ބާސްކެޓް ގައުމީ ޓީމުގެ ކޯޗަކަށް އިއްލެ

Aug 22, 2021, 4:06 PM
ބާސްކެޓްބޯޅަ މެޗެއްގެ ތެރެއިން އިއްލެ.-- ފޮޓޯ: މިހާރު

ބާސްކެޓްބޯޅަ މެޗެއްގެ ތެރެއިން އިއްލެ.-- ފޮޓޯ: މިހާރު

ކުރިއަށް އޮތް ސާބާ މެންސް ޗެމްޕިއަންޝިޕް ބާސްކެޓް ބޯޅަ މުބާރާތުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ކުރިން ގައުމީ ޓީމަށް ކުޅުނު އަދި ބާސްކެޓްގައި ވިދަމުން އަންނަ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ހަމަޖައްސައިފި އެވެ.

ކުރިން ޓީރެކްސް ބާސްކެޓްބޯލް ކްލަބްގެ ކޯޗަކަށް ހުރި އިއްލެ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސިއިރު، ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) އިން ކޯޗިން ޓީމުގައި އެއްކޮށް އެކުލަވާލީ ދިވެހިންނާ އެކު އެވެ.

އިއްލެގެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސި ބައެއް ކޯޗުންނަކީ އޭނާއާ އެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި މުހައްމަދު ޒިލާލް (ޒިލާ) އާއި އަލީ ފަޒްލީ ހިމެނެ އެވެ. ދެން ހުރި އެސިސްޓަންޓް ކޯޗަކީ މުހައްމަދު ނަސީރު އެވެ.

Advertisement

ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ ބަންގްލަދޭޝްގައި އޮކްޓޫބަރު 21 ވަނަ ދުވަހު ފަށާ ސާބާ ޗެމްޕިއަންޝިޕް އަށެވެ. މިއީ ކޮވިޑް-19ގެ މެދުކަނޑާލުމަށް ފަހު ގައުމީ ބާސްކެޓް ޓީމުން ވާދަކުރާ ފުރަތަމަ މުބާރާތެެވެ.

އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަމަޖެއްސި ޒިލާ (ކ) އާއި ފަޒްލީ.

އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުން ވިދާލި އިއްލެ ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. އޭނާ ބާސްކެޓަށް އެއްކޮށް ހުސްވީ 2007 ވަނަ އަހަރު އެވެ. ސްޓެލްކޯ ކްލަބުން ބާސްކެޓްބޯޅަ ފަށައި ފަހުން ވިކްޓްރީ އަށް ވެސް ކުޅުނު އިއްލެ އަކީ 2009 ވަނަ އަހަރު ޓީރެކްސް ވުޖޫދަށް ގެނައިއިރު، އޭގެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ. ޓީރެކްސް އަށް ކުޅެ ފަހުން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ ގިނަ ކާމިޔާބީތަކެއް ހޯދި އިއްލެ އަކީ ގައުމީ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ފެންވަރުގެ ކޯޗެކެވެ.

އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސި ޒިލާ އަންނަނީ ބާސްކެޓްބޯޅައިގެ ޑިވެލޮޕްމަންޓްގެ މަސައްކަތްތަކެއް ކުރަމުންނެވެ. ޒިލާ ވަނީ ދާދި ފަހުން ކިންގްސްގެ ކޯޗަކަށް ހަމަޖައްސައިފަ އެވެ.

ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 2016 ވަނަ އަހަރު ހާސިލްކޮށްފައިވާ ޒިލާލް ބާސްކެޓްބޯޅަ ކުޅެން ފެށީ މަޖީދިއްޔާ ސްކޫލުގައި އުޅުނުއިރު އެވެ. އިންޓަ ސްކޫލް ބާސްކެޓް މުބާރާތުން ވިދާލި ޒިލާ ކެރިއަރު ފެށީ 2002 ވަނަ އަހަރު ޔުނިޓުއާސް އިންނެވެ. ފަހުން ވިކްޓްރީ އަށް ބަދަލުވެ ހަތް އަހަރު އެ ޓީމަށް ގިނަ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. އޭގެ ފަހުން ޓީރެކްސް އަށް ބަދަލުވެ، އެ ޓީމާ އެކު ވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކުރި އެވެ. އަދި މިހާރު ކުޅެމުން އަންނަ ކިންގްސްއާ ގުޅުމުގެ ކުރިން ރެޑްލައިން ކްލަބަށް ވެސް ކުޅެ ތަށި ހޯދައިދިނެވެ.

ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު ހޯދި ޒިލާ ވަނީ 2011 ވަނަ އަހަރުގެ ސައުތު އޭޝިއަން ބީޗް ގޭމްސް އިން ރާއްޖޭން ލޯ މެޑަލް ހާސިލްކުރިއިރު އަދި 2016 ވަނަ އަހަރުގެ ސާބާ ޒޯންގެ ފީބާ އޭޝިއާ ޗެލެންޖްގެ ކޮލިފިކޭޝަންގައި ރިހި މެޑެލް ހޯދި ޓީމުގައި ހިމެނިފަ އެވެ. އަދި ބައިނަލްއަގުވާމީ އިންޑިވިޖުއަލް ކާމިޔާބީ އަށް ބަލާއިރު ޒިލާ ވަނީ 2013 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާބާ ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

ޒިލާ އެކޭ އެއްގޮތަށް ފަޒްލީ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު އެވެ. ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ފަޒްލީ ދާދި ފަހުން ވަނީ އޭނާ ކްލަބް ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޓީރެކްސްގެ ކޯޗަކަށް ހަމަޖައްސައިފަ އެވެ. ގައުމީ ޓީމުން ބާސްކެޓްގައި ހޯދި ހުރިހާ ކާމިޔާބެއްގައި ކަހަލަ ގޮތަކަށް ފަޒްލީގެ ރޯލު ބޮޑެވެ.

ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމުން އެންމެ ފަހުން ކުޅުނީ އެމެރިކާގެ ކޯޗު ކޯރީ އަލެކްސަންޑަ ބެލްސަގެ އިރުޝާދުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox