ލިބޭ ވަރަށް ލިބޭނަމަ އެ ފަދަ ގޮތަކަށް ގެންދާ މުބާރާތެއްގައި މާޒިޔާ އަށް އަދިވެސް ރަނގަޅަށް ވާދަކުރެވޭނެ ކަމަށް ވިޑަކޮވިޗް ގަބޫލުކުރެ އެވެ. އެކަމަކު، އަރާމްކުރުމެއް ނެތި ގާތްގާތުގައި މަތީ ލެވަލްގެ ޓީމުތަކާ ކުޅުމަކީ އަދި ނުވާނެ ކަމެއް ކަމަށް ވިޑަކޮވިޗް ވަނި ބުނެފަ އެވެ.

ވިޑަކޮވިޗް ހަވާލުވި ފަހުން މާޒިޔާ ކުޅުނު ފުރަތަމަ 10 މެޗުގެ ތެރެއިން އަށް މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މިއީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޭނާގެ ރެކޯޑެވެ. އޭއެފްސީ ކަޕްގައި އެ ޓީމު ވަނީ ތިން މެޗުން ވެސް ބަލިވެފަ އެވެ.

މާޒިޔާގައި އޭނާ އަށް ކުރިއަށް ދެވިދާނެތޯ އެހުމުން ވިޑަކޮވިޗް ބުނީ އެއީ އޭނާ އަށް އޮތް ސުވާލެއް ނޫން ކަމަށާއި އެ ވާހަކަ އޮޅުން ފިލުވަން ޖެހޭނީ ކްލަބްގެ މެނޭޖްމަންޓް ކައިރިން ކަމަށެެވެ.

"ކޮންޓްރެކްޓެއް ދޭތޯ އެ ވާހަކަ އަކީ ކްލަބް މެނޭޖްމަންޓުން ނިންމާނެ ކަމެއް،" ވިޑަކޮވިޗް ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި 31 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި މާޒިޔާގެ 11 ކުޅުންތެރިން ހިމެނެ އެވެ. މާޒިޔާގެ މި ދަށް ނަތީޖާގެ އަސަރު ގައުމީ ޓީމަށް ކޮށްފާނެތޯ ސުވާލުކުރުމުން ވިޑަކޮވިޗް ވަނީ އެކަން އެގޮތަށް ނުވާނެ ކަމަށާއި ރިކަވާވެގެން އޮކްޓޫބަރު މަހު އޮތް ސާފް ޗެމްޕިއަންޝިޕް ފެށެންވާއިރަށް ކުޅުންތެރިންނަށް ރަނގަޅަށް ތައްޔާރުވެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox