އެސްޓީއޯއިން ވިއްކާ ކާޑާއި ބޭސް ސީދާ އުތުރާއި ދެކުނަށް

މާލޭގައި ހުންނަ އެސްޓީއޯ ކާޑު ގުދަނުން މުދާތަކެއް ބަރުކުރަނީ: އެސްޓީއޯގެ މުދާ އުތުރާއި ދެކުނަށް އިމްޕޯޓްކުރަނީ ހަރަދުތައް ކުޑަކުރުމަށާއި އެސްޓީއޯގެ ހިދުމަތްތައް ފުޅާކުރަން -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

މާލޭގައި ހުންނަ އެސްޓީއޯ ކާޑު ގުދަނުން މުދާތަކެއް ބަރުކުރަނީ: އެސްޓީއޯގެ މުދާ އުތުރާއި ދެކުނަށް އިމްޕޯޓްކުރަނީ ހަރަދުތައް ކުޑަކުރުމަށާއި އެސްޓީއޯގެ ހިދުމަތްތައް ފުޅާކުރަން -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ ކާޑާއި، ބޭހާއި، މެޑިކަލް ސާމާނު މާލޭ ބަނދަރަށް ގެނައުމުގެ ބަދަލުގައި ސީދާ އުތުރާއި ދެކުނުގެ ބަނދަރުތަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެ އެވެ.

މިހާރު ވެސް އެސްޓީއޯއިން އަންނަނީ ކޮންމެވެސް ވަރަކަށް ދެކުނުން، އައްޑޫ ސިޓީ ހިތަދޫގެ ބަނދަރަށް ބައެއް ކަހަލަ ސާމާނު ފޮނުވަމުންނެވެ. ނަމަވެސް އެ ކުންފުނީގެ ވިސްނުން ހުރީ މި މަސައްކަތް އިތުރަށް ފުޅާކޮށް އެ ކުންފުނިން ގެންނަ މުދާ ޑައިރެކްޓްކޮށް އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ބޭލޭނެ ގޮތް ހެދުމަށެވެ.

މި މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅިގެން އަމްރު "އަދަދު"އަށް ވިދާޅުވީ، މިހާރު އެ ކުންފުނިން ކުރަމުން ދަނީ މި ދެ ރަށުގައި ހުރި އެސްޓީއޯގެ ވެއާހައުސްތައް ބޮޑުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އައްޑޫއަށް އެސްޓީއޯގެ މުދާ އެތެރެކުރަން ވާން ޖެހޭ ތައްޔާރީތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ކުރިއަށް މިއޮތް އޮގަސްޓް މަހުގެ ތެރޭގައި އެކަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"ދާދި އަވަހަށް އަޅުގަނޑުމެންނަށް އައްޑޫގައި އެކަން ފެށޭނެ. މިހާރު އަޅުގަނޑުމެން އެކަމަށް ބޭނުންވާ ސެޓަޕް ހެދިއްޖެ. އަޅުގަނޑު ގަބޫލުކުރަނީ އަންނަ މަހު ހިސާބު އަޅުގަނޑުމެންނަށް ސީދާ، މިހާރު އައްޑޫއަށް ގެންދާ އެއްޗެހީގެ އިތުރުން ކާޑާއި މެޑިކަލް ސާމާނު ޑައިރެކްޓްކޮށް ގެންދަން ފެށޭނެ" އަމްރު ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރަށާއި ދެކުނަށް ބޭރުން މުދާ ގެންނަން ފެށުމުން މި ސަރަހައްދުތަކަށް އެސްޓީއޯގެ ހިދުމަތްތައް ފުޅާވުމުގެ އިތުރަށް، މުދަލުގެ އަގު ދަށްކުރަން ފަހިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އޭރުން މިހާރަށް ވުރެ ފަސޭހައިން އަތޮޅުތެރެއަށް އެސްޓީއޯގެ މުދާ ފޯރުކޮށްދެވޭނެ ކަމަށް ވެސް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox