މާޒިޔާ އިން ސައުދީގެ އަލް ވަހްދާއާ އެއްވަރުކޮށްފި

މިރޭގެ މެޗަށް ފަހު މާޒިޔާގެ ހުރިހާ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިގެން.

މިރޭގެ މެޗަށް ފަހު މާޒިޔާގެ ހުރިހާ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިގެން.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތަކަށް ތައްޔާރުވާން ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕްގެ ތެރެއިން މާޒިޔާ ކުޅުނު ދެ ވަނަ މެޗުގައި ސައުދީގެ ޕްރޯ ލީގުގެ ކްލަބް އަލް ވަހްދާއާ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މި މަހު ދެ ވަނަ ދުވަހު މާޒިޔާ އިން ވަނީ ޓްރެއިނިން ކޭމްޕްގައި ކުޅުނު ފުރަތަމަ މެޗުން އަލް އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ. މިރޭ އެއްވަރުކުރި އަލް ވަހްދާ އަކީ ސައުދީ ޕްރޮފެޝަނަލް ލީގުގައި ވާދަކުރި ޓީމެކެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި މިރޭ ކުޅުނު މެޗަށް މާޒިޔާ އިން ނެރުނު ފުރަތަަމަ އެގާރައިގައި ހިމެނެނީ އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް (މިރްޒޯ)، ސަމޫހު އަލީ (ސަމުއްޓޭ)، ސްޕެއިނުގެ ހެސޫސް ޕޯޒޯ، އަހުމަދު އަބްދުﷲ (ލިލީ)، މޫސާ ޔާމީން (ޔާމްބެ)، ހުސެއިން ނިހާން (ނިހާޓް)، ޖަޕާންގެ ޓަކާޝީ އޮޑަވާރާ (ޓަކާ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒް ހަސަން (ދާދު) އަދި ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.

މި މެޗުގައި މާޒިޔާ އިން ވަނީ މުހައްމަދު އިރުފާން (އިރޭ) އާއި އަމްދާން އަލީ (އެންޑީ) ފިޔަވައި ދެން ތިބި ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އަނިޔާ އިން އެއްކޮށް ރިކަވާނުވާތީ އެ ދެ ކުޅުންތެރިންނަށް ނުކުޅެވުނެވެ.

މާޒިޔާ އިން މި މެޗުގައި ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ވަނީ ތައުރީފުކޮށްފަ އެވެ.

މެޗާ ބެހޭގޮތުން "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ވިޑަކޮވިޗް ބުނީ ފުރަތަމަ މެޗުގައި އަލް އިއްތިހާދުގެ ޒުވާން ޓީމާ ދެކޮޅަށް ދެެއްކި ކުޅުމަށް ވުރެ ރަނގަޅަށް މި މެޗުގައި މާޒިޔާ އިން ކުޅުނު ކަމަށާއި ކުޅުންތެރިން ފެނުނީ ވެސް ވަރަށް މޯޓިވޭޓްކޮށް ކަމަށެވެ.

"ފުރަތަމަ މެޗާ (އަލް އިއްތިހާދު މެޗު) އަޅާކިޔާއިރު މި މެޗު ކުޅުނު ހާލަތު ވެސް ވަރަށް ރަނގަޅު. ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް އަހަރެމެން މި ކުޅުނީ. ޓީމުގެ ފަރާތުން ކުރިއެރުން ފެނުނު. މިއީ ވަރުގަދަ ޓީމަކާ ދެކޮޅަށް ދެއްކި ވަރަށް ރަނގަޅު ކުޅުމެއް. މީގެ ސަބަބުން ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވާނެ،" ކުރިން ރެއާލް ބެޓިސް އަށް ކުޅުނު ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާގެ ކޯޗު ވިޑަކޮވިޗް (ކ.5) އެ ޓީމުގެ އޮފިޝަލުންނާ އެކު ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: މާޒިޔާ

މީގެ ހަ ދުވަސް ފަހުން މާޒިޔާ ޓްރެއިނިން ކޭމްޕްގައި ކުޅޭ ފަހު މެޗު އޮންނާނެ އެވެ. މި މަހު 12 ވަނަ ދުވަހު ކުޅޭ އެ މެޗުގައި މާޒިޔާ ނުކުންނާނީ ޖިއްދާ އެފްސީއާ ދެކޮޅަށެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވާން އެފްއޭއެމުން ދިން ފުރުސަތެއްގައި މާޒިޔާ އިން ސައުދީގައި ކޭމްޕް ފުރިހަމަކުރަމުން އަންނައިރު، މިއީ މި މަހު މާލޭގައި ކުޅޭ އޭއެފްސީ ކަޕުގެ މެޗުތަކަށް ތައްޔާރުވެލަން މާޒިޔާ އަށް ލިިބުނު ރަނުގެ ފުރުސަތެކެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކުގެ ތެރެއިން މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ. ދެ ވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު އޭޓީކޭ މޯހަން ބަގާންއާ ބައްދަލުކުރުމަށް ފަހު އޭގެ ތިން ދުވަސް ފަހުން އަންނަ މަހުގެ 24 ވަނަ ދުވަހު ކުޅޭނީ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

މިދިޔަ ދެ ސީޒަނުގައި ރާއްޖޭގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ އަމާޒަކީ މި ފަަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ. ގްރޫޕުން އަނެއް ބުރަށް ދެވޭނީ އެއް ވަނަ ޓީމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox