އެމްއައިބީ ގެސްޓްހައުސް އެވޯޑްސް ކްރޯ މޯލްޑިވްސްއާ ހަވާލުކޮށްފި

އެމްއައިބީ ގެސްޓްހައުސް އެވޯޑްގެ މަސައްކަތްތައް ކްރޯ މޯލްޑިވްސްއާ ހަވާލުކުރުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އެމްއައިބީ ގެސްޓްހައުސް އެވޯޑްގެ މަސައްކަތްތައް ކްރޯ މޯލްޑިވްސްއާ ހަވާލުކުރުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިސްނަގައިގެން ގެސްޓްހައުސް ސިނާއަތުގައި ފާހަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ދިނުމަށް ނިންމާފައިވާ އެވޯޑުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދަން ކްރޯ މޯލްޑިވްސްއާ ހަވާލުކޮށްފި އެވެ.

އޮޑިޓިން، ޓެކްސް އަދި އެޑްވައިޒަރީ ދާއިރާގައި ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރާ ގްލޯބަލް ނެޓްވޯކެއް ކަމަށްވާ ކްރޯ މޯލްޑިވްސްއާ މި މަސައްކަތް ހަވާލުކުރީ މި އަހަރު އޮކްޓޯބަރު މަހު ބާއްވާ އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ތެރެއިން އެ އެވޯޑު ދިނުމަށެވެ.

މި އެވޯޑާ ގުޅިގެން ކްރޯ މޯލްޑިވްސްއާ ހަވާލުކުރެވިފައިވާ މައިގަނޑު މަސްއޫލިއްޔަތުތަކަކީ އެވޯޑު ދިނުމަށް ބޭނުންކުރާ އުސޫލުތަކާއި އޮނިގަނޑު އެކުލަވާލުން، ނޮމިނޭޝަނާއި އެޕްރލިކޭޝަން ފޯމު ހުށަހެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން، ޖަޖިން ޕެނަލް އެކުލަވާލުން، އެޕްލިކޭޝަން އިވެލުއޭޓް ކުރުމުގެ މަސައްކަތް ބެލެހެއްޓުން އަދި އެވޯޑް ލިބޭ ފަރާތްތައް އިއުލާންކުރުމުގައި އެހީތެރިވުމެވެ.

ކްރޯ މޯލްޑިވްސްގެ މެނޭޖިން ޕާޓްނަރު ހަސަން މުހައްމަދު ވިދާޅުވީ މިފަދަ މުހިންމު މަސައްކަތެއް ކުރިއަށްގެންދަން އެމްއައިބީން އިސްނެގުމަކީ ގެސްޓްހައުސް ސިނާއަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓިނިވި ފަތުރުވެރިކަން ކުރިއަރުވަން ލިބޭނެ ހިތްވަރެއް ކަމަށެވެ.

ގެސްޓްހައުސްތަކަށް ދެވޭ އެވޯޑް:

  1. ސާވިސް އެކްސެލެންސް އެންޑް ހޮސްޕިޓާލިޓީ އެވޯޑް.
  2. އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް އެވޯޑް.
  3. އައިލެންޑް އެކްސްކާޝަންސް އެންޑް އެކްސްޕީރިއަންސެސް އެވޯޑް.
  4. ކަލިނަރީ އެކްސްޕީރިއަންސް އެވޯޑް.
  5. އިކޯ ފްރެންޑްލީ އެވޯޑް.
  6. ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް.
  7. ޑިޖިޓަލް ޕްރެސެންސް އެވޯޑް.
  8. އައިކޮނިކް މެރިން އެންޑް ޑައިވް އެކްސްޕީރިއަންސް އެވޯޑް.

ވަކިވަކި ފަރުދުންނަށް ދެވޭ އެވޯޑް:

  1. ޓެލެންޓް އެންޑް ކަލްޗާ ޗެމްޕިއަން އެވޯޑް.
  2. ގެސްޓް އެކްސްޕީރިއަންސް ޗެމްޕިއަން އެވޯޑް.
  3. އައުޓްސްޓޭޑިން ޑައިވް ލީޑާ އެވޯޑް.

ރަށަށް ދެވޭ އެވޯޑް:

  1. ގެސްޓްހައުސް ވިޔަފާރި ތަރައްގީކޮށް ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދޭ ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރަށަށް ދެވޭ އެވޯޑް.

އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރުގެ ޖުލައި 15، އިން އޮގަސްޓް 20، ގެ ނިޔަލަށް ހުޅުވާލަން ހަމަޖެހިފައިވާއިރު، އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ގެސްޓްހައުސް ސިމްޕޯޒިއަމް ބާއްވަނީ މި އަހަރުގެ އޮކްޓޯބަރު ކޮން ދުވަހެއްގައި ކަމެއް އެމްއައިބީން ހާމައެއް ނުކުރެ އެވެ.

ގެސްޓްހައުސް ދާއިރާއާ ހުރިހާ އެންމެން އެއް ތަނަކަށް ގެންނަ އެމްއައިބީ ސިމްޕޯޒިއަމްގެ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުވެސް ބާއްވާފައިވެ އެވެ. އެމްއައިބީގެ ގެސްޓްހައުސް އެވޯޑްސް އިއުލާންކުރީ މިދިޔަ އަހަރު 150 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްގެންދިޔަ ސިމްޕޯޒިއަމް ނިންމާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox