މޯލްޑިވްސް އިސްލާމިކް ބޭންކުން ބޮޑު އީދާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފި އެވެ.
މިއަދު މާލެ އާއި ހުޅުމާލޭގައި ހިންގި މި ހަރަކާތުގައި އެމްއައިބީން ވަނީ މާލޭގައި އެ ބޭންކުގެ ހެޑްއޮފީސް އިމާރާތް ކައިރީގައި އަދި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި އީދު ނަމާދަށް ދިޔަ ކުޑަކުދިންނަށް ހަދިޔާ ބަހައިފަ އެވެ.

އެމްއައިބީން މާލެ އާއި ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ އީދު ހަދިޔާ ބެހުމުގެ ހަރަކާތުގެ ތެރެއިން --
އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ފިޔަވަތި ކުޑަކުދިންގެ މަރުކަޒުގައި ތިބޭ ހުރިހާ ކުދިންނަށް ވެސް އެމްއައިބީން ވަނީ އީދު ހަދިޔާ ބަހައިފަ އެވެ.
އެމްއައިބީގެ އީދު ހަދިޔާ ބެހުމުގެ ހަރަކާތާ ގުޅޭގޮތުން އެ ބޭންކުން ބުނީ، މިއީ އީދު ދުވަހު ކުދިންނަށް ހަދިޔާއެއް ދިނުމަށާއި އީދުގެ އުފާ އާލާކުރަން ބޭންކުން ބޭއްވި ހަރަކާތެއް ކަމަށެވެ.










