ޓޫރިސްޓުންގެ އަދަދު ހަތް ލައްކައިން މައްޗަށް

ހުޅުމާލެ އަތިރިމަތީގައި ޓޫރިސްޓަކު އިށީންދެލައިގެން: މިހާރު މާލެ ސަރަހައްދުގެ ގިނަ ރިސޯޓްތަކާއި ގެސްޓްހައުސްތައް ހުރީ ފުލްކޮށް. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ހުޅުމާލެ އަތިރިމަތީގައި ޓޫރިސްޓަކު އިށީންދެލައިގެން: މިހާރު މާލެ ސަރަހައްދުގެ ގިނަ ރިސޯޓްތަކާއި ގެސްޓްހައުސްތައް ހުރީ ފުލްކޮށް. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ހަތް ލައްކައަށް އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ބުނާ ގޮތުން، އޮގަސްޓު 21 ގެ ނިޔަލަށް 705،024 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

މިއީ ހުސްވި އަހަރުގެ ޖުމްލައަށް ވުރެ ގާތްގަނޑަކަށް ދޮޅު ލައްކަ ޓޫރިސްޓުން އިތުރު އަދަދެކެވެ. އަދި ހަމަ އެ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، ޓޫރިސްޓުންގެ އަދަދު 80 ޕަސެންޓު އިތުރެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ޓޫރިޒަމަށް އައި ހީނަރުކަމަށް ފަހު، ނަމްބަރުތައް އުފުލެން ފެށީ ހުސްވި ޖޫން މަހުން ފެށިގެން ދިން ކޮވިޑް ލުއިތަކާ އެކީގަ އެވެ.

މި ލުއިތަކުގެ ތެރޭގައި ވެކްސިން ޖަހާފައިވާ ޓޫރިސްޓުންނަށް ކަރަންޓީނު ލުއި ދިނުމާއި، ދެކުނު އޭޝިއާ ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާޅުން ހިމެނެ އެވެ.

މިއާ ގުޅިގެން ޓޫރިޒަމް ސިނާއަތަށް އައި ދިރުމާ އެކު، މިހާރު އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ހުރީ 4،877 އެވެ.

މިއީ މި އަހަރުގެ ތެރޭގައި ވެސް މި އަދަދަށް ދުވަހުގެ އެވަރެޖް މިހާ މަތިވީ ފުރަތަމަ ފަހަރެވެ. އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި މާޗު މަހުގެ އެވަރެޖަކީ 3،534 އެވެ.

މި އަދަދުތަކާ އެކު، މި އަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމުގެ ޔަގީންކަން ވަނީ އިތުރުވެފަ އެވެ. އަދި ކޮވިޑުގެ ހާލަތު މިގޮތުގައި ދެމެހެއްޓިއްޖެ ނަމަ، މި އަދަދު ދޮޅު މިލިއަނަށް އެރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ދާއިރާގެ ފުންނާބު އުސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox