ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ވެލިގާ ހާޑްވެއާ އާއި ބްލަންކް އިން ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.
ފްލެޓްގެ ފިނިޝިން މަސައްކަތަށް ކޮންމެހެން ބޭނުންވާނެ ހުރިހާ ސާމާނެއް ހިމަނައިގެން އެކުލަވާލާފައިވާ މި ޕެކޭޖުގެ އަގަކީ 33,000 ރުފިޔާ އެވެ. ޕެކޭޖުގެ ހިމެނޭ ސާމާނުގެ އިތުރުން ވެސް ކަސްޓަމަރުން ބޭނުން ނަމަ އެޑް-އޮންސްގެ ގޮތުގައި ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި ހާއްސަ އަގެއްގައި ލިބެނެ އެވެ.
"މި ޕެކޭޖުން ފްލެޓަށް ވަނުމަށް ބޭނުން ވާނެ ހުރިހާ ސާމަނެއް ކަސްޓަމަރުންނަށް ލިބިގެން ދާނެ. އިތުރަށް ބޭނުންވާ ސާމާނާއިއެކު ޕެކޭޖް ކަސްޓަމައިޒް ކުރުމުގެ ފުރުސަތުވެސް އޮންނާނެ،" ކޯޕަރޭޓް ސޭލްސް މެނޭޖަރު މިފްޒާން މުހައްމަދު ވިދާޅުވި އެވެ.
"ޕެކޭޖުގެ އިތުރުން މިހާރު އަޅުގަނޑުމެން ވާނީ ހިޔާ ފްލެޓަށް ހާއްސަ ކޮށްގެން އައިޓަމް ކެޓަލޮގެއް ވެސް ހަދާފައި. އެކި ރޭންޖުތަކުގެ ކަސްޓަރުންނަށް ބޭނުން ވާނެ ހުރިހާ ސާމާނެއް ކަސްޓަމަރުންނަށް މީގެން ބަލާލެވެން ހުންނާނެ."
ވެލިގާ ހުރިހާ ފިހާރަ އަކުންވެސް ކަސްޓަމަރުންނަށް ހިޔާ ޕެކޭޖް ނެގޭނެ އިންތިޒާމު ހަމަ ޖެހިފައިވާ އިރު, މޯލްޑިވްސް އިސްލާމިކް ބޭންކް, އެމްއެފްއެލްސީ އަދި ބީއެމްއެލް މެދުވެރިކޮށް ވެސް ޕެކޭޖް ނެގޭނެ އެވެ. އަދި ޕެކޭޖާއި ބެހޭގޮތުން އިތުރު މައުލޫމާތު 3337827 ގުޅައިގެން ނުވަތަ corporate@veligaa.com އަށް އީމެއިލް ކޮށްގެން ހޯދޭނެ އެވެ.










