ހަރުކަށި ފިކުރާ ދެކޮޅަށް ދީނީ ހޭލުންތެރި ކުރުމުގެ ގައުމީ ކެމްޕޭނެއް ފަށަނީ

ހަރުކަށި ފިކުރާ ދެކޮޅުކަން އަންދައިދޭ ކުރެހުމެއް: އެފަދަ ފިކުރުތަކާ ދެކޮޅަށް ގައުމީ ކެމްޕެއިނެއް ފަށަން ވަނީ ނިންމައިފައި-- ވިޝުއަލް: އަބްދުﷲ ޝަފީއު (އަބޯ)

ހަރުކަށި ފިކުރާ ދެކޮޅުކަން އަންދައިދޭ ކުރެހުމެއް: އެފަދަ ފިކުރުތަކާ ދެކޮޅަށް ގައުމީ ކެމްޕެއިނެއް ފަށަން ވަނީ ނިންމައިފައި-- ވިޝުއަލް: އަބްދުﷲ ޝަފީއު (އަބޯ)

ހަރުކަށި ދީނީ ފިކުރުގެ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ގައުމީ ފެންވަރުގެ ކެމްޕެއިނެއް ފަށަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ކަންކަން ބެލުމަށް އުފައްދާފައިވާ އެމްޑީޕީގެ "މެއި6" ކޮމިޓީން މިރޭ ބުނެފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނޭގޮތަށް އުފައްދާފައިވާ މެއި6 ކޮމެޓީން މިއަދު ވަނީ އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހާ ހިއްސާ ކުރަމުން އެ ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ދީނާ ގުޅުވައިގެން މީހުން ކާފަރުކޮށް ލޭ ހޭދަކުރުމާ ގުޅޭގޮތުން ދީނުގައި އޮންނަ ގޮތް އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންގެ ކިބައިން ސާފުކުރެއްވި ކަމަށެވެ.

އެގޮތުން، އެއީ ދީނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމާއި، އެފަދަ ކަންކަން ރައްޔިތުންނަށް ސާފުކޮށްދޭން ދެ އަހަރު ދުވަހުގެ ކެމްޕެއިނެއް ފަށަން މިނިސްޓްރީން ނިންމާފައިވާ ކަމުގެ މައުލޫމާތު އަފީފް ހިއްސާކުރެއްވި އެވެ.

"އިސްލާމް ދީނުގައި ވަކި މީހަކީ ލާދީނީ މީހެއްކަން އަނެއް މީހާއަކީ މަރަން ޖެހޭ މީހެއްކަން މިގޮތަށް ނުކިޔޭނެ ކަމާއި އަދި އެއީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫންކަން މި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ،" އަފީފް ވިދާޅުވި އެވެ.

ޓީވީ މެދުވެރިކޮށް ހަރުކަށި ފިކުރާ ދެކޮޅަށް ކެމްޕެއިން ފަށަން މަސައްކަތް ކުރާއިރު މިނިސްޓްރީއަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އެކަށީގެންވާ ބަޖެޓެއް ނެތުން ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

ޅައުމުރުގައި ކުޑަކުދިންގެ ސިކުނޑިތައް ވެސް ހަރުކަށިފިކުރަށް އަނބުރާލަމުންދާތީ އެކަންކަން ހުއްޓުވުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރެވޭނެ ކަންތައްތަކާ މެދުވެސް މިއަދު މަޝްވަރާ ކުރެއްވި ކަމަށް އަފީފް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާ ހަވާލާދެއްވައި އަފީފް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންގެ ހަތަރު ބަޔަކަށް ބެހިފައިވާ ކަމަށެވެ.

އެފަދަ މީހުންނަށް ނަސޭހަތް ދީ އަލުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނި ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

"އެކަން ކުރަނީ ޕޮލިސް އިންޓެލިޖެންސްއާ ގުޅިގެން. ޕޮލިސް އިންޓެލިޖެންސްއިން ފާހަގަކުރާ ފަރާތްތަކަށް މި ބޭފުޅުން ވަޑައިގެން ބައްދަލުކޮށް، އެ މީހުންނަށް ދީނުގައި އަސްލު ކަންތައް އޮންނަގޮތް ސާފުކޮށް ކިޔައި މިދެނީ. އެއީ ވަރަށް އުނދަގޫ މަރުހަލާއެއް ކަމަށް އެ ބޭފުޅުން މި ވިދާޅުވަނީ،" އަފީފް ވިދާޅުވި އެވެ.

އެ ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހިންގި އިންކުޔަރީއަށްފަހު ނެރުނު ރިޕޯޓުގައި ހުށަހެޅި ރެކަމަންޑޭޝަންތަކުގެ ތެރޭގައި ހަޜުކަށި ފިކުރާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭކަންކަން ވަނީ ފާހަގަކޮށްފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއިން އެމަނިކުފާންގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. އެހަމަލާ ދިނުމުގެ ފަހަތުގައި ތިބީ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެކެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox