އިމާރާތްކުރުމާއި ގެދޮރުގެ ހުރިހާ ސާމާނެއް ލިވިން އެކްސްޕޯ އިން

ލިވިން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި އިވެންޓު އިންތިޒާމުކުރާ ހައިރައިޒްގެ ޑިރެކްޓަރު މުހައްމަދު ޝާމިން. -- ފޮޓޯ: ހާފް ކޯޓް މޯލްޑިވްސް

ލިވިން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި އިވެންޓު އިންތިޒާމުކުރާ ހައިރައިޒްގެ ޑިރެކްޓަރު މުހައްމަދު ޝާމިން. -- ފޮޓޯ: ހާފް ކޯޓް މޯލްޑިވްސް

އިމާރާތްކުރުމާއި ގޭޔަށް ބޭނުންވާ ސާމާނުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި އާންމުން އެއްތަނަކަށް އެއްވެ މައުލޫމާތު ބަދަލުކުރުމުގެ ބޭނުމުގައި ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ ލިވިން އެކްސްޕޯ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިގެން ކުރިޔަށް އެބަދެ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ އެކްސްޕޯގައި ވެސް ރާއްޖެ އާއި ބޭރުގެ ކުންފުނިތަކުން ބައިވެރިވި އެވެ.

މިގޮތުން ރިއަލް އެސްޓޭޓް އާއި ފިނިޝިން އާއި އިމާރާތްކުރުމާއި ފަރުނީޗަރުގެ އިތުރުން ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނު ވިއްކާ 35 އެގްޒިބިޓަރަކު މި އަހަރުގެ ޝޯގައި ބައިވެރިވެ އެވެ. އަދި އެލައިޑް އިންޝުއަރެންސާއި އުރީދޫ ހިމެނޭ ގޮތަށް ތަފާތު ހިދުމަތްތައްދޭ ވިޔަފާރިތައް ވެސް ބައިވެރިވެ އެވެ.

ލިވިން އެކްސްޕޯގައި ބައިވެރިވާ ބޭރު ކުންފުނިތައް

  • މޯހަން މުތާ އެކްސްޕޯޓް - އިންޑިއާ
  • ސެންޑަލް މޮރިޝަސް - އިންޑިއާ
  • ލިންބަކް - މެލޭޝިއާ
  • ރެނެކޮން - އިންޑިއާ

ހައިރައިޒުން ބުނި ގޮތުގައި ލިވިން އެކްސްޕޯއިން އާންމުންނާއި ވިޔަފާރިތަކަށް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ބޭނުންވާ މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އިމާރާތެއްގެ މަސައްކަތް ފަށަން ބޭނުންވާ މީހުންނަށާއި ގޭގެ ފިނިޝިން މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ވެސް އެއް ތަނަކުން ހުރިހާ މައުލޫމާތެއް ލިބޭނެ ފަހި އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ކޮންމެ އަހަރެއްގެ އެކްސްޕޯގައި ވެސް ޒިޔާރަތްކުރާ މީހުންނަށް ހާއްސަ އޮފާތަކާއި އިނާމުތައް ލިބެ އެވެ. މި އަހަރު ވެސް އެގްޒިބިޓަރުންނާއި ޕާޓްނަރުންގެ ހާއްސަ އިނާމުތައް ލިބޭނެ ކަމަށް ހައިރައިޒުން ބުންޏެވެ.

ލިވިން އެކްސްޕޯގެ ރިއަލް އެސްޓޭޓް އެގްޒިބިޓަރުން

  • އަކުއާ ވީޓާ ރެޒިޑެންސީސް (އެންޕީއެޗް އިންވެސްޓްމަންޓްސް)
  • ސޮލްޓެއާ (ސެންޑަލް މޮރިޝަސް)
  • ދަ ކްރީކް ވިޔު (ސަސޭ-ގްލެޓް ޖޮއިންޓް ވެންޗާ)
  • ބްލޫހޭވަން (އާރްސީސީ)

މިއީ ލިވިން އެކްސްޕޯ ބާއްވާ ނުވަ ވަނަ އަހަރެވެ. ހައިރައިޒުން ބުނީ މި އަހަރުގެ އިވެންޓަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އިއްޔެ އެކަނި ވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރި ކަމަށެވެ.

މިއަދަކީ އެކްސްޕޯ ކުރިޔަށްދާ ފަހު ދުވަހަށް ވާއިރު، މިއަދު ވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ހައިރައިޒުން ބުންޏެވެ. މި އެކްސްޕޯ ކުރިޔަށްދާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

ލިވިން އެކްސްޕޯގެ ފާހަގަކޮށްލެވޭ އެގްޒިބިޓަރުން

ރެއިންބޯ އެންޓަޕްރައިސަސް

  • ހައި އެންޑް ފާނިޗާ
  • އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް
  • އެޕިކް ޝެލްޓާ ބައި ލަކްސް
  • ވިލާ ހަކަތަ

ލިވިން އެކްސްޕޯ 2021 ގެ ޕްލެޓިނަމް ޕާޓްނަރަކީ މޯހަން މުތާ އެވެ. ގޯލްޑް ޕާޓްނަރަކީ ސެންޑަލް މޮރިޝަސް އެވެ. ސަޕޯޓިންގް ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ ހައުސިން މިނިސްޓްރީ އާއި އެޗްޑީސީގެ އިތުރުން މެޑްޓެކާއި އެޕިކް ޝެލްޓާ ބައި ލަކްސް އެވެ.

މިއީ 2013 ވަނަ އަހަރު ބާއްވަން ފެށި ލިވިން އެކްސްޕޯގެ ނުވަ ވަނަ އެޑިޝަނެވެ. މި އެކްސްޕޯއަކީ ގެދޮރާއި ދިރިއުޅުމުގެ ކަންކަމަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެކްސްޕޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox