ނައުފަލް ގެއްލުމުގެ ކުރިން ފަހު ކޯލް މަންމައަށް: އާދަޔާހިލާފު ކަމެއް ނެތް

ގެއްލިގެން ހޯދަމުން އަންނަ އދ. ކުނބުރުދޫ، އަހުމަދު ނައުފަލް، 26،

ގެއްލިގެން ހޯދަމުން އަންނަ އދ. ކުނބުރުދޫ، އަހުމަދު ނައުފަލް، 26،

ކޮންމެ ތަނަކަށް އަހްމަދު ނައުފަލް, 26, ދިޔައަސް އޭނާގެ މަންމައަށް ގަވާއިދުން ގުޅަ އެވެ. އޭނާއަށް ކަމެއް ވެއްޖެ ކަން އާއިލާ އަށް ގަބޫލުކުރެވުނީ އެ ކޯލް ހުއްޓުނު ހިސާބުންނެވެ. ޑޮކްޓަރަށް ދައްކަން މި މަހުގެ 20 ގައި މާލެ އައި އދ. ކުނބުރުދޫ ނައުފަލް އޭނާގެ މަންމައާ އެންމެ ފަހުން ވާހަކަ ދެއްކީ މިދިޔަ ހޯމަ ދުވަހެވެ. އޭގެ ފަހުން ނައުފަލްއަށް ވީ ގޮތެއް ނޭނގެ އެވެ.

އޭނާ ގެއްލުނީ ކަމަށް ނިންމައި ހޯދައިދޭން ފުލުސް އޮފީހުގައި ވެސް ވަނީ އެދިފަ އެވެ.

މަންމައާ އެންމެ ފަހުން ވާހަކަ ދެއްކި ފަހަރު ވެސް އާދަޔާހިލާފު އެއްވެސް ވާހަކައެއް ނައުފަލް ނުދައްކަ އެވެ.

"އެއްވެސް ކަހަލަ ކަމެއް ފާހަގައެއް ނުވޭ. އަބަދުވެސް މަންމައާ ބަރާބަރަށް ކޮންޓެކްޓް ކުރާ ކުއްޖެއް އެއީ. މަންމައަށް ބަރާބަރަށް ގުޅާނެ. މަންމައަށް ހަބަރު ވާނެ ކޮންމެ ތަނެއްގައި އުޅުނަސް. މަންމައަށް ހަބަރު ނުވީމައި މި މައްސަލަ ޖެހުނު ހިސާބަކީ،" ނައުފަލްގެ ދެބެންގެ ދެދަރިދައްތަ ހައްވާ ރަޝީދާ "އަދަދު" އަށް ބުންޏެވެ.

ނައުފަލްގެ މަންމަ އާއި ބައްޕަގެ ހަތަރު ދަރިންގެ ތެރެއިން ނައުފަލްއަކީ ދެ ވަނައަށް އެންމެ ދޮށީ ކުއްޖާ އެވެ.

އާއިލާ އިން ބުނިގޮތުގައި ނައުފަލް އަކީ މިހާތަނަށް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ. އޭނާ މާލެ އަންނަން ޖެހުނީ މަހަށް ގޮސް އުޅެނިކޮށް ވެއްޓި ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ޑޮކްޓަރަށް ދެއްކުމަށެވެ. އޭގެ އިތުރަށް ސިއްހީ މައްސަލަތަކެއް ވެސް ނުހުންނަ ކަމަށް އާއިލާ އިން ބުންޏެވެ.

މާގިނަ މީހުންނާ ކޮންޓެކްޓް އޮންނަ ކުއްޖެއް ނޫން އެއީ. ވަރަށް މަޑުމަޑުން ހުންނާނީ ވެސް. އެހާ ބޮޑަށް މީހުންނާ ވާހަކަ ދައްކައި ހީސަމާސާކޮށް އެހެން އުޅޭ ކުއްޖެއް ނޫން އެއީކީއެއް. ވަރަށް މަދުވާނެ ރައްޓެހިން ވެސް،-- ނައުފަލްގެ މިޒާޖު ކިޔައިދެމުން ހައްވަ ބުންޏެވެ.

ސްކޫލް ނިންމުމަށް ފަހު ނައުފަލް މަސައްކަތް ކުރީ ރިސޯޓެއްގަ އެވެ. އެކަމަކު ކޮވިޑާ ހެދި ރިސޯޓްތަކުގެ މުވައްޒަފުން ވަކި ކުރަން ފެށުމުން މިދިޔަ އަހަރު ރަށަށް ބަދަލުވީ އެވެ. ބައްޕަ ދުއްވާ "ޒިކުރާ 2" ދޯނިން ކަންނެއްޔަށް ދާން ފެށީ އާމްދަނީ ހޯދަން ކޮންމެވެސް މަސައްކަތެއް ކުރަންވެގެންނެވެ.

މާލެ ފޭބުމަށް ފަހު ޖެހިގެން އައި ދުވަހު ނައުފަލް ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ދައްކައިފަ އެވެ. އޭގެ އަނެއް ދުވަހު އައިޖީއެމްއެޗުގައި ގިނަ ވަގުތުތަކެއް ހޭދަކުރި އެވެ. އެއީ އޭނާގެ ދައްތައެއްގެ ފިރިމީހާ އެޑްމިޓްކޮށްފައި އޮތުމުންނެވެ.

އާއިލާ އިން ބުނިގޮތުގައި އެ މީހުންނަކަށް ވެސް ނައުފަލްގެ ފަރާތުން ތަފާތެއް އެ ދުވަހަކު ނުފެނެ އެވެ.

"އެ ތަނުގައި ވަރަށް ގިނައިރު އެ މީހުންނާ ވާހަކަ ދައްކަން އުޅެފައި ދިޔައީ ވެސް،" ދައްތަ ކިޔައިދިނެވެ.

މިދިޔަ ހޯމަ ދުވަހު ނައުފަލް މަންމައާ ވާހަކަ ދައްކަމުން ރަށަށް ދިއުމުގެ ވާހަކަ ވެސް ދެއްކި އެވެ. މަހަށް ދާން ދޯންޏަށް ދެން އަރާނީ ދެ ވަނަ ޑޯޒަށް ފަހު ކަމަށް ވެސް ބުންޏެވެ. އެއީ އާއިލާގެ މީހަކާ ވާހަކަ ދެއްކި އެންމެ ފަހު ކޯލެވެ.

"މި މަހު 27 ވަނަ ދުވަހު [މިދިޔަ އަންގާރަ ދުވަހު] އިނީ އެންމެ ފަހުން އޮންލައިން ވެސް ވެފައި. ދެން އިއްޔެ އިން ފެށިގެން އޭނާގެ ނަމްބަރަށް ގުޅީމަ ވެސް ބުނަނީ ހިދުމަތް ވެސް ކަނޑާލާފައޭ އޮތީ،" ދައްތަ ކިޔައިދިނެވެ.

އުޅުނީ ހާޝިމްއާ އެކު, އެއީ ކާކުކަމެއް ނޭނގެ!

ދައްތަ ކިޔައިދިން ގޮތުގައި ނައުފަލް މި ދަތުރުގައި ވެސް އައިސް އުޅުނީ ހާޝިމް ނަމަކަށް ކިޔާ ރައްޓެއްސަކާ އެކުގަ އެވެ. އެއީ ކުރިން ވެސް ނައުފަލް ދަންނަ އަދި ގުޅުން ބާއްވަމުން އައި މީހެކެވެ.

ހާޝިމްއާ ގުޅޭ ގޮތުން އާއިލާއަށް އެނގޭ އެއްޗަކީ, އޭނާ ޑެލިވަރީގެ ހިދުމަތް ދޭން އުޅޭ ޒުވާނެއް ކަމެވެ. އިތުރު އެއްވެސް މައުލޫމާތެއް އާއިލާއަށް ކިޔައެއް ނުދެ އެވެ.

ނައުފަލް ގެއްލުމާ އެކު ހާޝިމަށް ގުޅޭތޯ އާއިލާ އިން ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު މިހާތަނަށް އެއީ ކާކު ކަމެއް ނޭނގޭ ކަމަށް އާއިލާ އިން ބުންޏެވެ.

އޭނާއަކީ ކާކު ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. އޭނާ[ނައުފަލް] ބުނީ ހާޝިމާއެކު އުޅޭ ކަމަށް. ނަމެއް އެކަނި އަޅުގަނޑުމެންނަށް އެނގެނީ،-- ހައްވަ

އެ މީހުން ކުރިން ތިބީ ހުޅުމާލޭގައި ހުންނަ ހުވާން ބީޗް ގެސްޓް ހައުސްގައި ކަމަށާއި އެއީ ހާޝިމްގެ ބޭބެއެއްގެ ތަނެއް ކަމަށް ނައުފަލް ބުނި ކަމަށް ހައްވަ ބުންޏެވެ.

އާއިލާ އިން ވަނީ އެ ގެސްޓްހައުސްއަށް ގޮސް ނައުފަލްއާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އެއްވެސް މީހަކަށް ނައުފަލްއާ ގުޅޭ ހަބަރެއް ނެތް އިރު ހާޝިމަކީ ކާކުން އެނގުނު އެކަކު ވެސް އެތަނުގައި ނެތް ކަމަށް އާއިލާ އިން ބުންޏެވެ.

އެތަނުގެ އިތުރުން މާލެ އާއި ހުޅުމާލޭގެ ގެސްޓްހައުސްތައް ވެސް އާއިލާ އިން ބަލައިފި އެވެ. އިމިގްރޭޝަން މެދުވެރިކޮށް އޭނާ ރާއްޖެ އިން ބޭރަށް ފުރާފައިވޭތޯ ވެސް ބެލި އެވެ. އިއްޔެއާ ހަމައަށް އެއްވެސް ގައުމަކަށް ރާއްޖެ އިން ދަތުރުކޮށްފައެއް ނުވެ އެވެ.

"ރަށަކަށް ވެސް ދަންޏާމު އެޗްޕީއޭއަށް އެނގިގެން ނޫނީ ނުދާނެތާ. އެހެންވީމަ އަޅުގަނޑުމެން ގަބޫލެއް ނުކުރަން އޭނާ މާލެ، ހުޅުމާލެ، ވިލިނގިލިން ބޭރުވި ކަމަކަށް. މިތިން ރަށުގެ ތެރެއިން ކޮންމެވެސް ރަށެއްގައި ވާނެ ކަމަށް ގަބޫލު ކުރަނީ،"

ފުލުހުން އާއިލާއަށް އަންގާފައިވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އޭނާ ހޯދަން ކުރާ މަސައްކަތެއް ވެސް މިހާތަނަށް އާއިލާއާ ހިއްސާއެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox