ދަރަނި އަދާކުރެވޭނެ، މޫޑީސްގެ ރޭޓިން ގޯސް: ފިނޭންސް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ދަރަނި ނަގައިގެން ދަރަނި މެނޭޖްކުރުމުގެ ސިޔާސަތު ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ދަރަނި ނަގައިގެން ދަރަނި މެނޭޖްކުރުމުގެ ސިޔާސަތު ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ދިވެހި ސަރުކާރުން ނަގާފައިވާ ދަރަނި އަދާ ނުކުރެވޭނެ ފަދަ ހާލަތެއް އަދި ކުރިމަތި ނުވާ ކަމަށާއި އެއްވެސް ލޯނެއް ޑީފޯލްޓް ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފިނޭންސުން މިހެން ބުނީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން ރާއްޖޭގެ ރޭޓީން ބީ1 އިން ސީއޭއޭ1 އަށް ދަށްކުރުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެ، ދަރަނި އަދާނުކުރެވުމުގެ ފުރުސަތު އިތުރަށް ބޮޑު ކަމަށް ބަލާފައި ދިން ރޭޓިންއެކެވެ.

މި ރޭޓިންއާ ގުޅިގެން ފިނޭންސުން ނެރުނު ބަޔާނެއްގައި ބުނީ، މޫޑީސްއިން ރާއްޖޭގެ އިގުތިސޯދަށް އައިސްފައިވާ ކުރިއެރުމާއި ވޭތުވެ ދިޔަ މަސްތަކުގެ ތެރޭގައި ދަރަނީގެ ހާލަތަށް އައިސްފައިވާ ބަދަލަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

Advertisement

އެގޮތުން ކޮވިޑުގެ އެންމެ ގޯސް ހާލަތުގައި ޖީޑީޕީގެ ނިސްބަތުން ދަރަނި 100 ޕަސެންޓުން މައްޗަށް އުފުލުނު ނަމަވެސް، އިގުތިސޯދީ ހާލަތު ރަނގަޅު ވަމުން ދިޔުމާ އެކު އެ އަދަދު ތިރިކުރެވިއްޖެ ކަމަށް ބުންޏެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު، އެއްވެސް ލޯނެއް ޑީފޯލްޓް ނުވެ، ބަރާބަރަށް ފައިސާ އަދާކުރުމުގެ ގާބިލިއްޔަތު ދިވެހި ސަރުކާރުގެ އެބަހުރި ކަމަށް ފިނޭންސުން ފާހަގަކުރި އެވެ.

މިހާތަނަށް ރާއްޖޭގެ ސަރުކާރުން ނަގާފައިވާ އެއްވެސް ލޯނެއް އަދާކުރުމުގައި ޑީފޯލްޓް ވެފައެއް ނުވެ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެކަން އެގޮތަށް ދަމަހައްޓާނެ ކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސުގެ ބަޔާނުގައި ރާއްޖޭގެ އިގުތިސޯދަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރަމުން ބުނީ، ދަރަނި މެނޭޖްކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު މޫޑީސްއިން ވެސް ބަލައިގަންނަ ކަމަށެވެ. އަދި އެ އިދާރާއިން ރާއްޖޭގެ އައުޓްލުކް "ނެގެޓިވް" އިން "ސްޓޭބަލް" އަށް ބަދަލުކުރީ ވެސް އެހެން ވެގެން ކަމަށް ބުންޏެވެ.

އޭގެ އިތުރުން ކޮމާޝަލް ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތަކުން މިހާރު އިންޓްރެސްޓް ބޮޑުކޮށް ލޯނު ލިބުނު ނަމަވެސް، އަދިވެސް އެހެނިހެން ގޮތްގޮތުން ލިބޭ ލޯނުތަކުގެ އިންޓްރެސްޓް ކުޑަ ކަމަށް ބުންޏެވެ. އަދި މިފަހުން ރާއްޖެއިން ވިއްކި 300 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭ ގޮތަށް ރާއްޖޭގެ އެވަރެޖް އިންޓްރެސްޓް ރޭޓު އަދިވެސް ހުރީ 3.5 ޕަސެންޓުގައި ހިފެހެއްޓިފައި ކަމަށް ބުންޏެވެ.

ފިނޭންސުން ބުނީ ފިނޭންސް ހޯދަން ކުރިޔަށް އޮތް ތަނުގައި ވެސް ޑެޓް ކެޕިޓަލް ބާޒާރުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އިސްކަން ދެނީ ބައިލެޓެރަލް އަދި މަލްޓިލެޓެރަލް ގުޅުންތަކުގެ ޒަރިއްޔާއިން ހޯދާ ކޮންސެޝަނަލް ފައިނޭންސިންއަށް ކަމަށް ފިނޭންސުން ބުންޏެވެ.

ޓޫރިޒަމާއި ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީއާ ގުޅުވާ، ފިނޭންސުން ބުނި ގޮތުގައި މެދު ރާސްތާގެ އަންދާޒާތަކުން ވެސް ފެންނަނީ ރާއްޖޭގެ އިގުތިސޯދު ކުރިއަރައިގެންދާ މަންޒަރެވެ. އަދި މި އަހަރުގެ ތެރޭގައި ޖީޑީޕީ 22.7 ޕަސެންޓު އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.

މޫޑީސްގެ ރޭޓިންއާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގެ އިންވެސްޓަރުންނާ ކުރަން ޖެހޭ މަޝްވަރާތައް ކުރާނެ ކަމަށާއި، ތަރައްގީގެ ޕްލޭންތަކުގެ އަޕްޑޭޓް ހިއްސާކުރާން ނިންމާފަ އެވެ. އަދި ކުރިޔަށް އޮތް ހަފުތާއިން ފެށިގެން އިންވެސްޓާ ކޯލްތަކެއް ކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.

ރާއްޖޭގެ ދަރަނީގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ މޫޑީސްއިން އެކަންޏެއް ނޫނެވެ. ރޭޓިން އެޖެންސީތަކުގެ އިތުރުން ވާލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވެސް ވަނީ ރާއްޖޭގެ ދަރަނީގެ ހާލަތު މިހާރަށް ވުރެ ރަނގަޅުކުރަން އަންގާފަ އެވެ. އަދި ރާއްޖޭގެ އިގުތިސޯދީ މުސްތަގުބަލަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ދަރަނީގެ މައްސަލަ ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox