މަގުމަތިވި 27 ޓޫރިސްޓުން ސަރުކާރުގެ ބެލުމުގެ ދަށުގައި

އޮޅުވާލައިގެން ޓޫރިސްޓުން ރާއްޖެ ގެނެސް މަގުމަތިކޮށްލި މައްސަލަ ބެލުމުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ/ ސޯޝަލްމީޑިއާ

އޮޅުވާލައިގެން ޓޫރިސްޓުން ރާއްޖެ ގެނެސް މަގުމަތިކޮށްލި މައްސަލަ ބެލުމުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ/ ސޯޝަލްމީޑިއާ

ފަސް ތަރީގެ ހޮޓަލަކަށް ބުކިން ހަދައި މިދިޔަ އާދިއްތަދުވަހު ރާއްޖެ އައުމުން ފަޅު ގެއަކަށް ގެންދިޔަ އިންޑިއާގެ 27 ޓޫރިސްޓުން އަދިވެސް ތިބީ ޔޫތު މިނިސްޓްރީ އާއި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު، (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.

އެ 27 ޓޫރިސްޓުން ރާއްޖެ އައީ މާފުށީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރުމަށް 30،000 ޑޮލަރު (462،600ރ.) ދައްކައިގެންނެވެ. ނަމަވެސް އެއާޕޯޓުން އެ މީހުންނާއި ހަވާލުވި ބިދޭސީ މީހާ އެ މީހުން ގެންގޮސް ވެއްދީ ހެންވޭރުގައި ހުންނަ ފަޅުގެ އަކަށެވެ.

ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު އެ މީހުން މަގުމަތިވެފައި ތިބުމުން، އެ ސަރަހައްދަށް ވަޑައިގެން އެ މީހުންނަށް ގޮތެއް ހޯދައިދިނީ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އިމިގްރޭޝަން ކޮންޓްރޯލާ ހަނަފީ އެ ސަރަހައްދަށް ވަޑައިގެންނެވެ. އެ މީހުން މިހާރު ތިބީ ހުޅުމާލޭގައި ހުންނަ ފުޓްބޯލް ސުކޫލްގަ އެވެ.

Advertisement

އެތަނަކީ ކޮވިޑްގެ ތެރޭގައި ހާލުގައި ޖެހުނު އާއިލާތައް ބައިތިއްބަން ބޭނުންކުރި ތަނެކެވެ. އަދި އެންމެ ފަހުން އެތަން ބޭނުންކުރީ އޭއެފްސީ ކަޕުގައި ރޭ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ކްލަބް އީގަލްސްގެ ފުޓުބޯޅަ ޓީމު ކޭމްޕްކުރާށެވެ.

ހަނަފީ މިއަދު "އަދަދު" އަށް ވިދާޅުވީ އެ 27 ޓޫރިސްޓުން އަދިވެސް ތިބީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ އެ ފުޓްބޯލް ސުކޫލުގައި ކަމަށެވެ. ކެއުމާއި އެހެނިހެން ހަރަދުތައް ކުރަމުން އަންނަނީ އެ މީހުން އަމިއްލައަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނަފީ ވިދާޅުވީ އެ ޓޫރިސްޓުން މިހާރު އުޅެނީ ފުރަން ކަމަށާއި ފުރަންވަންދެން އެ މީހުން ތިބޭނީ އެތަނުގައި ކަމަށެވެ.

ފަހަކަށް އައިސް އޮޅުވާލައިގެން ރާއްޖެއަށް ފަތުރުވެރިން އެތެރެކުރަމުންދާ މައްސަލަ ބޮޑުވެފައިވާއިރު، އެކަމުގެ އެންމެ ބޮޑު ޝިކާރައަކަށްވެފައިވަނީ އިންޑިއާގެ ޓޫރިސްޓުންނެވެ.

ރާއްޖެއަކީ މިހާރު މެދުއިރުމައްޗާއި ޔޫރަޕަށް ދަތުރު ކުރާ އިންޑިއާ މީހުން ޓްރާންސިޓްވުމާއި ކަރަންޓީން ވުމަށް މަގުބޫލު މަންޒިލެކެވެ. ހުޅުމާލޭ ގޮނޑުދޮށް ވެސް ފުރިފައި އެވަނީ އިންޑިއާގެ ޓޫރިސްޓުންނާ އެކު އެވެ.

ރާއްޖެ އެތެރެވުމުގެ ކުރިން ޓޫރިސްޓުން ތިބޭނެ ތަނެއް އިމިގްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ. އެހެން ހުށަހަޅާއިރު މަދު ރޫމް ހުންނަ ގެސްޓް ހައުސްތަކުގެ ނަމުގައި ދުވާލެއްގެ މައްޗަށް އެތައް ބައިވަރު މީހުން ރާއްޖެ އެތެރެވާތީ އެފަދަ ތަންތަނަށް ގުޅައި ޗެކްކުރަން އިމިގްރޭޝަނުން މިވަނީ ފަށައިފަ އެވެ.

އެގޮތަށް ޗެކް ކުރާއިރު އެނގެނީ ހޮޓާތަކާއި ގެސްޓް ހައުސްތަކުގެ ނަމުގައި ފޭކް ބުކިން ހަދައިގެން އެތައް ބަޔަކު އެތެރެވާ ކަމެވެ.

އޭގެ އިތުރުން ވަގު ބުކިން ހައްދައިގެން ޓޫރިސްޓުން ގެނެސް މަގުމަތި ކުރާ މައްސަލަ ވެސް ބޮޑެވެ. އެކަމުގައި އިސްކޮށް ބިދޭސީން ހަރަކާތްތެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox