ދާންދޫގެ ޑްރަގު އޮޕަރޭޝަން ލީކުކޮށްލުމުގެ ތުހުމަތު ކައުންސިލްގެ ރައީސަށް

ގއ. ދާންދޫ ކައުންސިލްގެރައީސް: އެ ރަށުގައި ހިންގި ޑްރަގު އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުން. -ފޮޓޯ: ގއ. އަތޮޅު ކައުންސިލް

ގއ. ދާންދޫ ކައުންސިލްގެރައީސް: އެ ރަށުގައި ހިންގި ޑްރަގު އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުން. -ފޮޓޯ: ގއ. އަތޮޅު ކައުންސިލް

ގއ. ދާންދޫގައި ފުލުހުން ހިންގަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު މާ ކުރިން ލީކުކޮށްލައި އެ އޮޕަރޭޝަނަށް ހުރަސްއެޅި ކަމުގެ ތުހުމަތު އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ މައްޗަށް ކޮށްފި އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ތަރުޖަމާނު "އަދަދު"އަށް މިއަދު ވިދާޅުވި ގޮތުގައި މި ހަފުތާގެ ތެރޭގައި ހިންގި އެ އޮޕަރޭޝަންގެ މައުލޫމާތު ލީކުކުރި މައްސަލައެއް އަންނަނީ ތަހުގީގުކުރަމުންނެވެ.

އެ ތަހުގީގާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް ހަތަރު މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

"އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ހަތަރު މީހުންގެ ތެރޭގައި ކައުންސިލްގެ ރައީސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރެވެނީ އެ އޮޕަރޭޝަންގެ މައުލޫމާތު ބަޔަކަށް ދިން ކަމުގެ ތުހުމަތެވެ. ފުލުހުން ބަލާފާސްކުރަން އުޅުނު ގެއަކީ, ކައުންސިލް ރައީސްއާ އާއިލީ ގޮތުން ގުޅުން އޮންނަ ބައެއް ކަން ވެސް އެނގިފައިވެ އެވެ.

މި ތުހުމަތާ ގުޅިގެން އާސިފްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލުކުރި އެ ރަށު ކައުންސިލުގެ ބައެއް އެހެން މެމްބަރުން ވިދާޅުވަނީ އެކަމުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox