ގއ. ދާންދޫގައި ހަށިވިއްކާ ކަމުގެ ތުހުމަތުކުރެވޭ ނެޓްވޯކެއް އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބުނީ އެ ރަށުން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހި ދެ އަންހެނުންނާއި ދެ ފިރިހެނުންގެ އިތުރުން ތިން ބިދޭސީ ފިރިހެނުންނެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުން ހައްޔަރުކުރީ އެ ރަށުގައި ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މިދިޔަ ހަފުތާގައި ދާންދޫގައި ފުލުހުން ހިންގަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު މާ ކުރިން ލީކުކޮށްލައި އެ އޮޕަރޭޝަނަށް ހުރަސްއެޅި ކަމުގެ ތުހުމަތު އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ މައްޗަށް ވަނީ ކޮށްފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޮޕަރޭޝަން ހިންގިއިރު، ބަލާފާސްކުރި ތަންތަނުން މަސްތުވާތަކެތި ވަނީ ގެއްލުވާލައިފަ އެވެ.













