ފުލުހުންގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު 48 މިލިއަން ޑޮލަރަށް އިންޑިއާ ކުންފުންޏަކަށް

Jul 17, 2021, 6:34 PM
އުމްރާނީ ތަރައްގީގެ މަޝްރޫއުގައި އިންޑިއާގެ ކުންފުންޏާ އެކު ސޮއިކޮށް އެއްބަސްވުން ބަދަލުކުރަނީ.

އުމްރާނީ ތަރައްގީގެ މަޝްރޫއުގައި އިންޑިއާގެ ކުންފުންޏާ އެކު ސޮއިކޮށް އެއްބަސްވުން ބަދަލުކުރަނީ.

ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓްތައް ހިމެނޭ ގޮތުން ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރުމުގެ އެންމެ ބިޔަ މަޝްރޫއު އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއާ މިއަދު ހަވާލުކޮށްފި އެވެ.

ފުލުހުންނާއި އެ ކުންފުންޏާ ދެމެދު މި މަޝްރޫއުގައި ސޮއިކުރީ 48 މިލިއަން ޑޮލަރު (740 މިލިއަން ރުފިޔާ) އަށެވެ.

މިއީ, އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ވާ ލޯން އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެގްޒިމް ބޭންކުން 85 ޕަސެންޓް ފައިނޭންސްކުރާއިރު ސަރުކާރުން ހަމަޖައްސާނީ 15 ޕަސެންޓެވެ.

ބީލަމަށް ނުލައި މި މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ޕްރޮޕޯސަލް ހުށަހަޅައިގެންނެވެ.

"މި މަޝްރޫއު ހިންގުމަށް ދާ ހަރަދާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ބަލާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޕީއެސްއައިޕީގެ ދަށުން ހިންގާފައިވާ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ވުރެ މި މަޝްރޫއަށް ކުރަން ޖެހޭ ހަރަދު ނިސްބަތުން ކުޑަ އެވެ," ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި ބައެއް ތަންތަން މަރާމާތުކުރުން ވެސް ހިމަނައިގެން އެއްބަސްވުމުގެ ދަށުން ޖުމްލަ 61 އިމާރާތެއްގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އޭގެތެރޭގައި 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓް އަދި އަށް އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް 2 ގައި ޕޮލިސް ސްޓޭޝަނެއްގެ އިތުރުން ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެ އެވެ.

ދޫނިދޫ ކަސްޓޯޑިިއަލް ފެސިލިޓީ އާއި އެތަނުގައި މިހާރު ވެސް ބޭނުންކުރާ ދެ އިމާރާތެއް މަރާމާތު ކުރުން ވެސް އެ ކުންފުނިން ކުރިއަށް ގެންދާނެ އެވެ.

މި ތަންތަނުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ފުލުހުން ބުނީ މި މަޝްރޫއުގެ ސަބަބުން ފުލުހުންގެ ހިދުމަތް ލާމަރުކަޒު ކުރެވި ރައްޔިތުން ބޭނުންވާ ފަދަ ޒަމާނީ ހިދުމަތެއް ދިނުމުގެ މަގުފަހިވެގެންދާނެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި, މިއީ މިހާތަނަށް ފުލުހުންގެ މުއައްސަސާގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތް ކުރިއަރުވަން އެ ވަސީލަތްތައް ކޮންމެހެން ބޭނުން ކަމަށެވެ.

އިންޑިއާގެ ކުންފުނިން ވަނީ އެއްބަސްވި މުއްދަތުގައި އިމާރާތްތައް ނިންމައި ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox