ޓޫރިސްޓުންގެ ރެކޯޑް ހަފްތާއެއް؛ އަމާޒަށް ވާސިލުވުމުގެ އުއްމީދު ބޮޑު

ރާއްޖެ އައި އެއާލައިނެއްގެ ކްރޫއިން ލޯންޗަކަށް އަރަނީ: އެރައިވަލްތައް އިތުރުވުމާ ފްލައިޓް ދަތުރުތައް އިތުރުވުމާ ގުޅޭ -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ރާއްޖެ އައި އެއާލައިނެއްގެ ކްރޫއިން ލޯންޗަކަށް އަރަނީ: އެރައިވަލްތައް އިތުރުވުމާ ފްލައިޓް ދަތުރުތައް އިތުރުވުމާ ގުޅޭ -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ހުސްވި ހަފުތާގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 4،000 އަށް އުފުލިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 4،102 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

އަދި ކޮވިޑުގެ ހަތަރުވަނަ ރާޅުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އައި ހީނަރުކަމަށް ފަހު އެންމެ ގިނަ އަދަދެެއްގެ ޓޫރިސްޓުން ޒިޔާރަތްކުރީ ވެސް މިދިޔަ ހަފުތާގަ އެވެ.

Advertisement

އޭގެ އިތުރުން ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އައީ ވެސް އެ ހަފުތާގަ އެވެ. އެގޮތުން އާދިއްތަ ދުވަހު ރާއްޖެއަށް 4،834 ޓޫރިސްޓުން އައެވެ. މިއީ ކޮވިޑުގެ ކުރިން ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ޓޫރިސްޓުންނާ ދާދި އެއް ހަމަ އަދަދެކެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވި މައިގަނޑު ސަބަބަކީ ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލި ބައެއް އެއާލައިންތަކުން އަލުުން ދަތުރުތައް ފެށުމާއި ފްލައިޓްތައް އިތުރުކުރުމާއި ގުޅިގެންނެވެ.

އޭގެ އިތުރުން ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ރާއްޖެ އާދެވޭ ގޮތަށް ހުޅުވާލުމާއި ކޮވިޑާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުން ވެސް ޓޫރިސްޓުން އިތުރުވަމުން އަންނަ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޖުމްލަ ޓޫރިސްޓުންގެ އަދަދަށް ބަލާއިރު އަހަރުގެ މިހާތަނަށް ރާއްޖެއަށް 579,744 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. އެއާއެކު ހުސްވި އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު މިއަހަރުގެ މިހާތަނަށް ވަނީ ހުރަސްކޮށްފަ އެވެ.

މިހާރު ރާއްޖޭގެ ޓޫރިޒަމް ޖަހާފައިވާ މިސްރާބަށް ބަލާއިރު، މި އަހަރުގެ ތެރޭގައި އެއް މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމުގެ ޔަގީންކަން ވަނީ އިތުރުވެފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދެކުނު އޭޝިއާއިންނާއި އިރުމަތީ ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރަށް ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އަންނަނީ މިހާރު ރާއްޖެ އަންނަ އަދަދުުތަކަށް ބަލައި، މި އަހަރުގެ އެރައިވަލް ހިސާބުތައް މުރާޖައާ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމްގެ ހާލަތު ދައްކަނީ ރަނގަޅަށެވެ.

އެކަމަކު މިގޮތަށް ހާލަތު ދެމެހެއްޓުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، އޭނާ ވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި އެންގުންތަކަށް ތަބާވުމަށް އާންމުންނަށާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox