އެމްއައިބީ ގެސްޓްހައުސް އެވޯޑުގެ ޝަރުތުތައް ހާމަކޮށްފި

އެމްއައިބީ ގެސްޓްހައުސް އެވޯޑުގެ ޝަރުތުތައް ހާމަކޮށްފި

ރާއްޖޭގެ ގެސްޓްހައުސް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދޭން ނިންމާފައިވާ "ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމަށް ބޭނުންވާ މައިގަނޑު ޝަރުތުތައް އާންމުކޮށްފިއެވެ.

މި އެވޯޑަކީ ގެސްޓްހައުސްތަކާއި، އެ ދާއިރާގައި މަސައްކަތްކުރާ ފަރުދުންގެ އިތުރުން ލޯކަލް ޓޫރިޒަމް ކުރިއަރުވާ ރަށްރަށަށް ހާއްސަކޮށްގެން ދޭ އެވޯޑެކެވެ.

އެމްއައިބީން ބުނި ގޮތުގައި އެވޯޑަށް ކުރިމަތިލާ ފަރާތްތައް ތިން ދާއިރާއަކަށް ބަހާލައިގެން ޝަރުތުތައް ވަނީ ކަނޑައަޅާފައެވެ.

1. ގެސްޓްހައުސް ކެޓަގަރީގެ ޝަރުތުތައް

ގެސްޓްހައުސްތަކަށް ހާއްސަ އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތަކުން ތިރީގައިވާ ކަންކަން ފުރިހަމަވާންޖެހެއެވެ:

  • ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނީ ދަށުން ރަޖިސްޓްރީވެފައިވާ، ސައްހަ ލިޔެކިޔުން ހުރި ތަނަކަށްވުން
  • މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ސައްހަ ގެސްޓްހައުސް އޮޕަރޭޓިން ލައިސަންސެއް އޮތުން
  • ޓޫރިޒަމް ސިނާއަތުގެ ސިއްހީ، ސަލާމަތީ އަދި ތިމާވެށީގެ މިންގަނޑުތަކަށް އަމަލުކުރާކަމުގެ ލިޔެކިޔުންތައް ހުށަހެޅުން
  • މީރާގެ "ޓެކްސް ކްލިއަރެންސް" ރިޕޯޓާއި، ޕެންޝަނާ ބެހޭ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް އަމަލުކުރާކަމުގެ ލިޔެކިޔުންތައް ހުށަހެޅުން
  • އެވޯޑަށް ހުށަހަޅާ ތާރީހާ ހަމައަށް މަދުވެގެން 12 މަސްދުވަހު މެދުކެނޑުމެއް ނެތް ގޮތުގައި ހިންގަމުންދާ ތަނަކަށްވުން
  • އޮންލައިން ޓްރެވަލް އެޖެންސީ ތަކުގައި ހަރަކާތްތެރިކޮށް އޮތުން.

2. ފަރުދީ ކެޓަގަރީގެ ޝަރުތުތައް

ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ އެވޯޑަށް ކުރިމަތިލެވޭނީ:

  • ދިވެހި ރައްޔިތަކަށްވުން
  • އެމްއައިބީ ނުވަތަ އެވޯޑް އިންތިޒާމުކުރާ ކްރޯ މޯލްޑިވްސްއާ އެއްވެސް މަސްލަހަތު ފުށުއެރުމެއް ނެތްކަމުގެ އިގުރާރެއް ހުށަހެޅުން

3. ރަށު ފެންވަރުގެ ކެޓަގަރީގެ ޝަރުތުތައް

ގެސްޓްހައުސް ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށަށް ދޭ އެވޯޑަށް ޝަރުތު ހަމަވާނީ:

  • ރަށު ފެންވަރުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މެދުކެނޑުމެއް ނެތް ހަރަކާތްތަކެއް ހިންގާކަމުގެ ހެކި ހުށަހެޅުން.
  • އެ ރަށެއްގައި އޮޕަރޭޓްކުރާ ގެސްޓްހައުސް ކޮޓަރީގެ ޖުމްލަ އަދަދު މަދުވެގެން 50 އަށްވުރެ މަދުނުވުން.

މި ވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 15، 2026 ގައެވެ. އެވޯޑްތައް ދިނުން އޮންނާނީ އަންނަ އޮކްޓޫބަރު މަހު ބާއްވާ އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox