ފުލުހުންނާ ގުޅޭ މުހިންމު ގަވާއިދުތަކެއް ގެޒެޓުކޮށްފި

ރައީސް ނަޝީދަށް ހަމަލާދިން ކަމަށް ބެލެވޭ މީހަކު ހައްޔަރު ކުރުމަށް ފުލުހުންގެ ސްޕެޝަލް ފޯސް ޓީމުގެ މީހަކު ހަރަކާތްތެރިވަނީ: މުހިންމު ހަތަރު ގަވާއިދެއް ހޯމް މިނިސްޓްރީން ގެޒެޓު ކުރި -- ފޮޓޯ: ހުސެއިން ޝަޔާހު

ރައީސް ނަޝީދަށް ހަމަލާދިން ކަމަށް ބެލެވޭ މީހަކު ހައްޔަރު ކުރުމަށް ފުލުހުންގެ ސްޕެޝަލް ފޯސް ޓީމުގެ މީހަކު ހަރަކާތްތެރިވަނީ: މުހިންމު ހަތަރު ގަވާއިދެއް ހޯމް މިނިސްޓްރީން ގެޒެޓު ކުރި -- ފޮޓޯ: ހުސެއިން ޝަޔާހު

ފުލުހުންނަށް ބޭނުންވާ މުހިންމު ހަތަރު ގަވާއިދެއް ހަދައި މިދިޔަ ހަފްތާގެ ތެރޭގައި ހޯމް މިނިސްޓްރީގެ ފަރާތުން އެ ގަވާއިދުތައް ގެޒެޓުކޮށް އަމަލު ކުރަން ފަށައިފި އެވެ.

ފުލުހުންގެ ގާނޫނުން ބާރު ލިބިގެން ހޯމް މިނިސްޓްރީގެ ފަރާތުން ހެދި ހަތަރު ގަވާއިދަކީ ފުލުހުންނަށް ތަމްރީނު ދިނުމާ ބެހޭ ގަވާއިދަކާއި ލިޔެކިޔުން ކްލެސިފައި ކުރުމުގެ ގަވާއިދަކާއި ފުލުހުންގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް ދޫކުރުމާ ބެހޭ ގަވާއިދަކާއި ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ގަވާއިދެކެވެ.

ފުލުހުންނަށް ތަމްރީނު ދިނުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ފުލުހުންނަށް ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރަންޖެހެ އެވެ. އަދި އެ މަރުކަޒުތަކުގައި ތައުލީމު އުނގަންނައިދޭ މީހުންގެ ޝަރުތުތަކާއި ތަމްރީނު ލިބޭ މީހުންގެ ވާޖިބުތައް ވެސް ބަޔާންކޮށްފައިވެ އެވެ.

ރަސްމީ ލިޔުންތައް ކްލެސިފައި ކުރުމުގެ ގަވާއިދުގައި ރަސްމީ ލިޔުންތައް ކަނޑައެޅުމާއި ލިޔުންތައް ގިންތި ކުރުމާއި ސިއްރު ތައްގަނޑު ޖެހުމާއި އާންމު ކުރުން މަނާ ލިޔުންތައް ގެންގުޅޭނެ ގޮތް ބަޔާންކޮށްފައިވެ އެވެ.

ފުލުހުންގެ ހިދުމަތަށް ބޭނުންވާ ތަކެތި ދޫކުރުމާ ބެހޭ ގަވާއިދުގައި އިންވެންޓްރީ ބެލެހެއްޓުމާއި ދޫކުރާ ތަކެތި ޒިންމާދާރުކޮށް ބެލެހެއްޓުމާއި އިންޝުއާ ކުރުން ފަދަ މުހިންމު އުސޫލުތައް ބަޔާންކޮށްފައި ހުއްޓެވެ.

ފުލުހުންނާ ގުޅޭ މުހިންމު ގަވާއިދުތަކެއް ހަދާފައި މި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، ވަނަ ދުވަހު މާލޭގައި ބޮން ގޮއްވި މައްސަލަ ތަހުގީގު ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން މިމަހުގެ އަށް ވަނަ ދުވަހު އިންކުއަރީ ރިޕޯޓެއް ނެރުނުތާ ހަފްތާއެއްގެ ތެރޭގަ އެވެ.

ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ހުރި މައްސަަތައް ދިރާސާ ކުރުމުގެ ތެރޭގައި، ފުލުހުން އަދި ހާއްސަކޮށް މޯލްޑިވްސް ނެޝަނަލް ޑިފެންސްގެ ފޯސްގެ އެތެރޭގެ ހިންގުމުގައި ހުރި ވަރަށް ގިނަ މައްސަލަތައް އިންކުއަރީ ރިޕޯޓުން ފެންމަތި ކުރި އެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ ރޯދަ މަހު ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.

ބޮން ގޮއްވާލި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox