އޭއެފްސީ ކަޕަށް މާޒިޔާ ނުކުންނާނީ ދިވެހި ފުޓްބޯޅައިގެ ހައްގުގައި: ވިޑަކޮވިޗް

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭއެފްސީ ކަޕްގައި މި ވަގުތު އޮތް ރާއްޖެ އަށް ނިސްބަތްވާ ހަަމައެކަނި ކްލަބަކީ މާޒިޔާ ކަމަށާއި އެހެންވުމުން އެ ޓީމުން މުބާރާތަށް ނުކުންނާނީ ރާއްޖޭގެ ފުޓްބޯޅައިގެ ހައްގުގައި ކަމަށް މާޒިޔާގެ ސާބިއާ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް މާލޭގައި ކުރިއަށްދާއިރު، މުބާރާތުގެ ޕްލޭއޮފް ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސް ވަނީ 1-0 އިން އިންޑިއާގެ ބެންގަލޫރު އަތުން ބަލިވެ، ކަޓައިފަ އެވެ.

ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ދެކޮޅަށެވެ. ދެން އެ ގްރޫޕްގައި އޮތް އިންޑިއާގެ ދެ ޓީމު ކަމަށްވާ ބެންގަލޫރާއި އޭޓީކޭ މޯހަން ބަގާން މާދަމާ ހަވީރު ކުޅޭނެ އެވެ.

ފުރަތަމަ މެޗުތަކުގެ ކުރިން މިއަދު މެންދުރު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވިޑަކޮވިޗް ބުނީ މާޒިޔާ ނުކުންނާނީ އަމިއްލަ ފަސްގަނޑުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅައިގެ ހައްގުގައި. މި ދަނޑުގައި (ގަލޮޅު ދަނޑުގައި) އަހަރެމެން ކުޅޭނީ ދިވެހި ފުޓްބޯޅަ ދިފާއުކުރަން. އަހަރެމެން 100 ޕަސެންޓް ދީގެން މަސައްކަތްކުރާނީ އެ ގޮތަށް،" މެޗަކުން ބަލިނުވެ މާޒިޔާ އަށް ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ވިޑަކޮވިޗް ބުންޏެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ވަނީ ސައުދީ އަރަބިއްޔާގައި ތިން ހަފްތާއެއްހާ ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެ ކޭމްޕްގައި މާޒިޔާ އިން ވަނީ ތިން މެޗެއް ކުޅެފަ އެވެ.

އެ ގޮތުން ފުރަތަމަ މެޗުގައި މާޒިޔާ އިން ވަނީ ސައުދީގެ ގަދަބާރު އަލް-އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު އަތުން 2-1 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ސައުދީގެ ޕްރޯ ލީގު (ފުރަތަމަ ޑިވިޝަނުގައި) ގައި މިދިޔަ އަހަރު ވާދަކުރި ކްލަބް އަލް ވަހްދާއާ ލަނޑެއް ނުޖެހި ވީ އެއްވަރެވެ. އަދި ފަހު މެޗުގައި މުހައްމަދު ބިން ސަލްމާން ލީގު (ސައުދީ ދެ ވަނަ ޑިވިޝަން)ގެ ޖިއްދާ އެފްސީއާ އެއްވަރުވީ 2-2 އިންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިޑަކޮވިޗް ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ވިޑަކޮވިޗް ބުނީ ސައުދީގައި ކުޅުނު މެޗުތަކަކީ އެކުވެރިކަމުގެ މެޗުތަކެއް ކަމަށާއި އަނެއްކޮޅުން އިދިކޮޅަށް ނުކުތް ޓީމުތަކުން ވެސް ދިޔައީ ޕްރީ ސީޒަންގެ ޓްރެއިނިން ފުރިހަމަކުރަމުން ކަމަށްވާތީ ވާދަވެރި މެޗުތަކެއް ކުޅުމުގެ ޕްރެޝަރެއް އެހާ ބޮޑަށް ނޯންނާނެ ކަމަށެވެ.

"އަހަރެމެން ވަރަށް އުނދަގޫ މެޗުތަކެއް ސައުދީ އަރަބިއްޔާގައި ކުޅުނީ. އެ ޓީމުތަކުގައި މިދިޔަ އަހަރު ސައުދީ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ކުޅުންތެރިން ތިބި. އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނިން. އެކަމަކު މިއީ އެކުވެރިކަމުގެ މެޗުތަކެއް. މޯޓިވޭޝަނާއި މެޗު ޕްރެޝަރުގެ ކަންކަން ހުންނާނީ ރަސްމީ މެޗުތަކާ އެއްވަރަކަށް ނޫން،" ވިޑަކޮވިޗް ބުންޏެވެ.

ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މާޒިޔާ އިން ޕްރެކްޓިސް ފެށީ މިދިޔަ މަހު 10 ވަނަ ދުވަހު އެވެ. ޕްރެކްޓިސް ފެށިއިރުގެ ހާލަތާ މިހާރު ޓީމުގެ ކަންކަން އަޅާކިޔާއިރު، ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްފައިވާ ކަން ވިޑަކޮވިޗް ވަނީ ފާހަގަކޮށްފަ އެވެ.

ބަޝުންދަރާ އަށް ކޮންމެ ވެސް ވަރެއްގެ އެޑްވާންޓޭޖްތަކެއް އެބަހުރި

އޭއެފްސީ ކަޕުގެ މެޗުތަކުގެ ކުރިން މުބާރާތުގައި ކުޅޭ ހުރިހާ ޓީމަކާ އަޅާކިޔާއިރު، އެންމެ ފަހުން ރަސްމީ ވާދަވެރި މެޗުތަކެއް ކުޅެފައިވަނީ ބަޝުންދަރާ އިންނެވެ. އެ ޓީމުން ވަނީ މިދިޔަ ހަފްތާގައި ބަންގްލަދޭޝްގެ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ބަޝުންދަރާގެ ކޯޗަކަށް ހުރި އޮސްކާ އަކީ މީގެ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓްގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ.

ވިޑަކޮވިޗްގެ ނަޒަރުގައި ބަޝުންދަރާ އިން ވާދަވެރި މެޗުތަކެއް ކުޅެފައި އައުމަކީ އޭގެ ފައިދާ އެ ޓީމަށް ކުރާނެ ކަމެކެވެ. އަދި ރާއްޖޭގައި މަސައްކަތް ކޮށްފައިވުމަކީ އޮސްކާ އަށް އޮތް ކުޑަ ވަރެއްގެ އެޑްވާންޓޭޖެއް އޮތް ކަމެއް ކަމަށް ވެސް ވިޑަކޮވިޗް ވަނީ ބުނެފަ އެވެ.

"އޮސްކާ އަށް ކުޅުންތެރިން އެނގުން އެއީ ކޮންމެވެސް ވަރެއްގެ އެޑްވާންޓޭޖެކޭ ބުނެވިދާނެ. އެ މީހުންނަށް އޮތް ބޮޑު އެޑްވާންޓޭޖަކީ ވަރަށް ބައިވަރު ވާދަވެރި މެޗުތަކެއް ކުޅެފައި އެ އައީ. އަހަރެމެން އެ ކަަހަލަ އެއްވެސް ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ބޭނުމީ ކުޅެވުނު އެންމެ މޮޅަކަށް ކުޅެން. 100 ޕަސެންޓް ދީގެން ކުޅެ ނަތީޖާ ނެރެން،" ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ވަކިވަކި ކުޅުންތެރިންނަށް ވިސްނައިގެން ބަޝުންދަރާ މެޗަށް ނުނުކުންނާނެ ކަމަށް ވިޑަކޮވިޗް ވަނީ ބުނެފަ އެވެ. އޭގެ ބަދަލުގައި މާޒިޔާގެ ފޯކަސް އަކީ ކުރަން ހުރި ހުރިހާ ކަމެއް ވެސް ޓީމެއްގެ ގޮތުގައި ކުރުމެވެ.

ވިޑަކޮވިޗް ވަނީ ބަޝުންދަރާ އިން ކުޅޭ ގޮތް ދިރާސާ ކުރަން ވީޑިއޯތަކެއް ބެލި ކަމަށާއި އޮސްކާ އަކީ އޭނާ ދެކޭގޮތުގައި ފުޓްބޯޅަ ކުޅުވަން އުޅޭ ކޯޗެއް ކަމަށް ބުނެފަ އެވެ.

"ބައެެއް ފަހަރު އެ މީހުން (ބަޝުންދަރަ އިން) ދިގު ބޯޅަ ޖަހައިގެން ކުޅޭ. އަހަންނަށް ހީވާ ގޮތުގައި އެއީ ބަންގްލަދޭޝްގެ ދަނޑުތައް ރަނގަޅުނުވީމަ. އަހަންނަށް އޮސްކާ އެނގޭ. އޭނަ އަކީ ފުޓްބޯޅަ ކުޅުވަން އުޅޭ ކޯޗެއް. އެ މީހުންނާއި އަހަރެމެންނަކީ އޮފެންސިވް ފުޓްބޯޅަ އަށް ފޯކަސް ކުރާ ޓީމުތަކެއް. ރަނގަޅު މެޗެއް ފެންނާނެ ކަމަށް އުއްމީދުކުރަނީ،" ވިޑަކޮވިޗް ބުންޏެވެ..

ފިލިޕީންސްގެ ސެރެސްއާ އެކު އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ވިޑަކޮވިޗް ބުނީ ތިން މަހެއްހާ ދުވަސް ތެރޭ ކުޅޭ ވާދަވެރި ފުރަތަމަ މެޗަށް ނުކުންނައިރު މާޒިޔާ އޮތީ ފިޒިކަލީ އަދި މެންޓަލީ މެޗަށް ތައްޔާރަށް ކަމަށެވެ.

މާޒިޔާ އިން މިހާތަނަށް އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޓީމެއް އަތުން ބަލިވެފައިނުވެ އެވެ. ބަޝުންދަރާ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ. މިއީ މިދިޔަ މެއި މަހު ފަސް ވަަނަ ދުވަހު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މާޒިޔާ ކުޅޭ ވާދަވެރި ފުރަތަމަ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox