މިހާރު އޮތް ހާލަތަށް ބަލާއިރު މާޒިޔާ އަށް ސައުދީ ކޭމްޕް ވަރަށް މުހިއްމު: ވިޑަކޮވިޗް

މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ރިސްޓޯ ވިޑަކޮވިޗް (މ): މާޒިޔާ އަށް ސައުދީ އަރަބިއްޔާގެ ކޭމްޕްގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ރިސްޓޯ ވިޑަކޮވިޗް (މ): މާޒިޔާ އަށް ސައުދީ އަރަބިއްޔާގެ ކޭމްޕްގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މި ވަގުތުގެ ހާލަތަށް ބަލާއިރު މާޒިޔާ އަށް ސައުދީ އަރަބިއްޔާގެ ކޭމްޕް ވަރަށް މުހިއްމު ކަމަށް އެ ޓީމުގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

މާޒިޔާ އިން ތައްޔާރުވަމުން އަންނަނީ އަންނަ މަހު މާލޭގައި ބާއްވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތަކަށެވެ. މި ވަގުތަށް ބަލާއިރު، އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބިފައި އޮތީ މާޒިޔާ އަށެވެ. އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ދެން އެ ގްރޫޕަށް ވަންނާނީ ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅެގެން މޮޅުވާ ޓީމެކެވެ. އެ މެޗު ކުޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

އޭއެފްސީ ކަޕްގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން މިރޭ ސައުދީ އަށް ޓްރެއިނިން ކޭމްޕަކަށް ފުރާއިރު، އެ ކޭމްޕާ ބެހޭގޮތުން މާޒިޔާގެ ކޯޗު ވިޑަކޮވިޗް، "އަދަދު" އަށް ބުނީ މިއީ މި ވަގުތަށް ބަލާއިރު، އެ ޓީމަށް ވަރަށް މުހިއްމު ކޭމްޕެއް ކަމަށެވެ.

"ވަރަށް ވާދަވެރި މެޗުތަކެއް އަހަރެމެން ކުޅެން ޖެހިފައި މި ހުރީ. ރަނގަޅު ވަސީލަތްތަކެއްގައި ރަނގަޅު އެއްޗެހި ކައިގެން ރިކަވަރީ އަށް ވެސް އިސްކަން ދީގެން އަހަރެމެންނަށް ޓީމެއްގެ ގޮތުގައި އުޅެވޭނެ ގޮތް މި އޮތީ (ޓްރެއިނިން ކޭމްޕުން) ފަހިވެފައި. އަހަރެމެން ބޭނުންވާ ހުރިހާ ކަމަކަށް ބަލާއިރު ސައުދީ އަރަބިއްޔާ އިން އެކަންކަން ހާސިލްކުރެވޭނެ،" ރެއާލް ބެޓިސް އާއި އޮސަސޫނާގެ ޑިފެންޑަރެއްގެ ގޮތުގައި ފެނުނު ވިޑަކޮވިޗް ބުންޏެވެ.

މިދިޔަ މެއި މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އޭރު ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުން އެޗްޕީއޭ އިން ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގި އެވެ. މިއީ ލީގު ފެށުމަށް ފަހު މިދިޔަ ސީޒަން ތެރޭ ހުއްޓާލަން ޖެހުނު ދެ ވަަނަ ފަހަރެވެ.

އެޗްޕީއޭގެ އެންގުމާ އެއްގޮތަށް އޭރު ކުޅެމުންދިޔަ ދިރާގު ދިވެހި ޕްރިމިއާ ލީގު ވެސް ހުއްޓާލި އެވެ. އެ ފަހުން މެޗުތައް ނުބޭއްވި ފަރިތަކުރުންތައް ވެސް ބޭއްވޭނެ ގޮތެއް ނުވުމުން މިދިޔަ މެއި މަހު ފަހުކޮޅު އެފްއޭއެމުން ނިންމީ ސީޒަން ކުރުކޮށްލާށެވެ. އެއީ ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު އެވެ. އެ ގޮތަށް ނިންމީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވާ ގޮތަށެވެ. ލީގުގެ ދެ ވަނަ ބުރަށް ފަހު މުބާރާތް ނިންމާލަން އެފްއޭއެމުން ނިންމުމުން މެޗަކުން ބަލިނުވެ، ލީގުގެ ޗެމްޕިއަންކަން މާޒިޔާ އަށް ލިބުނީ އެވެ.

ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މާޒިޔާ އިން ޕްރެކްޓިސް ފެށީ މި މަހު 10 ވަނަ ދުވަހު އެވެ. ސައުދީ އަށް މިރޭ ޓްރެއިނިން ކޭމްޕަށް ފުރާއިރު، އެނބުރި އަންނާނީ އަންނަ މަހު 14 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް ތިން ހަފްތާއެއްހާ ދުވަހު ސައުދީގައި ޓްރެއިނިން ކުރިއަށްގެންދާނެ އެވެ.

މާލޭގައި އަންނަ މަހު ހޯސްޓްކުރާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތަކުގެ ތެރެއިން މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 18 ވަނަ ދުވަހު ކުޅޭނީ ބަޝުންދުރާއާ އެވެ. ދެ ވަނަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު އޭޓީކޭ މޯހަން ބަގާންއާ ބައްދަލުކުރުމަށް ފަހު އޭގެ ތިން ދުވަސް ފަހުން އަންނަ މަހުގެ 24 ވަނަ ދުވަހު ކުޅޭނީ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވާން މާޒިޔާ އިން ބޭއްވި ފަރިތަކުރުމެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ވިޑަކޮވިޗް ބުނީ މި ވަގުތު ހާލަތު ހުރިހާ ޓީމަކަށް ދާދި ހަަމަހަމަކޮށް އޮތް ނަމަވެސް ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ މެޗުތައް ކުޅޭތީ މީގެ ބަޝުންދުރާ ކޮޅަށް ކުޑަ އެޑްވާންޓޭޖެއް އެބައޮތް ކަމަށެވެ.

"ވާދަވެރި މެޗުތަކެއް ކުޅެފައި އައީމަ ބަޝުންދުރާ އަށް ކުޑަ އެޑްވާންޓޭޖްތަކެއް ހުންނާނެ،" ވިޑަކޮވިޗް ބުންޏެވެ.

އޭއެފްސީ ކަޕާއި އަންނަ ސީޒަނަށް އަމާޒުކޮށް މާޒިޔާ އިން ވަނީ މިދިޔަ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ގޯލު ބެލެހެއްޓި އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ގެނެސްފަ އެވެ. އުޒްބެކިސްތާންގެ އެންމެ މަތީ ދެ ޑިވިޝަނަށް ކުޅުނު މިރްޒޮހިދާ ބެހޭގޮތުން ވިޑަކޮވިޗް ބުނީ ރާއްޖޭގައި ކުޅެފައި ހުރި ކީޕަރެެއް ވުމުން ޓީމަށް ހޭނެން މާ ބޮޑު އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މާޒިޔާ ސްކޮޑަށް ބަލާއިރު ކައިރި ކައިރީގައި ތިން މެޗު ކުޅެވޭ ވަރަށް ޓީމުގެ ފެންވަރު ރަނގަޅު ކަމަށާއި މީގެ ކުޅުންތެރިންގެ ފޯކަސް ރަނގަޅަށް ބެހެއްޓުން މުހިއްމުކަން ވިޑަކޮވިޗް ފާހަގަކުރި އެވެ.

"ރަނގަޅު ޓީމެއް އެބައޮތް. އަހަރެމެންނަށް އެނގޭ އަހަރެމެން ދަނޑުމަތީގައި ކުރަން ޖެހޭ މަސައްކަތަކީ ކޮބައިކަން. އެއް ހަފްތާއެއްހާ ދުވަސް ތެރޭގައި ތިން މެޗު ކުޅެން މި ޖެހެނީ،" ވިޑަކޮވިޗް ބުންޏެވެ.

ކޯޗިން ކެރިއަރުގައި ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށް ފަހުން ފިލިޕީންސްގެ ޗެރެސް އަށް ޖެހިޖެހިގެން ތިން ފަހަރު އެ ގައުމުގެ ލީގު ހޯދައިދިން ވިޑަކޮވިޗް ބުނީ ފިޒިކަލް ފިޓްނަސް ވެސް މުހިއްމު ކަމަށާއި އެކަަމަކު ކުޅުންތެރިއެއް އަމިއްލަ ނަފްސަށް ވިސްނައިގެން މަސައްކަތް ކުރުމުގެ ފައިދާ މާ ބޮޑުވާނެ ކަމަށެވެ.

"ހަގީގަތުގައި ފިޒިކަލް ފިޓްނަސް އަކީ އެ ކުޅުންތެރިއަކު އަމިއްލަ ނަފްސާ މެދު ވިސްނައިގެން ކުރާ މަސައްކަތުން ނެޗުރަލީ އަންނަ އެއްޗެއް. މީގެ އޮތީ ކުޅުންތެރިއަކު ކުރާ މަސައްކަތް. އަހަރެންގެ ނަޒަރުގައި ފުޓްބޯޅަ އަކީ މުޅި އެއްކޮށް ހަމައެކަނި ފިޓްވެގެން ކުރެވޭނެ ކަމެއް ނޫން. މީގެ މެންޓަލީ ވެސް ތައްޔާރުވާން ޖެހޭ،" ވިޑަކޮވިޗް ބުންޏެވެ.

މިިދިޔަ ޖެނުއަރީ މަހު މާޒިޔާގެ ކޯޗުކަމާ ވިޑަކޮވިޗް ހަވާލުވި ފަހުން އެ ޓީމުގެ ކުޅުން މެޗަކަށް ފަހު މެޗެއް އަންނަނީ ރަނގަޅުވަމުންނެވެ. އެކަމަކު އެންމެ ބޮޑު މައްސަލަ އަކަށް ދިމާވަނީ ޓީމު ރަނގަޅު ސިސްޓަމަކަށް ކުޅެން ފަށާއިރަށް ކޮންމެވެސް ސަބަބަކާ ހުރެ ހުއްޓާލަން ޖެހުމެވެ. އެންމެ ފުރަތަމަ ފެބްރުއަރީ މަސް ތެރޭގައި ބޮޑު ބްރޭކެއް އައުމަށް ފަހު މާޗް މަހު ފެށި އެވެ. އެއީ ފަންސާސް ދުވަހުގެ މެދުކެނޑުމެކެވެ.

އަނެއްކާ މި ފަަހަރު ދެ މަސް ދުވަހަށް ފަހު އަލުން ޕްރެކްޓިސްތައް ފަށައިގެން ކުރިއަށްދާއިރު، ވިޑަކޮވިޗް ބުނީ މިހާރު އަނެއްކާ ވެސް މަސައްކަތް ކުރަން ޖެހިފައި އޮތީ ސުމަކުން ފަށައިގެން ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކަށް މެންޓަލީ އަދި ފިޒިކަލީ އެއްވަރަކަށް ފޯކަސް ކޮށްގެން ތައްޔާރުވުން މުހިއްމުވާނެ ކަމަށް ވިޑަކޮވިޗް ބުންޏެވެ.

މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު މާޒިޔާ އިން ސައުދީގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަކުރާނެ ދެ ވަނަ ފަހަރެވެ. އެ ޓީމުން ވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް އެފްއޭއެމުން ހޯދައިދިން ފުރުސަތެއްގައި ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަކޮށްފަ އެވެ. މާޒިޔާ އަށް އެ ފަހަރު ޓްރެއިނިން ކޭމްޕް ދިނީ އެ އަހަރު ކްލަބް ލައިސަންސް މައްސަލަ ޖެހިގެން އޭއެފްސީ ކަޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު ދިވެހި ދެ ކްލަބް ތެރޭގައި މާޒިޔާ ހިމެނޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox