މާޒިޔާ އިން އަލް-އިއްތިހާދުގެ ޒުވާން ޓީމު ބަލިކޮށްފި

އިއްތިހާދުގެ ޒުވާން ޓީމާ ދެކޮޅަށް ކުޅުނު މެޗަށް މާޒިޔާ އިން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: މާޒިޔާ

އިއްތިހާދުގެ ޒުވާން ޓީމާ ދެކޮޅަށް ކުޅުނު މެޗަށް މާޒިޔާ އިން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: މާޒިޔާ

މި މަހު ކުރިއަށްދާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތަކަށް ތައްޔާރުވާން ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕް ފުރިހަަމަ ކުރަމުން އަންނަ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން މިއަދު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ސައުދީ އަރަބިއްޔާގެ ވަރުގަދަ ކްލަބެއް ކަމަށްވާ އަލް އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު ބަލިކޮށްފި އެވެ.

އިއްތިހާދުގެ ޒުވާން ޓީމު އަތުން މާޒިޔާ މޮޅުވީ 2-1 އިންނެވެ. މިއީ މާޒިޔާ އިން ސައުދީ ޓްރެއިނިން ކޭމްޕް ފެށި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗު ކުޅުނީ މެޗު އޮފިޝަލުން (ރެފްރީންނާއި މެޗު ކޮމިޝަނަރު) ވެސް ހިމަނައިގެން ރަސްމީ އެކުވެރިކަމުގެ މެޗެއްގެ ގޮތުގައި ބަލައިގެންނެވެ.

އަލް އިއްތިހާދުގެ ޒުވާން ޓީމުން ކުރި ގޯލު ޖެހި މި މެޗުގައި މާޒިޔާ އިން ނަތީޖާ އަނބުރާލީ ފަހަތުން އަރަ އެވެ. މާޒިޔާ އަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި ޒުވާން ތަރި ނާއިޒު ހަސަން (ދާދު) އެވެ.

ކުޑަ އަނިޔާއެއްގެ ސަބަބުން މާޒިޔާގެ މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) މި މެޗުގައި ނުކުޅުނު ނަމަވެސް އެހެން ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތު ދިނެވެ.

މާޒިޔާ އިން މި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ބަލާއިރު، ކީޕަރު ހުސެއިން ޝަރީފް (ހުސެން)، ސަމޫހު އަލީ (ސަމުއްޓޭ)، ޖަޕާނުގެ ޓަކާޝީ އޮޑަވާރާ (ޓަކާ)، އަހުމަދު އަބްދުﷲ (ލިލީ)، ހުސެއިން ނައްވާޝް، އަސަދުﷲ އަބްދުﷲ (އަސަކޮ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ނިހާން (ނިހާޓް)، ދާދު، އިބްރާހިމް އައިސަމް އަދި ހަސަން ޝިފާޒް (ޑުންގާ) އެވެ.

މާޒިޔާ އިން މާލޭގައި ބޭއްވި ޓްރެއިނިންއެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މި މެޗަކީ މިރޭ ކުޅެން ހަމަޖެއްސި މެޗެއް ނަމަވެސް ދިމާވި ކަމެއްގެ ސަބަބުން މެޗު ކުޅެން ޖެހުނީ ހަވީރު އެވެ. މެޗު ކުޅުނުއިރު ހޫނުމިން ހުރީ 38 ޑިގްރީ ސެލްސިއަސްގަ އެވެ.

މެޗާ ބެހޭގޮތުން މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް، "އަދަދު" އަށް ބުނީ ހާލަތަށް ބަލާއިރު މިއީ މެޗު ކުޅެން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށާއި އެކަމަކު އެންމެ މުހިއްމު ކަމަކީ މެޗެއް ކުޅެލަން ލިބުން ކަމަށެވެ.

"ހޫނުގަދަވީމަ ދެ ޓީމަށް ވެސް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު. އެކަމަކު އަހަރެން އުފާކުރަން މެޗެއް ކުޅެލައި އަހަރެމެން ކުޅެން ބޭނުންވާ ގޭމަށް މަސައްކަތް ކޮށްލެވުނީމަ،" ކުރިން ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ އިން އޭއެފްސީ ކަޕަށް އަމާޒުކޮށް ޕްރެކްޓިސް ފެށީ މިދިޔަ މަހު 10 ވަނަ ދުވަހު އެވެ. އެ ޓީމުން ސައުދީ އަށް ގޮސް ޓްރެއިނިންތައް ފެށީ މީގެ ހަތް ވަރަކަށް ދުވަސް ކުރިންނެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވާން އެފްއޭއެމުން ދިން ފުރުސަތެއްގައި މާޒިޔާ އިން ސައުދީގައި ކޭމްޕް ފުރިހަމަކުރަމުން އަންނައިރު، އިތުރު މެޗެއް ކުޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާލޭގައި މި މަހު ހޯސްޓްކުރާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތަކުގެ ތެރެއިން މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ. ދެ ވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު އޭޓީކޭ މޯހަން ބަގާންއާ ބައްދަލުކުރުމަށް ފަހު އޭގެ ތިން ދުވަސް ފަހުން އަންނަ މަހުގެ 24 ވަނަ ދުވަހު ކުޅޭނީ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

އެންމެ ފަހުން ދެ ފަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ ޓާގެޓަކީ މި ފަހަރުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox