ބަންދުގައި ހުރި މީހާއަށް ނޭނގި އިސްތިއުނާފުކުރުމުން މައްސަލަ ބޭރުކޮށްލައިފި

ހައިކޯޓު: ބަންދުގައި ހުރި މީހާއަށް ނޭނގި އިސްތިއުނާފުކުރުމުން މައްސަލަ ވަނީ ބޭރުކޮށްލާފައި - ފޮޓޯ: އަދަދު

ހައިކޯޓު: ބަންދުގައި ހުރި މީހާއަށް ނޭނގި އިސްތިއުނާފުކުރުމުން މައްސަލަ ވަނީ ބޭރުކޮށްލާފައި - ފޮޓޯ: އަދަދު

ބަންދުގައި ހުރި މީހަކަށް ނޭނގި އޭނާގެ ބަންދުކުރުމަށް ނެރެފައި އޮތް އަމުރު އިސްތިއުނާފުކޮށްފައި އޮތުމުން ހައިކޯޓުން މައްސަލަ އިއްޔެ ބޭރުކޮށްލައިފި އެވެ.

ހައިކޯޓުން ބޭރުކޮށްލާފައިވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މީހަކު ބަންދު ކުރުމަށް ނެރުނު އަމުރެއްގެ އިސްތިއުނާފު މައްސަލަ އެވެ.

އެ މައްސަލާގައި އިއްޔެ ހައިކޯޓަށް އެމީހާ ހާޒިރުކުރުމުން ބުނެފައިވަނީ ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިނުވާނެ ކަމަށެވެ. އޭނާގެ ވަކީލަކަށް ވަޑައިގެން އިންނެވީ ވަކީލް ނާޒިމް އަބްދުއްސައްތާރެވެ.

Advertisement

އެކަމާ ގުޅިގެން ފަނޑިޔާރުން ސުވާލުކުރުމުން ވަކީލް ނާޒިމް ވިދާޅުވި ގޮތުގައި މައްސަލާގެ އިސްތިއުނާފު ފޯމުގެ ބައިތައް ފުރިހަމަ ކުރުމަށްފަހު ބަންދުގައި ހުރި މީހާގެ އާއިލާއަށް ފޮނުވި އެވެ.

އަދި އާއިލާއިން އޭނާ ލައްވާ ސޮއިކުރުމަށްފަހު ވަކީލާ ހަވާލުކުރުމުން މައްސަލަ އިސްތިއުނާފަށް ހުށަހެޅުއްވީ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭގެ އިތުރަށް ކަންވީ ގޮތް އޭނާއަށް ނޭނގޭ ކަމަށް ވަކީލް ވިދާޅުވެފައިވެ އެވެ.

އެހެންވެ، ހައިކޯޓުން ނިންމީ ބަންދުގައި ހުރި މީހާ، މައްސަލަ އިސްތިއުނާފު ނުކުރާ ކަމަށް ބުނާތީ އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށެވެ.

"މި ގަޒިއްޔާ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދައުވާ ފޯމް ބާތިލްކޮށްފީމެވެ،" ހައިކޯޓުން ނިންމި ނިންމުމުގައިވެ އެވެ.

މިކަމާ ގުޅިގެން ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ، އާއިލާއިން ބަންދުގައި ހުރި މީހާއަށް ގުޅައި، އިސްތިއުނާފުގެ މައްސަލައިގެ މައުލޫމާތު ދިން ކަމަށެވެ. މީގެކުރިން ވެސް އަޑުއެހުންތަކުގައި އޭނާގެ ފަރާތުން އެފަދަ ކަންކަން ފެނިފައިވާ ކަމަށެވެ.

އެގޮތުން ކުރީ އަޑުއެހުމެއްގައި ޖަލުގައި ހުރުން އެންމެ ރަނގަޅު ކަމަށް ވެސް ބުނެފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވާ ގޮތުގައި ބަންދުގައި ހުރި މީހާގެ ނަފްސާނީ މައްސަލަތަކެއް އެބަ ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox