ގަވިން ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

ގަވިން ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން

ގަވިން ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން

ގޭތެރޭގެ އިންޓީރިއާ މަސައްކަތުގައި މަގުބޫލުކަން ހޯދާފައިވާ ގަވިން ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ. 

ގަވިންގެ ފިހާރަތަކުން 1،000ރ. އަށްވުރެ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި މި ޕްރޮމޯޝަން އީދު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔައިރު، ނަސީބުވެރިޔާ ހޮވީ ސޯޝަލް މީޑިއާ ހޭންޑަލްތައް މެދުވެރިކޮށް ލައިވްކޮށެވެ. ނަސީބު ވެރިޔަކަށް ހޮވުނީ މަހާޝް އެވެ. 

އޭނާއަށް ހއ. ހޯރަފުށީގެ އަރާއިކް ބީޗް ވިލެޖުގައި ފަސް މީހުންނާއެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. ޗުއްޓީ ހޭދަކޮށްލުމަށް މޯލްޑިވިއަން މެދުވެރިކޮށް ފަސް މީހުންގެ ދެކޮޅު ޓިކެޓު ވެސް އޭނާއަށް ލިބޭނެ އެވެ. 

އަރާއިކް ބީޗް ވިލެޖަކީ ހިތްފަސޭހަ ޕްރައިވެޓް ބީޗަކާއެކު މިފަހުން ހުޅުވި ގެސްޓްހައުސްއެކެވެ.

ގަވިން އިން ބުނީ ކަސްޓަމަރުން ޝައުގުވެރިވާފަދަ ތަފާތު ޕްރޮމޯޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ބާއްވާނެ ކަމަށެވެ. 

ގަވިން ފިހާރައަށް މި އެޕްރީލް މަހު އައު މުދާ ލިބޭނެކަމުގެ އުފާވެެރި ހަބަރުވެސް އެ ފިހާރައިން ކަސްޓަމަރުންނަށް ވަނީ ދީފަ އެވެ. ގަވިން ފިހާރަ ހުޅުވާފައި ހުންނާނީ ހެދނުނު 09:00 އިން ރޭގަނޑު 23:00 އަށެވެ.

ކަސްޓަމައިޒް ފަރުނީޗަރާއި، ބަދިގެ ހެދުމާއި ގޭތެރޭގެ އިންޓީރިއާއަށް ބޭނުންވާ ވޯލް ޕެނަލް، ގްރެނައިޓް، ފިލާ، ހާޑްވެއާ ސާމާނު، އުނދުން، ހުޑް، މައިކްރޯވޭވްފަދަ ހުރިހާ ސާމާނެއް ގަވިންގެ ފިހާރަތަކުން ލިބެން ހުރެ އެވެ.

ގަވިންގެ ފިހާރަތައް މާލޭގައި ހުންނަނީ ބޮޑުތަކުރުފާނު މަގު އަދި މަޖީދީ މަގުގައި ހުރެ އެވެ. އޭގެއިތުރުން ހުޅުމާލެ ފޭސް 1، ރީތިގަސް މަގުގައި ވެސް ގަވިންގެ ފިހާރައެއް ހުރެ އެވެ.

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox