ފެންވަރު ވަޒަންކުރެވިއްޖެ، މާޒިޔާ އޭއެފްސީ ކަޕަށް ތައްޔާރު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެެއިން ވިޑަކޮވިޗް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެެއިން ވިޑަކޮވިޗް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންދިޔަ ވިއްސަކަށް ދުވަހުގެ ޓްރެއިނިން ކޭމްޕުން މާޒިޔާ މިހާރު އޮތް ފެންވަރު ވަޒަންކުރެވިއްޖެ ކަމަށާއި ކުރެވުނު މަސައްކަތާ އެކު ޓީމު އޮތީ އޭއެފްސީ ކަޕަށް ތައްޔާރަށް ކަމަށް މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

އެފްއޭއެމުން ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޒިޔާ އިން ސައުދީ އަށް ޓްރެއިނިން ކޭމްޕަށް ފުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ޓީމުން ވަނީ ފަރިތަކުރުމުގެ ގޮތުން ތިން މެޗެެއް ކުޅެފަ އެވެ.

އެ ގޮތުން ފުރަތަމަ މެޗުގައި މާޒިޔާ އިން ވަނީ ސައުދީގެ ގަދަބާރު އަލް-އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު އަތުން 2-1 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ސައުދީގެ ޕްރޯ ލީގު (ފުރަތަމަ ޑިވިޝަނުގައި) ގައި މިދިޔަ އަހަރު ވާދަކުރި ކްލަބް އަލް ވަހްދާއާ ލަނޑެއް ނުޖެހި ވީ އެއްވަރެވެ. އަދި ފަހު މެޗުގައި ރޭ މުހައްމަދު ބިން ސަލްމާން ލީގު (ސައުދީ ދެ ވަނަ ޑިވިޝަން)ގެ ޖިއްދާ އެފްސީއާ އެއްވަރުވީ 2-2 އިންނެވެ.

ޓްރެއިނިން ކޭމްޕަށް ފަހު މާދަމާ ރާއްޖެ އެނބުރި އައުމުގެ ކުރިން ސައުދީގައި ހުރެ، ވިޑަކޮވިޗް "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ބުނީ ޖުމްލަކޮށް ބަލާއިރު މި ޓްރެއިނިން ކޭމްޕް ދިޔައީ ރަނގަޅަށް ކަމަށާއި އެފްއޭއެމާއި ކްލަބްގެ މެނޭޖްމަންޓުން ކޮށްދިން ކަންތައްތައް ވަރަށް ރަނގަޅު ކަމަށެވެ.

"މިއީ އަހަރެމެންނަށް ރަނގަޅު ޓެސްޓެއް. އެންމެ ފަހުން ދެ މެޗުގައި (އަލް ވަހްދާ އާއި ޖިއްދާ އެފްސީ) އެނގިގެން ދިޔައީ އަހަރެމެންނަށް އެންމެ މަތީ ލެވަލްގައި ވެސް ކުޅެވިދާނެކަން. ޔަގީނުން ވެސް އެބަހުރި އެކި ކަހަލަ ކަންތައްތައް ރަނގަޅު ކުރަން. އެކަމަކު ޓީމުގެ ޖުމްލަ ހާލަތު ރަނގަޅު،" މާޒިޔާ އަށް މިދިޔަ ސީޒަނުގައި ރާއްޖޭގެ ޗެމްޕިއަންކަން ދިފާއުކޮށްދިން ކޯޗު ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ އިން މާލޭގައި ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގުމުން އެ އަށް ބޯލެނބުމުގެ ގޮތުން މެއި މަހު ކުރީކޮޅުގައި އޭރު ކުޅެމުން ދިޔަ ދިރާގު ދިވެހި ޕްރިމިއާ ލީގު ވެސް ހުއްޓާލި އެވެ. އެ ފަހުން އެ މުބާރާތާއި އޭއެފްސީ ކަޕްގެ މެޗުތައް ނުބޭއްވި ޓީމުތަކުގެ ފަރިތަކުރުންތައް ވެސް ބޭއްވޭނެ ގޮތެއް ނުވުމުން މިދިޔަ މެއި މަހު ފަހުކޮޅު ކްލަބްތަކާ މަޝްވަރާކޮށްފައި އެފްއޭއެމުން ނިންމީ ސީޒަން ކުރުކޮށްލާށެވެ.

ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މާޒިޔާ އިން ޕްރެކްޓިސް ފެށީ މިދިޔަ މަހު 10 ވަނަ ދުވަހު އެވެ. ޕްރެކްޓިސް ފެށިއިރުގެ ހާލަތާ މިހާރު ޓީމުގެ ކަންކަން އަޅާކިޔާއިރު، ޓްރެއިނިން ކޭމްޕް ނިމުނުއިރު ވިޑަކޮވިޗް ހިތްހަމަ ޖައްސާލެވޭ ފެންވަރަށް ޓީމުގެ ކަންކަން ރަނގަޅު ކުރެވިއްޖެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"(ޓްރެއިނިން ކޭމްޕްގައި ވަރަށް ރަނގަޅަށް ކަންކަން ރޭވިފައި ހުރި. އިންތިޒާމްތައް ވެސް ރަނގަޅު. އަހަރެމެން މި ތަނަށް އައީ ވެސް އެ ސަބަބުތަކަށް ޓަކައި. ރަނގަޅަށް ޕްރެކްޓިސް ކޮށްފައި. ވާދަވެރި ވަރުގަދަ މެޗުތަކެއް ކުޅެލަން. މިދިޔަ ދުވަސް ތަކުގައި ކުރެވުނު މަސައްކަތަށް ބަލާއިރު އަހަރެން ބުނާނީ މި ތިބީ އޭއެފްސީ ކަޕަށް ތައްޔާރުވެވިފައޭ،" މީގެ ކުރިން ފިލިޕީންސްގެ ސެރެސް ގޮވައިގެން އޭއެފްސީ ކަޕްގައި ނަތީޖާ ނެރެފައިވާ ވިޑަކޮވިޗް ބުންޏެވެ.

ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކުރި ވިޑަކޮވިޗް ހަވާލުވި ފަހުން މާޒިޔާ ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މާލޭގައި ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކުގެ ތެރެއިން މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ. ދެ ވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު އިންޑިއާގެ ސުޕަ ލީގު ޓީމު އޭޓީކޭ މޯހަން ބަގާން ކުޅޭނެ އެވެ. ގްރޫޕްގެ ފަހު މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ކުޅޭނީ ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފް އޮތީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox