ފާތިހު އުޅުނީ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސަކު ނޫން، ބަދަލު އައި ގޮތް ބަލާނެ: އިމްރާން

ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ފާތިހް: އޭނާ އަށް ބަދަލު އައީ ފުލުހުންގެ ވަޒީފާ އިން ވަކިވި ފަހުންތޯ ނުވަތަ އެތަނުގައި ވަޒީފާއަދާކުރަމުން ދިޔައިރުތޯ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ފާތިހް: އޭނާ އަށް ބަދަލު އައީ ފުލުހުންގެ ވަޒީފާ އިން ވަކިވި ފަހުންތޯ ނުވަތަ އެތަނުގައި ވަޒީފާއަދާކުރަމުން ދިޔައިރުތޯ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު ވަޒީފާއަދާކުރީ ފުލުހުންގެ ޓެރަރިޒަމް މައްސަލަތަކާ ގުޅޭ އިންޓެލިޖެންސް ޔުނިޓުގައި ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله މިދިޔަ އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީހުންގެ ތެރޭގައި ހިމެނޭ ފާތިހް ހައްޔަރުކުރީ ބ. ދަރަވަންދޫންނެވެ. އޭނާ ފުލުހުންގެ އިންޓެލިޖެންސްގައި އުޅުނުކަން ފަޅާއެރީ ހައްޔަރުކުރުމުންނެވެ.

ހަމަލާގެ ފަހުން ދަރަވަންދުއަށް ފާތިހު ދިޔައީ ކައިވެންޏަށް ކަމަށް އަނބިމީހާގެ އާއިލާ އިން ބުނެ އެވެ. އޭނާ ހައްޔަރުކޮށްގެން ގެނައީ ކައިވެނިކުރި ހަފުތާގަ އެވެ.

ބޮމުގެ ހަމަލާގައި ފާތިހުގެ ދައުރު ފުލުހުން މިހާތަނަށް އާއްމެއް ނުކުރެ އެވެ. އެކަމަކު އޭނާ ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ކަން ކަށަވަރުކޮށްދިނެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިދިޔަ ފެބުރުއަރީ މަހު ވަޒީފާ އިން ވަކިކުރި ފާތިހު އުޅުނީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި ކަމަށާއި ނަމަވެސް އޭނާ މަސައްކަތް ކުރީ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސްތަކުގައި ނޫން ކަމަށެވެ. އޭނާ ވަކިކުރީ މަސައްކަތަށް ފަރުވާކުޑަކުރުން ފަދަ ރިޕޯޓްތަކެއް ލިބުމުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ފާތިހަށް އަންނަމުން ދިޔަ ބަދަލުތައް އޮތީ އެންމެ އެކަށީގެންވާ ވަރަށް ފުލުހުންނަށް ވަޒަން ނުކުރެވި އެވެ. ހަރުކަށި ފިކުރާ ގުޅޭ އެ ބަދަލުތައް އޭނާ އަށް އައީ ވަޒީފާ އިން ވަކިވި ފަހުން ނުވަތަ އޭގެ ކުރިން ކަމަށްވުން ވެސް އެކަށީގެންވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ހިތުން ތަހުގީގުގެ މި މަރުހަލާގެ ތެރޭގައި އިތުރަށް އަޅުގަނޑުމެން ބަލަމުން ގެންދާނެ ކަމެއް. ނުވަތަ ތަހުގީގު ފުރިހަމަކުރަމުންދާ އިރު ކުރާނެ ކަމެއް," އިމްރާން ވިދާޅުވި އެވެ.

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނައެޅި ފިކުރަށް ނުވަތަ އެފަދަ މީހުން ހިންގާ ހަރަކާތްތަކަށް ވާގިދޭ ބަޔަކު ފުލުހުންގެ އިންޓެލިޖެންސްގައި ނުތިބޭނެ ކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް އޮތްތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގައި އެއީ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އައި ކަމެއް ކަމަށެވެ. ފުލުހުންނާއި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސް ފަދަ މުހިއްމު އިދާރާތަކުގައި ތިބޭ މީހުންގެ ބެކްގްރައުންޑް ރަނގަޅަށް ޗެކްކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވެސް ގަބޫލުކުރައްވަ އެވެ.

"އެފަދަ ޕްރޮސެސްއެއް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ވެސް އަޅުގަނޑުމެން ކުރިއަށް އެބަގެންދަން،" އިމްރާން ވިދާޅުވި އެވެ.

އެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށްދާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކުރާ ކަމަކީ ފުލުހުންގެ ތެރޭގައި ވެސް އަދި ސިފައިންގެ ތެރޭގައި ވެސް ހަރުކަށި ފިކުރަށް ތާއީދުކުރާ އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ފަރާތެއް ވާ ނަމަ އެ ދެ މުއައްސަސާގައި މަސައްކަތް ކުރުމުގެ ޖާގަ ދިނުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން," މިނިސްޓަރު ވިދާޅުވި އެވެ.

"ނޭނގި ކަމެއް ހިނގާފައި އޮތުމަކީ ކަންކަން އިތުރަށް ރަނގަޅަށް ބަލައި ވިސްނުންތެރިކަމާ އެކު ރަނގަޅުކުރަން ޖެހޭނެ ކަމެއް."

އިމްރާން ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގޮތުން މުއައްސަސާތަކުގެ ބައްދަލުވުންތަކުގައި ވާހަކަ ދައްކަ އެވެ. ކުއްލިއަކަށް މީހަކަށް އަންނަ ބަދަލެއްގެ ސަބަބުން ހިނގާ ކަމަކާ ގުޅުވައި، އެއީ އެ މުއައްސަސާއަކުން އެފަދަ މީހުންނަށް ޖާގަދެނީ ކަމަށް ބުނުމަކީ އެންމެ ޒިންމާދާރު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެފަދަ މީހުންނަކަށް މުއައްސަސާތަކުގެ ތެރެއިން ޖާގައެއް ނޯންނާނެ," އިމްރާން ވިދާޅުވި އެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު ކެނެރީގެއިން ހިންގަވާފައި، މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހަމައަށް ވަޑައިގަތުމާ އެކު ބޮމެއް ގޮއްވާލި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރި އެވެ. އޭގެތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 ގެ އިތުރުން ފާތިހް ހިމެނެ އެވެ.

ހަމަލާގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ވަރަށް އަވަހަށް ދައުވާކުރަން ފޮނުވޭނެ ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox