ނުގެއްލޭ ކަމަށް ނައުފަލް ބުންޏަސް ފުލުހުން އިތުރަށް ބަލަނީ

ނައުފަލް: އޭނާ އިއްޔެ ފެނުނީ ރައްޓެއްސަކާ އެކު ޗާންދަނީ މަގު ގެސްޓު ހައުސްއެއްގައި އުޅެނިކޮށް.

ނައުފަލް: އޭނާ އިއްޔެ ފެނުނީ ރައްޓެއްސަކާ އެކު ޗާންދަނީ މަގު ގެސްޓު ހައުސްއެއްގައި އުޅެނިކޮށް.

ޑޮކްޓަރަށް ދައްކަން މާލެ އައި ގޮތަށް ގެއްލިގެން ހޯދާތާ ހަ ދުވަސް ފަހުން އިއްޔެ އަހްމަދު ނައުފަލް ފެނުނު ނަމަވެސް އޭނާއަށް ވީނުވީއެއް ނޭނގި ގެއްލުނު ތަހުގީގު ކުރިއަށް އެބަދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނައުފަލްގެ ހަބަރެއް ނުވެގެން މިދިޔަ ހޯމަ ދުވަހުން ފެށިގެން އާއިލާ އިން ގެންދިޔައީ މާލެ އާއި ހުޅުމާލޭގެ އެކި ތަންތަން ބަލަމުންނެވެ. އޭނާ ގެއްލުނު ކަން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ވެސް އޮތީ ފޮޓޯއާ އެކު އޭނާ ހޯދަން އިއުލާންކޮށްފަ އެވެ.

ނޫސްތަކުގައި ވެސް އޭނާއާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ރިޕޯޓްކޮށްފައި ވަނިކޮށް އިއްޔެ ނައުފަލް ވަނީ އާއިލާއާ ގުޅައިފަ އެވެ. އަދި އޭނާ ގެއްލުނީ ނޫން ކަމާއި ނުގުޅުނީ ފޯން ހަލާކުވެގެން ކަމަށް ބުނެފައިވެ އެވެ.

ނައުފަލް އިއްޔެ ފެނުމުން އާއިލާއިން ވަނީ އޭނާ ފުލުހަށް ގެންގޮސް ބަޔާން ދީފަ އެވެ. މިހާރު އޭނާ ހުރީ އާއިލާ މީހެއްގެ ގޭގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "އަދަދު" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ޗާންދަނީ މަގުގައި ހުރި ގެސްޓް ހައުސްގައި ނައުފަލް އުޅުނީ އޭނާގެ އެކުވެރި ހާޝިމްއާ އެކުގައި ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ރޭ ބުންޏެވެ. އޭނާ މާލެ އައިސް ކުރިން ވެސް އުޅެނީ އެ ހާޝިމާ އެކުގަ އެވެ.

ނަމަވެސް އެއީ ކާކުކަމެއް އެ އާއިލާއަކަށް ނޭނގެ އެވެ. އަދި އެ ހާޝިމާ ގުޅޭގޮތުން ނައުފަލް ދައްކާފައި ހުރި ވާހަކަތަކާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

މިހާ ދުވަސްވީއިރު އަދި ގެއްލިގެން ފުލުހުން އިއުލާން ކުރުމުން ވެސް ނައުފަލް ހަބަރެއް ނުވީ ކީއްވެގެންތޯ ރޭ "އަދަދު" އިން ސުވާލު ކުރުމުން އާއިލާ މެމްބަރު ބުނީ މިވަގުތަކީ އެ ހުރިހާ ސުވާލެއް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ނުވާތީ އެހެން އަދި ނާހާ ކަމަށެވެ.

އދ. ކުނބުރުދޫ, ޒުވާން މަސްވެރިޔާ، ނައުފަލް 26, ގެއްލިގެން ހޯދަން ފެށީ މިމަހު 26 ވަނަ ދުވަހު އޭނާގެ މަންމައަށް ގުޅިފަހުން ދެން ހަބަރެއް ނުވެގެންނެވެ.

އޭނާގެ ބައްޕަ ދުއްވާ "ޒިކުރާ 2" ދޯނިން ކަންނެއްޔަށް ދާން އުޅޭ ނައުފަލް މި މަހު 20 ގައި މާލެ އައީ ދޯންޏަށް ވެއްޓި ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށެވެ. މާލެ އައިސް އޭގެ އަނެއް ދުވަހު އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox