މާޒިޔާ މި ތަމްސީލްކުރަނީ މުޅި ގައުުމު، ރަނގަޅު ފެށުމެއް މުހިއްމު: އަސަދުﷲ

މާޒިޔާގެ ކެޕްޓަން އަސަދުﷲ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

މާޒިޔާގެ ކެޕްޓަން އަސަދުﷲ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

މި ފަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް މިއަދު ރާއްޖޭގައި ފަށާއިރު، މި މުބާރާތުގައި މިހާރު ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު އޮތް މާޒިޔާ އިން ކުޅޭނީ ވަރަށް ބޮޑަށް ގައުމީ ރޫހުގައި ކަމަށް އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ) ބުނެފި އެވެ.

މިއީ މާޒިޔާ އިން އޭއެފްސީ ކަޕްގައި ކުޅޭ ހަތް ވަނަ ފަހަރެވެ. މީގެ ކުރިން ހަ ފަހަރު އެ ޓީމުން އޭއެފްސީ ކަޕްގައި ކުޅުނުއިރާ މި ފަހަރު ތަފާތެއް އެބައޮތެވެ.

އެއީ ކުރިން އޭއެފްސީ ކަޕްގެ މެޗުތައް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދިޔަ ނަމަވެސް ކޮވިޑާ ހެދި މި ފަހަރު ސެންޓްރަލައިޒްކޮށް ކުޅެނީ އެއް ދަނޑުގަ އެވެ. އެ ގޮތުން ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ކުޅޭނީ މާލޭގަ އެވެ. ގަލޮޅު ދަނޑުގައި މެޗުތައް ކުޅޭއިރު މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. ރާއްޖޭގެ އީގަލްސް ވަނީ ގްރޫޕް ސްޓޭޖުގެ ފުރުސަތު ނުލިބި ޕްލޭއޮފުން ކަޓައިފަ އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ފަހަރު މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސަދުﷲ ބުނީ ރާއްޖޭގައި މެޗުތައް ކުޅޭއިރު މާޒިޔާ އަށް ފަސޭހަވާނެ ކަމަށެވެ.

"ކޮންމެ ގޮތެެއް ވިޔަސް ރާއްޖޭގައި މި ފަސްގަނޑުގައި މި ދަނޑުގައި ކުޅޭއިރު އެއީ އަހަރެމެންނަށް ފަސޭހައެއް،" އަސަދުﷲ ބުންޏެވެ.

"މި ވަގުތު ރާއްޖެ ތަމްސީލް ކުރަން މި އޮތީ މާޒިޔާ. މާޒިޔާގެ ކުޅުންތެރިން ވެސް ދެކެނީ އެ ގޮތަށް. އޮފިޝަލުން ވެސް އެންމެން ވެސް މި ގަބޫލުކުރަނީ ގައުމު ކަމަށް މި ތަމްސީލް ކޮށްދެވެނީ. ސަޕޯޓަރުން ހަމަ ބެލުންތެރިން ހިތްހަމަ ޖެހޭ ވަރުގެ ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރާނަން،"

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސަދުﷲ ވާހަކަދައްކަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ލިބެނީ އެންމެ ތިން މެޗެވެ. އެހެންކަމުން ކޮންމެ މެޗެއް ވެސް އެއީ ފައިނަލެއްގެ ގޮތުގައި ދެކިގެން ނަތީޖާ ނެރުން މުހިއްމެވެ.

އަސަދުﷲ ބުނީ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މި ވަގުތަށް އޮތީ ރަނގަޅު ފެށުމެއް ހޯދުން ކަމަށެވެ.

"ކޮންމެ ޓީމަކަށް ވެސް އެންމެ މުހިއްމު ވާނީ ފުރަތަމަ މެޗު. އެއީ ތިން މެޗު މި ކުޅެނީ ފުރަތަމަ މެޗުގައި ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖިއްޔާ ހަމަ ވަރަށް ބޮޑު އުނދަގުލަކަށްވާނީ ކުރިއަށް ދިއުމުގައި. ގްރޫޕްގައި މި އޮތް ހަތަރު ޓީމަކީ ވެސް ވަރަށް ޓަފް ވަރުގަދަ ހަތަރު ޓީމު. ހުރިހާ މެޗުތަކެއް ވެސް ރަނގަޅުވާނެ ކަމަށް މި އުއްމީދުކުރަނީ،" މާޒިޔާގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވާޑް، އަސަދުﷲ ބުންޏެވެ.

އޭއެފްސީ ކަޕްގައި މީގެ ކުރިން ހުރިހާ ފަހަރަކު މާޒިޔާ އިން ކުުޅުނުއިރު ވެސް އަސަދުﷲ ޓީމުގައި ހިމެނެ އެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފް ބުރުގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ ތެރެއިން އަސަދުﷲގެ ކަކުލަަށް އަނިޔާވެ، ކުޅުމާ ދުރަށްދާން ޖެހުނެވެ.

ބެންގަލޫރު ކަޓުވާލައި މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައިވިއިރު، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޗެންނާއީއާ ދެކޮޅަށް ވީ އެއްވަރެވެ. އެ މެޗަށް ފަހު އޭއެފްސީ ކަޕް މުއްދަތެއް ނެތް ގޮތަށް ފަސްކޮށް ފަހުން އޮކްޓޫބަރުގައި ސެންޓްރަލައިޒްކޮށް މާލޭގައި ކުޅެން ތާވަލުކުރި އެވެ. މާޒިޔާ އިން އެ މެޗުތަކަށް ޕްރެކްޓިސް ފެށިއިރު އަސަދުﷲ ބައިވެރިވި އެވެ. އެކަމަކު، ފަހުން އޭއެފްސީން ނިންމީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކޮށްލާށެވެ.

މި ފަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން ވަނީ ސައުދީ އަރަބިއްޔާގައި ވިއްސަކަށް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަަކޮށްފަ އެވެ. އެފްއޭއެމުން ދިން ފުރުސަތެއްގައި ފުރިހަމަަކުރި މި ޓްރެއިނިން ކޭމްޕްގެ ތެރެއިން މާޒިޔާ ވަނީ އެކުވެރިކަމުގެ ތިން މެޗު ކުޅެފަ އެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ އާއި ބަޝުންދަރާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މިއަދު ހަވީރު 4 ޖަހާއިރު ފަށާ މެޗުގައި ބެންގަލޫރު ކުޅޭނީ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox