އިތުރަށް ވަގުތު ނުދޭނެ، މުވައްޒަފުންގެ އެކޮމޮޑޭޝަންތައް އިންސްޕެކްޓް ކުރަން ފަށަނީ

މާލޭގައި ހުންނަ އިމާރާތްތަކެއް: އެއްވެސް މުވައްޒަފަކު ބަހައްޓަން ހަމަޖައްސައިދޭ ތަންތަން ގަވާއިދުގައި ބުނާ އާންމު މިންގަނޑަށް ފެތެން ޖެހޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގައި ހުންނަ އިމާރާތްތަކެއް: އެއްވެސް މުވައްޒަފަކު ބަހައްޓަން ހަމަޖައްސައިދޭ ތަންތަން ގަވާއިދުގައި ބުނާ އާންމު މިންގަނޑަށް ފެތެން ޖެހޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މުވައްޒަފުން ދިރިއުޅެން ހަމަޖައްސައިދޭ ތަންތަނުގެ އާންމު މިންގަނޑުގެ ގަވާއިދުގައި ބުނާ ކަންކަން ފުރިހަމަ ކުރަން ވަޒީފާ ދޭ ފަރާތްތަކަށް އިތުރު ވަގުތު ނުދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ޖެނުއަރީ މަހު ގެޒެޓުކުރި މުވައްޒަފުންގެ އެކޮމޮޑޭޝަނާ ގުޅޭ ގަވާއިދަކީ، މުވައްޒަފުން ދިރިއުޅޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރަން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެ މިނިސްޓްރީން ހެދި ގަވާއިދެކެވެ. އަދި މި ގަވާއިދުގައި ބުނާ މިންގަނޑަށް އެކޮމޮޑޭޝަންތައް ފައްތަން ވަޒީފާދޭ ފަރާތްތަކަށް ވަގުތު ދިނުމުގެ ގޮތުން، ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ހަ މަސް ދުވަހުގެ މުއްދަތެއް ދިނެވެ. މި މުއްދަތު ހަމަވީ ނިމުނު ޖުލައި 28 ގަ އެވެ.

މުއްދަތު ހަމަވި ނަމަވެސް، ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ބައެއް ވިޔަފާރިތަކުން ވަނީ ގަވާއިދަށް އަމަލު ކުރަން އިތުރު ވަގުތު ދޭން ޖެހޭ ކަމަށް ބުނެފަ އެވެ. އެގޮތުން މިކަމަށް ހަރަދުތަކެއް ކުރަން ޖެހޭތީ ވިޔަފާރިތަކުގެ ކަންބޮޑުވުން ހުރި އިރު، މިއީ މިފަދަ ގަވާއިދެއް ތަންފީޒު ކުރަން އެންމެ ރަނގަޅު ދަނޑިވަޅެއް ނޫން ކަމަށް އެ ފަރާތްތަކުން ކުރިން ވެސް ވަނީ ބުނެފަ އެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ވަޒީފާދޭ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ވިސްނުމެއް މިނިސްޓްރީން ގެންގުޅެންތޯ ސުވާލު ކުރުމުން އިކޮނޮމިކް މިނިސްޓްރީގެ ނައިބު މަރިޔަމް ނާޒިމާ "އަދަދު" އަށް ވިދާޅުވީ، އެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި ބައެއް ގަވާއިދުތަކަށް އަމަލުކުރާ ތާރީހުތައް ފަސްކުރި ނަމަވެސް، މިހާރު އެޗްޕީއޭއިން ލުއި ދެމުން ދިޔުމާ އެކު މިނިސްޓްރީން ވިސްނާފައި އޮތީ ގަވާއިދު ތަންފީޒު ކުރަން ފަށަން ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު ވަގުތު ނުދިން ނަމަވެސް، ނާޒިމާ ވިދާޅުވީ ގަވާއިދު ތަންފީޒު ކުރުމުގެ ތެރޭގައި އާންމުންގެ ކަންބޮޑުވުން ހުރި ކަންކަން ފާހަގަވާނަމަ މިނިސްޓްރީން އެކަންކަމަށް ރިއާޔަތްކުރާނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އާންމުންގެ ފަރާތުން ލިބޭ ހިޔާލަށް މިނިސްޓްރީން އަބަދު ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގަވާއިދެއް ތަންފީޒުކުރަން ފެށުމުން ވެސް ޕަބްލިކުން އުފުލާ ކަންބޮޑުވުންތައް ހުންނާނެ. އަޅުގަނޑުމެން ވެސް އެ ކަންބޮޑުވުންތަކާ ގުޅިގެން ބަދަލެއް ގެންނަން ޖެހޭ ނަމަ، އެކަންކަމަށް ފްލެކްސިބަލް ވާނެ އަޅުގަނޑުމެން" ނާޒިމާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެކޮމޮޑޭޝަންތައް ފެތޭތޯ ބަލަން އިންސްޕެކްޝަންތައް ފެށުމުގެ މަސައްކަތެވެ. މިހާރު މިކަމަށް ބޭނުންވާ ޕްލޭންތައް ތައްޔާރު ކުރެވުމެންދާ އިރު، ދާދި އަވަހަށް އިންސްޕެކްޝަންތަކާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރާނެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މުވައްޒަފުންގެ އެކޮމޮޑޭޝަނާ ގުޅޭ ގަވާއިދު ތަންފީޒު ކުރަން ފެށުމުން ދިރިއުޅެން އެކަށީގެން ނުވާ ވަރު ތަންތަނުގައި މުވައްޒަފުން ބައިތިއްބާ މައްސަލައަށާއި ބިދޭސީން ތޮއްޖެހިގެން އުޅޭ މައްސަލައަށް ހައްލެއް ލިބޭނެ އެވެ.

މި ގަވާއިދަށް އަމަލު ނުކުރާ ފަރާތްތަކުގެ އަދަބަކީ، 2000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox