ހަމަލާ ރޭވި ބަޔަކާއެކު ޖުމްލަ 10 މީހުން ބަންދުގައި

ހަމަލާގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވި ހަތަރު މީހުން ކަމަށްވާ އަދުހަމާއި ފާތިހާއި މުޖާޒާއި ތަހުމީން: އެކަށީގެންވާ ވަރަށް އެމީހުންނާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ހަމަލާގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވި ހަތަރު މީހުން ކަމަށްވާ އަދުހަމާއި ފާތިހާއި މުޖާޒާއި ތަހުމީން: އެކަށީގެންވާ ވަރަށް އެމީހުންނާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބާރުގަދަ ބޮމެއް ގޮއްވާލި މައްސަލައިގައި ތުހުމަތުކުރެވޭ 10 މީހަކު ބަންދުގައި އެބަތިވި ކަމަށް ފުލުހުންނާއި ޕްރޮސިއުޓާ ޖެނެރަލް (ޕީޖީ) އިން މިރޭ ބުނެފި އެވެ.

މި ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު، 32، އާއި އަހުމަދު ފާތިހު، 23، އެވެ.

މީގެތެރެއިން މުޖާޒާއި ތަހުމީނު އަދި އަދުހަމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މިރޭގެ ނޫސްވެރިންގެ ބަންދުލުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެ މައްސަލާގައި ހައްޔަރުގައި ތިބި މީހުންގެ ވަނަވަރާއި އެ މީހުންގެ ދައުރު ހާމަ ކުރައްވައިފަ އެވެ.

ދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި ނ. މަނަދޫ ނޫރީގޭ، އަލީ ހައިޝަން އެވެ. އޭގެ އިތުރުން އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކު ވެސް ހުރީ އެ މައްސަލަގައި ހައްޔަރުކޮށްފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބަންދުގައި ތިބި މީހުން--
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބަންދުގައި ތިބި މީހުން--

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބަންދުގައި ތިބި މީހުން--

ތަހުގީގަށް އެނގޭ ގޮތުގައި އެ މީހުންގެ ދައުރު:

އަދުހަމް: އޭނާއަކީ ބޮން ގޮއްވާލި މީހާ، އޭނާ ހުރީ ޖާނުންފިދާވެގެން ވެސް އެ ރޭ ހަމަލާ ދޭން ތައްޔާރު ވެގެން.

ތަހުމީން: ހަމަލާދޭން ގޮއްވާލި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރި މީހާ އަދި އެ ސައިކަލްގައި ބޮން ހަރު ކުރުމުގައި ވެސް އޭނާ ބައިވެރިވި. އަދި އޭނާ އަކީ އެ ހަމަލާ ރޭވި ޓެރަރިސްޓު ޖަމާއަތް އައިސިސްގެ ސެލްގައި އިސްކޮށް ހުރި މީހެއް.

މުޖާޒު: އޭނާގެ ދައުރަކީ ހަމަލާ ދިނުމަށް ފަހު އަދުހަމް ފިލައިގެން ދިއުމާއި ލައިގެން ހުރި އަންނައުނު ބަދަލު ކުރުމަށް އެހީވުމުގެ އިތުރުން މާލޭގައި އެ ރޭ ފިލާ ހުރުމަށް މަގުފަހި ކޮށްދިނުން.

ފާތިހު: މީނާއަކީ ހަމަލާއަށް ފަހު އަދުހަމް ފިލަން އެހީވުމަށް މުޖާޒު ސައިކަލްގައި އަދުހަމްގެ ކައިރިއަށް ގެންގޮސް ދިން މީހާ.

ހައިޝަމް: ސައިކަލްގައި ބޮން ހަރުކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި މީހެއް.

އިސްހާގު: ހަމަލާ ރާވާ ހިންގުމުގައި އިސްދައުރެއް އަދާ ކުރި މީހެއް. އަދި ހަމަލާއަށް އަދުހަމް ތައްޔާރު ކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު.

ފަހުމީ އަލީ އާއި މުހައްމަދު ނާޒިމް: ހަމަލާގައި އަމަލީ ގޮތުން އެކި ދައުރު އަދާކޮށްފައިވާ މީހުން.

އަބްދުﷲ އަލިމަނިކު: ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމަށް އިސްކޮށް ހަރަކާތްތެރިވާ މީހެއް. އަދުހަމް ފިލުވުމާއި ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވޭ.

ތަސްލީމް: ރައީސް ނަޝީދަކީ ދީނުން ބޭރުވެ މުރުތަށްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ނަޝީދަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް އެ ސެލްގެ މީހުން ވައްދާ އެ ސެލް ހިންގި މީހާ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މިހާތަނަށް ދައުވާ ކުރަން ފޮނުވާފައިވާ ހަތަރު މީހުންނާ ދޭތެރޭ 15 ދުވަސް ތެރޭ ގޮތެއް ނިންމަން ޖެހޭއިރު އެ މުއްދަތުގެ ތެރޭގައި ދައުވާ ކުރަން ކޯޓަށް ފޮނުވާނެ ކަމަށެވެ.

"މިހާރު ދާ މަރުހަލާއަކީ ފުލުހުން އެއްކުރައްވާފައި ހުރި ހުރިހާ މައުލޫމާތެއް ދިރާސާކޮށް އޭގައި އަޅުގަނޑުމެން ކޯޓަށް ހުށަހަޅާ ޑޮކިއުމެންޓްތަކާއި ހުށަނާޅާނެ ޑޮކިއުމެންޓްތަކާއި މިކަންކަން ސާފުކޮށް ބަޔާން ކުރުމާ ދައުވާތައް އެކުލަވާލުމުގެ މަސައްކަތް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ބައެއް މީހުން އިއުތިރާފުގެ އެއްބަސްވުން ހެދުމަށް މަޝްވަރާ ކުރަމުން ދާ ކަމަށެވެ. އެކަމަށް އަދި ގޮތެއް ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ ރޯދަ މަހު ދިން ހަމަލާއަށްފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ރޭޒާ ފުއް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox